ޖޭޕީގެ ރަނިންމޭޓެއް، އިންތިހާބީ އެޖެންޓެއް ނެތް; ކުށުގެ ރެކޯޑު ސާފު ކުރަން ވެސް ހުށައެއް ނާޅާ

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް, އެ ޕާޓީގެ ރިޔާސީ ޓިކެޓާއެކު -- ފޮޓޯ: އިޔާން/ އަދަދު

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް, އެ ޕާޓީގެ ރިޔާސީ ޓިކެޓާއެކު -- ފޮޓޯ: އިޔާން/ އަދަދު

ރިޔާސީ އިންތިހާބަށް ކެންޑިޑެސީ ފޯމު ހުށަހަޅަން ހަފްތާއަކަށް ވެފައިވާއިރު, އިންތިހާބަށް ކުރިމަތިލާނެ ކަމަށް އިއުލާނު ކޮށްފައިވާ ޖުމްހޫރީ ޕާޓީން ރަނިން މޭޓެއް, އިންތިހާބީ އެޖެންޓެއް އަދި ނުދައްކަ އެވެ.

ޖޭޕީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް, އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ވަނީ ޖޫން 9, ގައި ރިޔާސީ ޓިކެޓު އަރުވާފަ އެވެ. ނަމަވެސް, މިހާތަނަށް އޭނާގެ ކުށުގެ ރިކޯޑު ސާފު ކުރުމަށް ވެސް ޖޭޕީގެ ފަރާތުން ހުށަހަޅާފަ އެއް ނުވެ އެވެ.

އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓް, ރަނިން މޭޓު އަދި އިންތިހާބީ އެޖެންޓުގެ ވެސް ކުށުގެ ރިކޯޑު ސާފުކުރަން ޖެހެ އެވެ. މިހާތަނަށް ގާސިމްގެ ކުށުގެ ރިކޯޑު ސާފު ކުރުމަށް ހުށަހަޅާފައި ނުވާކަން ކަރެކްޝަނަލް ސާވިސަސްއިން ވަނީ "އަދަދު" އަށް ކަށަވަރުކޮށްދީފަ އެވެ.

ޖޭޕީގެ އިންތިހާބީ ތައްޔާރީތަކާ ބެހޭގޮތުން އެ ޕާޓީގެ އިސް ތަރުޖަމާނު އަލީ ސޯލިހުއާ ސުވާލު ކުރުމުން ވިދާޅުވީ, މިވަގުތަށް ދެވޭނެ އަޕްޑޭޓަކީ, ޖޭޕީގެ ކެމްޕޭން ރަށްރަށުގައި ކުރިއަށް ގެންދާ ކަމެވެ. އަދި އިދާރީ ގޮތުން ކުރަންޖެހޭ ކަންކަން ވެސް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

ކެންޑިޑެސީ ފޯމާއި, ރަނިންމޭޓު އަދި އިިންތިހާބީ އެޖެންޓުގެ އިތުރުން ކުށުގެ ރިކޯޑު ސާފު ކުރުމުގެ ވާހަކަ އެހުމުން ވެސް އަލީ ސޯލިހް ވިދާޅުވީ އެކަންކަން ކުރިއަށްދާ ކަމަށެވެ. އެކަންކަމާ ބެހޭ އިތުރު ތަފްސީލެއް އޭނާ ހާމައެއް ނުކުރެއްވި އެވެ.

އިންތިހާބުގެ ތައްޔާރީތަކުގައި ޖޭޕީ ފަހަތުގައި އޮތްއިރު, އެ ޕާޓީގެ ކެންޑިޑޭޓް ގާސިމް ވަނީ ގައުމުގައި ތިއްބެވި އިލްމީ ބޭފުޅުން ނުކުމެވަޑައިގެން، ރިޔާސީ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ރަނގަޅު ބޭފުޅަކީ ކޮބައިކަން ރައްޔިތުންނަށް ހާމަކޮށްދިނުން މަޖުބޫރުވެއްޖެ ކަމަށް ވިދާޅުވެފަ އެވެ.

"އިންޓަލެކްޗުއަލް ބޭބޭފުޅުންނަށް މި ޒިންމާ އަދާކުރަން މަޖުބޫރު އެބަވޭ މިހާރު އިނގޭތޯ، ދިވެހި ރައްޔިތުންނަށް އެ ބޭފުޅުން އެބަ ދަންނަވަން ޖެހޭ މީއޭ ރަނގަޅު ކެންޑިޑޭޓަކީ، އެއީއޭ ރަނގަޅު ކެންޑިޑޭޓަކީ،" ގާސިމް ވިދާޅުވި އެވެ.

ސެޕްޓެމްބަރު ނުވައެއްގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން, ތިން ކެންޑިޑޭޓުން މިހާރު ވަނީ އިންތިހާބީ އެޖެންޓުން ކަނޑައަޅާފަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިންތިހާބީ އެޖެންޓުގެ ގޮތުގައި ހަމަޖައްސާފައި ވަނީ ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް އެވެ. އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްގެ އެޖެންޓަކަށް ހަމަޖައްސާފައި ވަނީ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމެވެ.

މިވަގުތު ޖަލުގައި ހުންނަވައިގެން އިންތިހާބަށް ވާދަކުރައްވާ ކުރީގެ ރައީސް އަބްދުالله ޔާމީންގެ އިންތިހާބީ އެޖެންޓަކީ ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ތޮލާލެވެ. އަދި ރަނިންމޭޓުކަމަށް ހަމަޖެއްސީ އެމަނިކުފާނުގެ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox