މާލެ ސިޓީ ކައުންސިލުން ހަމަހަމަ ކެމްޕެއިނަކަށް ފުރުސަތު ނުދޭކަމުގެ ތުހުމަތު

ވިލިމާލޭ ދާއިރާގެ މެންބަރު އުޝާމް؛ އުޝާމް ވިދާޅުވީ، މާލޭ ސިޓީ ކައުންސިލުން ކެމްޕޭން ކުރުމުގެ ހަމަހަމަ ފުރުސަތު ނުދޭ ކަމަށް -- ފޮޓޯ: އިޔާން/އަދަދު

ވިލިމާލޭ ދާއިރާގެ މެންބަރު އުޝާމް؛ އުޝާމް ވިދާޅުވީ، މާލޭ ސިޓީ ކައުންސިލުން ކެމްޕޭން ކުރުމުގެ ހަމަހަމަ ފުރުސަތު ނުދޭ ކަމަށް -- ފޮޓޯ: އިޔާން/އަދަދު

ވެރި ރަށް މާލޭގެ ހުސް ބިންތަކާއި އެހެނިހެން ތަންތަނުގައި ކެމްޕެއިން ކުރުމުގެ ފުރުސަތު ދެނީ ހަމައެކަނި އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ލީޑަރު އަބްދުﷲ ޔާމީނަށް ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީން ތުހުމަތުކޮށްފި އެވެ.

ހުޅުމާލެއަށް ދާ ބްރިޖުން ފައިބާ ތަނުން ބޮޑުތަކުރުފާނު މަގު ދުވާރު މަތީގައި ހަރުކޮށްފައި ހުރި ޔާމީންގެ މާސިންގާ ޕޯސްޓަރުގެ ފޮޓޯގަނޑަކާއެކު އެމްއެންޕީގެ ނައިބު ލީޑަރު އަހުމަދު އުޝާމް ކުރެއްވި ޓުވީޓެއްގައި ބުނީ، ކެމްޕެއިން ކުރުމުގެ ފުރުސަތު އެހެން ޕާޓީތަކަށް ނުދިނުމަކީ މާލޭ ސިޓީ ކައުންސިލުގެ ބޭއިންސާފު ނިންމުމެއް ކަމަށެވެ.

"އިންތިހާބުތަކުގަ ކެމްޕެއިން ކުރުމުގެ ހަމަހަމަ ފުރުސަތު ހުރިހާ ޕާޓީތަކަށް ވެސް ލިބެންޖެހޭނެ. މާލޭގެ ހުސްބިންތަކުގަ ޕީޕީއެމްގެ ކެމްޕެއިން ޕޯސްޓަރުތައް ހަރުކުރުމުގެ ފުރުސަތު އެޕާޓީއަށް ލިބިފަ އެހެން ޕާޓީތަކަށް އެފުރުސަތު ނުދިނުމަކީ މާލޭ ސިޓީ ކައުންސިލުން ވަރަށް ބޭއިންސާފުން ކުރާ ކަމެއް،" ވިލިމާލެ ދާއިރާގެ މެމްބަރު އުޝާމް ވިދާޅުވި އެވެ.

"މިސަރުކާރުން ބޭއިންސާފުން ކުރާ ކަންކަމުގެ ވާހަކަ ޕީޕީއެމްއިން ތާއަބަދު ދައްކާއިރު، އެޕާޓީގެ ފުރިހަމަ ކޮންޓްރޯލް އޮންނަ މާލޭ ސިޓީ ކައުންސިލުގެ އަމަލުތައް ވެސް ހަމަ އެފަދައިން ހުރުމަކީ ވަރަށް ދެރަ ކަމެއް."

ސިޓީ ކައުންސިލުގެ ތަރުޖަމާނު މަރިޔަމް ޝިއުނާ "އަދަދު" އަށް ބުނީ ކެމްޕޭނު ޕޯސްޓަރު ޖެހުމުގެ ހުއްދައަށް އެދިއްޖެ ނަމަ ކޮންމެ ޕާޓީއަކަށް ވެސް ހުއްދަދޭ ކަމަށެވެ. އެގޮތުން މާލޭގެ ގިނަ ސަރަހައްދުތަކެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭން ޕޯސްޓަރު ޖަހާފައި ހުރިކަން އޭނާ ފާހަގަކުރި އެވެ.

"ޕީޕީއެމް އިން މިސާލަކަށް އެހެން މީހުންނަށްވުރެ ކުރިން ހުށަހެޅީމަ، އެމީހުންނަށް [ސިނަމާލޭ ބްރިޖަށް އަރާ ސަރަހައްދުގައި ޕޯސްޓަރު ޖެހުމުގެ] ފުރުސަތު ދިނީ. މާލޭގައި އެހެން މީހުންގެ ވެސް އަދި ރައީސް އިބޫގެ ވެސް އެހެންމީހުންގެ ވެސް ދޭ. ހަމަ އެ އުސޫލުން ދޭނެ ކޮންމެ ޕާޓީއަކަށް ވެސް" ޝިއުނާ ބުންޏެވެ.

ޝިއުނާ ބުނީ އެމްއެންޕީއިން ވެސް ހުއްދައަށް ހުށަހަޅާފައި އޮތް ނަމަ ހުއްދަ ދީފައި ވާނެ ކަމަށެވެ.

މޭޔަރު ޑރ. މުހައްމަދު މުއިއްޒާއެކު މާލޭ ސިޓީ ކައުންސިލުގައި 19 ކައުންސިލަރުން ތިއްބަވަ އެވެ. އޭގެ ތެރެއިން މަދުވެގެން 13 މީހުންނަކީ އިދިކޮޅު ޕީޕީއެމް މެމްބަރުންނެވެ. މޭޔަރަކީ ޕީޕީއެމްގެ ނައިބު ރައީސް އެވެ.

އަންނަ ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހިމާއި މޯލްޑިވްސް ނެޝަނަލް ޕާޓީގެ މުހައްމަދު ނާޒިމް ކުރިމަތިލައްވަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އުފެއްދެވި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު، ފޯމު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ.

އެންމެ ބޮޑު އިދިކޮޅު ޕާޓީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން ބުނަނީ އެ ޕާޓީގެ ކެންޑިޑޭޓަކީ ކޮރަޕްޝަންގެ މައްސަލައެއްގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާ ކުރީ ރައީސް ޔާމީން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox