އެންމެ ގިނަ ފަނޑިޔާރުން ތިބި ސިިވިލް ކޯޓުގެ މައްސަލަތައް ފުނި ޖެހި، ލަސްވުމުގެ ކަންބޮޑުވުން

ސިވިލް ކޯޓު ހުންނަ ޖަސްޓިސް ބިލްޑިންގެ އިމާރާތުގެ ނަންބޯޑު -- ފޮޓޯ:އަދަދު

ސިވިލް ކޯޓު ހުންނަ ޖަސްޓިސް ބިލްޑިންގެ އިމާރާތުގެ ނަންބޯޑު -- ފޮޓޯ:އަދަދު

ސިވިލް ކޯޓުގައި ގިނަ އަދަދެއްގެ މައްސަަލަ ނުހިނގައި، މައްސަލަތައް ފުނި ޖެހި އިންސާފު ހޯދަން ދިގު އިންތިޒާރެއް ކުރަން ޖެހޭ ކަމުގެ ޝަކުވާ ގާނޫނި ވަކީލުނާއި އެ މީހުންގެ މުވަައްކިލުން ކުރަން ފަށައިފި އެވެ.

ބައެއް ވަކީލުން ބުނާ ގޮތުގައި، ސިވިލް ކޯޓަށް ހުށަހަޅާ އެއްބައި މައްސަލަތައް، ކޯޓުގައި އޮންނަތާ އަހަރު ދެ އަހަރު ވާ އިރު ވެސް އަޑުއެހުމެއް ތާވަލުނުކޮށް ބާއްވަ އެވެ. ހައްގެއް ގެއްލިގެން ދައުވާ ކުރާ މީހާ ބައެއް ފަހަރު އިންސާފުގެ އިންތިޒާރުގައި އެތައް އަހަރެއް ހުންނަން ޖެހޭ ކަމަށް ވަކީލުން ބުނެ އެވެ.

ސިވިލް ކޯޓުގައި މިހާތަނަށް ނުނިމި ހުރި މައްސަލަތަކުގެ އަދަދު ސާފު ކުރަން "އަދަދު"އިން ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގައި އެދުމުން އެ ޑިޕާޓްމެންޓުން ބުނީ، މި އަހަރުގެ މިހާތަނަށް ނިންމި މައްސަލަތަކުގެ ހިސާބުތައް ސިވިލް ކޯޓުން ފޮނުވަމުން ގޮސްފައި ނުވާ ކަމަށެވެ.

ޑީޖޭއޭއިން މި ނޫހާ ހިއްސާ ކުރި ތަފާސްހިސާބުތަކުގައި އެހެން ސުޕީރިއާ ކޯޓުތަކާއި މެޖިޓްރޭޓު ކޯޓުތަކުން ނިންމި މައްސަލަތަކުގެ އަދަދާއި އަލަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދާއި އަހަރު ނިމިނު އިރު ނުނިމި ހުރި މައްސަލަތަކުގެ އަދަދުތައް ހުއްޓެވެ.

މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ސިވިލް ކޯޓަށް 1421 މައްސަލަ ހުށަހަޅާފައިވެ އެވެ. އެކަމަކު، މި އަހަރު މިހާތަނަށް ނިމުނު މައްސަލަތަކެއް އެނގެން ނެތެވެ. އަދި މި އަހަރު ފެށުނު އިރު އެ ކޯޓުގައި ނުނިމި ހުރި މައްސަލަތަކުގެ އަދަދު ވެސް އެނގޭކަށް ނެތެވެ.

ސިވިލް ކޯޓުގެ 2022 ވަނަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ އަހަރު ފެށި އިރު އޭގެ ކުރީ އަހަރު ނުނިމި ހުރި 2740 މައްސަލަ ކޯޓުގައި އޮތެވެ. އަދި މިދިޔަ އަހަރު މުޅިން އަލަށް އެކި ފަރާތްތަކުން 5050 މައްސަލަ އެ ކޯޓަށް ހުށަހެޅި އެވެ.

މިދިޔަ އަހަރު ސިވިލް ކޯޓުން 2917 މައްސަލަ ނިންމާފައިވާއިރު 218 މައްސަލަ ނިންމީ ޑިސްޕިއުޓް ރެޒޮލޫޝަން މަރުހަލާއިންނެވެ. އެހެންކަމުން، ބެލެވޭ ގޮތުގައި މި އަހަރު ފެށުނު އިރު ސިވިލް ކޯޓުގައި ނުނިމި ހުރި މައްސަލަތަކުގެ އަދަދު 4800އަށް އަރާނެ އެވެ.

ސިވިލް ކޯޓު ހުންނަ ޖަސްޓިސް ބިލްޑިންގެ އިމާރާތް -- ފޮޓޯ: އަދަދު
ސިވިލް ކޯޓު ހުންނަ ޖަސްޓިސް ބިލްޑިންގެ އިމާރާތް -- ފޮޓޯ: އަދަދު

ސިވިލް ކޯޓު ހުންނަ ޖަސްޓިސް ބިލްޑިންގެ އިމާރާތް -- ފޮޓޯ: އަދަދު

ސިވިލް ކޯޓުގައި މައްސަލަތައް ހިނގާ ސްޕީޑް ކިޔައިދެމުން، ގާނޫނީ ވަކީލު މަރިޔަމް ޝުނާނާ ވިދާޅުވީ، ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިގެން މައްސަލަ ކުރިއަށްނުގޮސް އޮއްވާ، އޭނާގެ ދެ ކްލަޔަންޓަކު ނިޔާވެފައިވާ ކަމަށެވެ. އެ ދެ މައްސަލަ ކޯޓުގައި ނުހިނގައި ދޮޅު އަހަރުވި ކަމަށް އޭނާ ބުންޏެވެ.

އޭގެ އިތުރުން، އޭނާ ވަކާލާތު ކުރައްވާ ބައެއް މައްސަލަތަކުގެ އަވަސް ހައްލެއް ބޭނުންވިޔަސް، ކޯޓުން ތާވަލު ނުކުރުމުން، ދައުވާއިން ހޯދަން އެދޭ ހައްލުގެ މުއާލާތް ކެނޑޭ ހިސާބަށް ވެސް ދާ ކަމަށް ވެސް ޝުނާނާ ވިދާޅުވި އެވެ.

ހަމައެކަނި ފަނޑިޔާރުން ބަދަލު ކުރުމުން އެއީ ޝަރުއީ ދާއިރާ އިސްލާހު ކުރެވުން ނޫން ކަމަށާއި، މައްސަލަތައް ހިނގުން ލަސްވާން ޝަރުއީ ދާއިރާގައި ދިމާވާ އިދާރީ މައްސަލަތައް ވެސް ހައްލު ކުރުމުގެ މުހިންމު ކަމަށް ވެސް ޝުނާނާ ވިދާޅުވި އެވެ.

"އިދާރީ ގޮތުން މި އަންނަ ތަކުލީފުތަކަށް ހައްލު ލިބިގެން ޝަރުއީ ދާއިރާ އިސްލާހު ކުރެވޭނީ،" ޝުނާނާ ވިދާޅުވި އެވެ.

މައްސަލަތައް ލަސްވެގެން ފަނޑިޔާރުންގެ ޝަކުވާ ޖުޑިޝަލް ސާވިސް ކޮމިޝަނަށް ހުޅަނާޅަނީ އޭނާ ވިދާޅުވި ގޮތުގައި، ޝަކުވާއެއް ހުށަހެޅުމުން މައްސަލަ މާ އަވަހަށް ޝަކުވާ ކުރާ ފަރާތާ ދެކޮޅަށް ނިންމާތީ އެވެ. އެގޮތަށް ދިމާވުމުން މިހާރަކަށް އައިސް، ކްލަޔަންޓަށް ލިބިދާނެ ގެއްލުމަށްޓަކައި ޝަކުވާ ކުރުމާ މެދު ވިސްނަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝުނާނާ ވިދާޅުވި ގޮތުގައި، މައްސަލަތައް ތާވަލު ނުކުރުމާއި ލަސްވުމާ ހެދި ކްލަޔަންޓުންގެ ނުރުހުން ވަކީލުންނަށް ވެސް އަމާޒުވާ ކަމަށެވެ. އެފަދަ ކަންކަމާ ހިތްހަމަ ނުޖެހިގެން އޮފީހުގެ ތެރޭގައި މުވައްޒަފުންނަށް ބަވާ ކަމަށް ވެސް ވިދާޅުވި އެވެ.

ސިވިލް ކޯޓުގައި ފަނޑިޔާރުންގެ ދަތިކަމެއް ވެސް ނެތެވެ. އެ ކޯޓުގެ ތާރީހުގައި ވެސް އެއްފަހަރާ އެންމެ ގިނަ ފަނޑިޔާރުން މަސައްކަތް ކުރަމުންދަނީ މިހާރު އެވެ. ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ވެބްސައިޓުގައިވާ ގޮތުން އެ ކޯޓުގައި މިހާރު 18 ފަނޑިޔާރުން ތިއްބަވަ އެވެ. މުޅި ރާއްޖޭގައި ވެސް އެއް ކޯޓެއްގައި އެންމެ ގިނަ ފަނޑިޔާރުން ތިބެނީ ވެސް ސިވިލް ކޯޓުގަ އެވެ.

ސިވިލް ކޯޓުގެ މައްސަލަތައް ނުހިނގައި ލަސްވުމާ ގުޅޭ ގޮތުން އެ ކޯޓުގެ ރަޖިސްޓްރާ އަބްދުއްސަލާމް އަލީ ވިދާޅުވީ، އެ ކޯޓުގައި ނިސްބަތުން ގިނަ އަދަދެއްގެ ފަނޑިޔާރުން ތިއްބަސް ކޯޓަށް ހުށަހެޅޭ މައްސަތަކަގެ އަދަދު އިތުރުވަމުންދާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ވޯކްލޯޑް ބޮޑުވާ ކަމަށް ވިދާޅުވި އެވެ.

އޭގެ އިތުރުން އަބްދުއްސަލާމް ވިދާޅުވީ، މަދަނީ އިޖުރާއަތުގެ ގާނޫނަށް އަމަލު ކުރަން ފެށުމުން، އެ ގާނޫނަށް އަމަލު ކުރުމުގެ ފަހުން ހުށަހެޅި މައްސަލަތަކަށް ވަކި އިޖުރާއަތްތަކެއް އަދި އޭގެ ކުރިން ހުށަހެޅި މައްސަލަތަކަށް ވަކި އިޖުރާއަތްތަކެއް ހިންގާތީ މައްސަލަ ހިންގުމަށް ދަތިވާ ކަމަށެވެ. އަދި ގާނޫނަށް އައި ބަދަލުގެ ސަބަބުން އިދާރީ ގޮތުން ބައެއް މަސައްކަތް ބަދަލުކުރަން ޖެހޭތީ ވެސް މައްސަލަތައް ލަސްވާ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox