ހުލާސާކޮށް އިއްޔެ: ސިިވިލް ކޯޓުގެ މައްސަލަތައް ފުނި ޖެހި، ލަސްވުމުގެ ކަންބޮޑުވުން

Jul 28, 2023, 1:14 AM
ސިވިލް ކޯޓު ހުންނަ ޖަސްޓިސް ބިލްޑިންގު -- ފޮޓޯ: އަދަދު

ސިވިލް ކޯޓު ހުންނަ ޖަސްޓިސް ބިލްޑިންގު -- ފޮޓޯ: އަދަދު

ސިވިލް ކޯޓުގައި ގިނަ އަދަދެއްގެ މައްސަަލަ ނުހިނގައި، މައްސަލަތައް ފުނި ޖެހި އިންސާފު ހޯދަން ދިގު އިންތިޒާރެއް ކުރަން ޖެހޭ ކަމުގެ ޝަކުވާ ގާނޫނި ވަކީލުނާއި އެ މީހުންގެ މުވަައްކިލުން ކުރަން ފަށައިފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

ބައެއް ވަކީލުން ބުނާ ގޮތުގައި، ސިވިލް ކޯޓަށް ހުށަހަޅާ އެއްބައި މައްސަލަތައް، ކޯޓުގައި އޮންނަތާ އަހަރު ދެ އަހަރު ވާ އިރު ވެސް އަޑުއެހުމެއް ތާވަލުނުކޮށް ބާއްވަ އެވެ. ހައްގެއް ގެއްލިގެން ދައުވާ ކުރާ މީހާ ބައެއް ފަހަރު އިންސާފުގެ އިންތިޒާރުގައި އެތައް އަހަރެއް ހުންނަން ޖެހޭ ކަމަށް ވަކީލުން ބުނެ އެވެ.

ސިވިލް ކޯޓުގައި މިހާތަނަށް ނުނިމި ހުރި މައްސަލަތަކުގެ އަދަދު ސާފު ކުރަން "އަދަދު" ނޫހުން ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގައި އެދުމުން އެ ޑިޕާޓްމެންޓުން ބުނީ، މި އަހަރުގެ މިހާތަނަށް ނިންމި މައްސަލަތަކުގެ ހިސާބުތައް ސިވިލް ކޯޓުން ފޮނުވަމުން ގޮސްފައި ނުވާ ކަމަށެވެ.

ޑީޖޭއޭއިން މި ނޫހާ ހިއްސާ ކުރި ތަފާސްހިސާބުތަކުގައި އެހެން ސުޕީރިއާ ކޯޓުތަކާއި މެޖިޓްރޭޓު ކޯޓުތަކުން ނިންމި މައްސަލަތަކުގެ އަދަދާއި އަލަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދާއި އަހަރު ނިމިނު އިރު ނުނިމި ހުރި މައްސަލަތަކުގެ އަދަދުތައް ހުއްޓެވެ.

މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ސިވިލް ކޯޓަށް 1421 މައްސަލަ ހުށަހަޅާފައިވެ އެވެ. އެކަމަކު، މި އަހަރު މިހާތަނަށް ނިމުނު މައްސަލަތަކެއް އެނގެން ނެތެވެ. އަދި މި އަހަރު ފެށުނު އިރު އެ ކޯޓުގައި ނުނިމި ހުރި މައްސަލަތަކުގެ އަދަދު ވެސް އެނގޭކަށް ނެތެވެ.

ސިވިލް ކޯޓުގެ 2022 ވަނަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ އަހަރު ފެށި އިރު އޭގެ ކުރީ އަހަރު ނުނިމި ހުރި 2740 މައްސަލަ ކޯޓުގައި އޮތެވެ. އަދި މިދިޔަ އަހަރު މުޅިން އަލަށް އެކި ފަރާތްތަކުން 5050 މައްސަލަ އެ ކޯޓަށް ހުށަހެޅި އެވެ.

މިދިޔަ އަހަރު ސިވިލް ކޯޓުން 2917 މައްސަލަ ނިންމާފައިވާއިރު 218 މައްސަލަ ނިންމީ ޑިސްޕިއުޓް ރެޒޮލޫޝަން މަރުހަލާއިންނެވެ. އެހެންކަމުން، ބެލެވޭ ގޮތުގައި މި އަހަރު ފެށުނު އިރު ސިވިލް ކޯޓުގައި ނުނިމި ހުރި މައްސަލަތަކުގެ އަދަދު 4800އަށް އަރާނެ އެވެ.

ސިވިލް ކޯޓުގައި މައްސަލަތައް ހިނގާ ސްޕީޑް ކިޔައިދެމުން، ގާނޫނީ ވަކީލު މަރިޔަމް ޝުނާނާ ވިދާޅުވީ، ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިގެން މައްސަލަ ކުރިއަށްނުގޮސް އޮއްވާ، އޭނާގެ ދެ ކްލަޔަންޓަކު ނިޔާވެފައިވާ ކަމަށެވެ. އެ ދެ މައްސަލަ ކޯޓުގައި ނުހިނގައި ދޮޅު އަހަރުވި ކަމަށް އޭނާ ބުންޏެވެ.

އޭގެ އިތުރުން، އޭނާ ވަކާލާތު ކުރައްވާ ބައެއް މައްސަލަތަކުގެ އަވަސް ހައްލެއް ބޭނުންވިޔަސް، ކޯޓުން ތާވަލު ނުކުރުމުން، ދައުވާއިން ހޯދަން އެދޭ ހައްލުގެ މުއާލާތް ކެނޑޭ ހިސާބަށް ވެސް ދާ ކަމަށް ވެސް ޝުނާނާ ވިދާޅުވި އެވެ.

ހަމައެކަނި ފަނޑިޔާރުން ބަދަލު ކުރުމުން އެއީ ޝަރުއީ ދާއިރާ އިސްލާހު ކުރެވުން ނޫން ކަމަށާއި، މައްސަލަތައް ހިނގުން ލަސްވާން ޝަރުއީ ދާއިރާގައި ދިމާވާ އިދާރީ މައްސަލަތައް ވެސް ހައްލު ކުރުމުގެ މުހިންމު ކަމަށް ވެސް ޝުނާނާ ވިދާޅުވި އެވެ.

"އިދާރީ ގޮތުން މި އަންނަ ތަކުލީފުތަކަށް ހައްލު ލިބިގެން ޝަރުއީ ދާއިރާ އިސްލާހު ކުރެވޭނީ،" ޝުނާނާ ވިދާޅުވި އެވެ.

މައްސަލަތައް ލަސްވެގެން ފަނޑިޔާރުންގެ ޝަކުވާ ޖުޑިޝަލް ސާވިސް ކޮމިޝަނަށް ހުޅަނާޅަނީ އޭނާ ވިދާޅުވި ގޮތުގައި، ޝަކުވާއެއް ހުށަހެޅުމުން މައްސަލަ މާ އަވަހަށް ޝަކުވާ ކުރާ ފަރާތާ ދެކޮޅަށް ނިންމާތީ އެވެ. އެގޮތަށް ދިމާވުމުން މިހާރަކަށް އައިސް، ކްލަޔަންޓަށް ލިބިދާނެ ގެއްލުމަށްޓަކައި ޝަކުވާ ކުރުމާ މެދު ވިސްނަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝުނާނާ ވިދާޅުވި ގޮތުގައި، މައްސަލަތައް ތާވަލު ނުކުރުމާއި ލަސްވުމާ ހެދި ކްލަޔަންޓުންގެ ނުރުހުން ވަކީލުންނަށް ވެސް އަމާޒުވާ ކަމަށެވެ. އެފަދަ ކަންކަމާ ހިތްހަމަ ނުޖެހިގެން އޮފީހުގެ ތެރޭގައި މުވައްޒަފުންނަށް ބަވާ ކަމަށް ވެސް ވިދާޅުވި އެވެ.

ސިވިލް ކޯޓުގައި ފަނޑިޔާރުންގެ ދަތިކަމެއް ވެސް ނެތެވެ. އެ ކޯޓުގެ ތާރީހުގައި ވެސް އެއްފަހަރާ އެންމެ ގިނަ ފަނޑިޔާރުން މަސައްކަތް ކުރަމުންދަނީ މިހާރު އެވެ. ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ވެބްސައިޓުގައިވާ ގޮތުން އެ ކޯޓުގައި މިހާރު 18 ފަނޑިޔާރުން ތިއްބަވަ އެވެ. މުޅި ރާއްޖޭގައި ވެސް އެއް ކޯޓެއްގައި އެންމެ ގިނަ ފަނޑިޔާރުން ތިބެނީ ވެސް ސިވިލް ކޯޓުގަ އެވެ.

ސިވިލް ކޯޓުގެ މައްސަލަތައް ނުހިނގައި ލަސްވުމާ ގުޅޭ ގޮތުން އެ ކޯޓުގެ ރަޖިސްޓްރާ އަބްދުއްސަލާމް އަލީ ވިދާޅުވީ، އެ ކޯޓުގައި ނިސްބަތުން ގިނަ އަދަދެއްގެ ފަނޑިޔާރުން ތިއްބަސް ކޯޓަށް ހުށަހެޅޭ މައްސަތަކަގެ އަދަދު އިތުރުވަމުންދާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ވޯކްލޯޑް ބޮޑުވާ ކަމަށް ވިދާޅުވި އެވެ.

އޭގެ އިތުރުން އަބްދުއްސަލާމް ވިދާޅުވީ، މަދަނީ އިޖުރާއަތުގެ ގާނޫނަށް އަމަލު ކުރަން ފެށުމުން، އެ ގާނޫނަށް އަމަލު ކުރުމުގެ ފަހުން ހުށަހެޅި މައްސަލަތަކަށް ވަކި އިޖުރާއަތްތަކެއް އަދި އޭގެ ކުރިން ހުށަހެޅި މައްސަލަތަކަށް ވަކި އިޖުރާއަތްތަކެއް ހިންގާތީ މައްސަލަ ހިންގުމަށް ދަތިވާ ކަމަށެވެ. އަދި ގާނޫނަށް އައި ބަދަލުގެ ސަބަބުން އިދާރީ ގޮތުން ބައެއް މަސައްކަތް ބަދަލުކުރަން ޖެހޭތީ ވެސް މައްސަލަތައް ލަސްވާ ކަމަށް ވިދާޅުވި އެވެ.

މުހިންމު ބައެއް ހަބަރު

ދުވަހުގެ ކޯޓޭޝަން

ހަރަކާތްތެރި ނުވުމާއި، ވިދިވިދިގެން ދެ އަހަރުގެ އަހަރީ ރިޕޯޓު ހުށަހަޅާފައިނުވުން އަދި ޖަމިއްޔާގެ ހިންގާ ކޮމިޓީ ރަޖިސްޓްރީކޮށްފައިނުވާތީ ކަމަށް ބުނެ ޖުމްލަ 1،989 ޖަމިއްޔާއެއް އުވާލަން އިއުލާނު ކުރި އެވެ. އެ ނިންމުން މިހާރު ބާތިލުކޮށްފައި ވާއިރު ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވީ،

އޭގެތެރޭގައި ޖަމިއްޔާތަކުގެ ރަޖިސްޓްރާގެ ދަށުގައި ނުހިމެނޭ ބައެއް ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއި ބައެއް ކުޅިވަރު ކްލަބްތައް ހިމެނޭ.. އަދި ހަރަކާތްތެރިކޮށްފެންނަ ބައެއް ޖަމުޢިއްޔާތައްވެސް އެބަހިމެނޭ.. މިކަންކަން ބަލާ ރަނގަޅުކުރުމަށް ވާނީ ރިކުއެސްޓުކޮށްފަ."

ދުވަހުގެ ފޮޓޯ

މިނިވަން ދުވަހުގެ މުނާސަބަތުގައި އިއްޔެ މާލޭގައި ބޭއްވި ހެވިކަމުގެ ހަރަކާތްތަކާއި ޕެރޭޑުގައި ބައިވެރިވި ބައެއް ސިފައިން. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
މިނިވަން ދުވަހުގެ މުނާސަބަތުގައި އިއްޔެ މާލޭގައި ބޭއްވި ހެވިކަމުގެ ހަރަކާތްތަކާއި ޕެރޭޑުގައި ބައިވެރިވި ބައެއް ސިފައިން. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

މިނިވަން ދުވަހުގެ މުނާސަބަތުގައި އިއްޔެ މާލޭގައި ބޭއްވި ހެވިކަމުގެ ހަރަކާތްތަކާއި ޕެރޭޑުގައި ބައިވެރިވި ބައެއް ސިފައިން. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox