ގާސިމް އެދުނީ ތައުލީމީ ބޭފުޅުން ނުކުމެ އެންމެ ރަނގަޅު ރިޔާސީ ކެންޑިޑޭޓު ދެއްކުމަށް

ގާސިމް އިބްރާހިމަށް ރިޔާސީ ޓިކެޓު އެރުވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަނީ -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ގާސިމް އިބްރާހިމަށް ރިޔާސީ ޓިކެޓު އެރުވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަނީ -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ގައުމުގައި ތިއްބެވި އިލްމީ ބޭފުޅުން ނުކުމެވަޑައިގެން، ރިޔާސީ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ރަނގަޅު ބޭފުޅަކީ ކޮބައިކަން ރައްޔިތުންނަށް ހާމަކޮށްދިނުން މަޖުބޫރުވެއްޖެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީގެ މީޑިއާއިން އަލަށް ފެށި "ގާސިމްގެ ތަސަައްވުރު 2023" ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ވޯޓު ދިނުމަކީ ކޮންމެ ރައްޔިތަކަށް ވެސް ލިބިފައިވާ އަސާސީ ހައްގެއް ކަމަށާއި ވޯޓު ދެއްވާއިރު، ދެއްވަން ވާނީ އެންމެ ރަނގަޅު ކެންޑިޑޭޓު ދެނެގަތުމަށްފަހު އެ ކެންޑިޑޭޓަކަށް ކަމަށެވެ.

އަދި, އެކަން ކުރުމަށް އެންމެ ފަސޭހަ ގޮތަކީ ގައުމުގައި ތިއްބެވި އިލްމީ ބޭފުޅުން ނުކުންނަވައި ރިޔާސީ ކެންޑިޑޭޓުންގެ އޮޑިޓެއް ކުރައްވައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"އިންޓަލެކްޗުއަލް ބޭބޭފުޅުންނަށް މި ޒިންމާ އަދާކުރަން މަޖުބޫރުވޭ އެބަވޭ މިހާރު އިނގޭތޯ، ދިވެހި ރައްޔިތުންނަށް އެ ބޭފުޅުން އެބަ ދަންނަވަން ޖެހޭ މީއޭ ރަނގަޅު ކެންޑިޑޭޓަކީ، އެއީއޭ ރަނގަޅު ކެންޑިޑޭޓަކީ،" ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދިވެހި ރާއްޖޭގެ ކުދިބޮޑު އެންމެންނަށާއި ދިވެހި ގައުމަށް ކުުރިއެރުމެއް ހޯދައިދެވޭނީ ރިޔާސީ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ރަނގަޅު ކެންޑިޑޭޓަކީ މިވެނި މީހެއްކަން ރައްޔިތުންނަށް ދައްކައިދީގެން ކަމަށެވެ.

ގާސިމް ވިދާޅުވީ ދިވެހި ރައްޔިތުން ވޯޓާ މެދު ގޮތެއް ނިންމަން ވާނީ ކެންޑިޑޭޓުންގެ ގޮތުގައި ތިބި މީހުންގެ މާޒީގައި ކަންކަން ކޮށްފައި ހުރިނެތް ގޮތަށް ބެލުމަށް ފަހުގައި ކަމަށެވެ.

މީގެ ކުރީގެ ސަރުކާރުތަކުން ތައުލީމު ހާސިލު ކުރަން ބޭނުންވާ ދަރިވަރުންނަށް ލޯނު ސްކީމަތަކާއި ސްކޮލަޝިޕުތަކުގެ ފުރުސަތުތައް ފަހިކޮށްދީފައި ނުވާއިރު ވެސް އޭނާގެ އެހީތެރިކަމާއެކު ގިނަ އަދަދެއްގެ ކުދިން ތައުލީމު ހާސިލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުގެ މާޒީގައި އަޅުގަނޑު ކޮށްފައި ހުރި ކަންތައްތަކުގެ ވާހަކަ ދައްކަން ވީމަ އަޅުގަނޑަށް ވަރަށް އުނދަގޫ، އެހެންނަމަވެސް މިއަދު ގައުމު ވެއްޓިގެން މިދާ ހާލަތަށް ބަލާފައި މި ވާހަކަތައް ނުދަންނަވައި ނެތް ވާކަށް ކޮންމެވެސް މިންވަރަކަށް،" ގާސިމް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ރާއްޖޭގެ ވެރިކަމަށް އަންނަ މީހެއް ކަނޑައެޅުމަށްޓަކައި ވަކި ނަސަބަކުން އައިސްފައި ހުރި މީހެއްތޯ ނުވަތަ އެމީހެއްގެ ސިފައަށް ނުވަތަ ކުލައަށް ވެސް ބަލާކަށް ނުޖެހޭ ކަމަށާއި ބަލަންޖެހޭނީ އެމީހަކަށް މާޒީގައި ކަންކަން ހާސިލުވެފައިވާ މިންވަރަށް ކަމަށެވެ.

މިރޭގެ ޕްރޮގުރާމުގައި ގާސިމް ވަނީ މީގެ ކުރީގެ ސަރުކާރުތައް ގެނައުމަށްޓަކައި ޖުމްހޫރީ ޕާޓީން ވެދިން އެހީތެރިކަމުގެ ވާހަކަ ތަކުރާރު ކުރައްވައި މި އިންތިހާބުގައި އެ ޕާޓީތަކުން އޭނާއަށް ތާއީދު ކުރުމަށް އަނެއްކާވެސް އެދިވަޑައިގެންފަ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ގާސިމް މައިގަނޑު ގޮތެއްގައި ބައިވެރިވަމުން ދަނީ އޮންލައިންކޮށެވެ. އޭނާގެ ބަދަލުގައި ސީދާ ކެމްޕޭން އިވެންޓުތަކުން ފެންނަމުން ދަނީ ޖުމްހޫރީ ޕާޓީގެ އެހެނިހެން ވެރިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox