ބަލި ފެތުރޭތީ ޕީޕީއެމްގެ ޖަގަހަ ހުޅުވާ ޖަލްސާ ފަސްކޮށްފި

ޕީޕީއެމް މިރޭ ހުޅުވަން އުޅުނު ޖަގަހަ: މިރޭ ބާއްވަން އޮތް ޖަގަހަ ހުޅުވުމުގެ ޖަލްސާ ފަސްކޮށްފި -- ފޮޓޯ: އަދަދު

ޕީޕީއެމް މިރޭ ހުޅުވަން އުޅުނު ޖަގަހަ: މިރޭ ބާއްވަން އޮތް ޖަގަހަ ހުޅުވުމުގެ ޖަލްސާ ފަސްކޮށްފި -- ފޮޓޯ: އަދަދު

ރެއިން ފެށިގެން ވެރި ރަށް މާލޭގައި ހޮޑުލެވޭ ބައްޔެއް ފެތުރެމުންދާތީ އިދިކޮޅު ޕީޕީއެމުން ތާވަލުކޮށްފައި އޮތް އެ ޕާޓީގެ ޖަގަހަ ހުޅުވުމުގެ ޖަލްސާ އެހެން ތާރީހަކަށް ފަސްކޮށްފި އެވެ.

ހޮޑުލެވޭ އަދި ބޭރަށް ހިންގާ މީހުން ކުއްލިއަކަށް ގިނަވެފައިވާތީ އެކަމުގެ ސަބަބު ދަނެގަތުމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީންވަނީ މަސައްކަތް ފަށާފަ އެވެ. ބާރަށް ފެތުރެމުންދާ ބައްޔާ ގުޅިގެން މިއަދު ބާއްވަން އޮތް މިނިވަން ދުވަހުގެ ހަރަކާތްތައް ވެސް ވަނީ ފަސްކޮށްފަ އެވެ.

ޕީޕީއެމުން ބުނީ ޖަގަހަ ހުޅުވުން ފަސްކުރީ އާދަޔާ ހިލާފަށް ފެތުރެމުންދާއި ހޮޑުގެ ރޯގާއާހެދި ކުޑަކުދިންނާއި އާންމުންގެ ސިއްހީ ރައްކާތެރިކަމަށްޓަކައި ކަމަށެވެ. އަދި ޖަގަހަ ހުޅުމުގެ ޖަލްސާ ބާއްވާނެ ތާރީހެއް ވީހާ ވެސް އަވަހަކަށް އިއުލާނު ކުރާނެ ކަމަށް ވެސް އެެ ޕާޓީން ބުންޏެވެ.

ހޮޑުލެވޭ އަދި ބޭރަށް ހިންގާ މީހުން ކުއްލިއަކަށް ގިނަވެފައި ވަނީ މިނިވަން ދުވަހުގެ ހަރަކާތްތަކާ ގުޅިގެން ގިނަ ބަޔަކު އެއްތަނަކަށް ޖަމާވަމުންދާ ދަނޑިވަޅެއްގަ އެވެ.

މި ނޫހާ ވާހަކަ ދައްކަމުން އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑަައިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ ރެއިން ފެށިގެން މިއަދު މެންދުރު 3:00 އާ ހަމައަށް ހޮޑުލެވޭތީ އައި 210 މީހުންނަށް އެ ހޮސްޕިޓަލުން ފަރުވާ ދީފައިވާ ކަމަށެވެ.

ހޮޑުލެވޭތީ ސަރުކާރުން ހިންގާ އައިޖީއެމްއެޗްއިން ވެސް ވަރަށް ގިނަ ބަޔަކު ދަނީ ފަރުވާ ހޯދަމުންނެވެ. ނަމަވެސް އެ ހޮސްޕިޓަލުގެ މީޑިޔާ އޮފިޝަލު ފޯނު ނުނަގާތީ އެތަނުން ފަރުވާ ހޯދި މީހުންގެ އަދަދެއް ނޭނގުނެވެ.

ހޮސްޕިޓަލުގެ އެމަޖެންސީ ރޫމް ސިފަ ކުރައްވަމުން އައިޖީއެމްއެޗްގައި މަސައްކަތް ކުރައްވާ ކުޑަކުދިންނާ ބެހޭ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ސޯޝަލް މީޑިޔާގައި ލިޔުއްވާފައި ވަނީ "މުޅި މާލެ [އޮތީ] ހޮޑުލުމުގައި" ކަމަށެވެ.

ބަލި މީހުން ކުއްލިއަކަށް ގިނަވުމުން އެކަމާ ކަންބޮޑުވުން ފާޅު ކުރައްވައި އޭޑީކޭގެ ޗީފް މެޑިކަލް އޮފިސަރު އަބްދުﷲ ނިޔާފް ވަނީ އާންމު ސާފުތާހިރުކަމުގައި ސަމާލުވާން އެދިވަޑައިގަނެފަ އެވެ.

"ހޮޑުލެވޭތީ އަދި މީހުން ބޭރަށް ހިންގާތީ އީއާރްއަށް ދައްކާ މީހުންގެ އަދަދު ކުއްލިއަކަށް ވަރަށް ބޮޑަށް އިތުރުވެއްޖެ. ބޯ ފެނަކީ ސާފު ފެންކަން ޔަގީން ކުރައްވާ. ފެން ކައްކައި، ހިހޫކޮށްގެން ބުއިން އަދި ފިލްޓަރުކޮށްފައި ހުންނަ ފެނަކީ ރައްކާތެރި ގޮތެއް،" ނިޔާފް ވިދާޅުވި އެވެ. "ގިނައިން އަތް ދޮވުމާއި އަމިއްލަ ސާފުތާހިރުކަމަށް ސަމާލުވުން ވެސް މުހިންމު."

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox