ޑިމޮކްރެޓުންގެ ސިޔާސަތު: މަޖިލީހުގައި 76 މެމްބަރުން، ފެންވަރު ވެސް ކަނޑައަޅާނެ

 ޑިމޮކްރެޓްސް ރޭ އިފުތިތާހު ކުރި އާ ސިޔާސަތުގެ ކަރުދާހެއް. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ޑިމޮކްރެޓްސް ރޭ އިފުތިތާހު ކުރި އާ ސިޔާސަތުގެ ކަރުދާހެއް. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ރައްޔިތުންގެ މަޖިލިސް އެކުލެވިގެންވާ ގޮތަށް ބޮޑު ބަދަލެއް ގެނައުމަށް ދަ ޑިމޮކްރެޓްސްގެ "މުޅި ރާއްޖެ މަޖިލިސް: ރާއްޖޭގެ ފަރާތުން ކުރާ ވަކާލާތު" ސިޔާސަތުގައި ކަނޑައަޅައި ރޭ އެ ސިޔާސަތު އާންމުކޮށްފި އެވެ.

މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގައި 87 މެމްބަރުން ތިއްބަވާއިރު، ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ޑިމޮކްރެޓުން ނެރުނު ސިޔާސަތުގައި މަޖިލީހަށް ގެންނަން ހުށަހަޅާފައިވާ ބަދަލާއެކު ތިއްބަވާނީ ޖުމުލަ 76 މެމްބަރުންނެވެ. އެއީ އެއީ މިހާރުގެ މަޖިލީހަށް ވުރެ 11 މެމްބަރުން މަދު އަދަދެކެވެ.

ޑިމޮކްރެޓުންގެ ވިސްނުމަކީ އަތޮޅުތަކުންނާއި މާލެއިން އިންތިހާބު ކުރާނީ 55 ގޮނޑި، ރާއްޖެ ހަތަރު ސަރަހައްދަކަށް ބަހާލައި (އުތުރު, ހުޅަނގު, މެދު އަދި ދެކުނު) އަންހެނުންނަށް ހާއްސަ 8 ގޮނޑި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ތަމްސީލުކުރުމަށް 2 ގޮނޑި އަދި ޕާޓީތަކަށް ވޯޓު ލިބޭ ނިސްބަތުން ލިބޭ ގޮތަށް 11 ގޮނޑި ހިމެނުމެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފަހަތުގައި ހުންނަވައި އުފައްދާފައިވާ ދަ ޑިމޮކްރެޓްސްގެ މި ސިޔާސަތު ނެރުނީ، 2025 ގައި ބާއްވާ މަޖިލީހަށް ދާއިރާތައް އިތުރުވެ ޖުމުލަ 92 މެމްބަރުން ތިއްބަވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައި ވަނިކޮށެވެ.

ޑިމޮކްރެޓުގެ ސިޔާސަތުގައި މެމްބަރުންގެ އަދަދު މަދު ކުރުމާއެކު, މެމްބަރުން ހޮވާ ގޮތަށް ވެސް ބަދަލު ގެންނަން ކަނޑައަޅާފައިވެ އެވެ.

މަޖިލީހުގެ މެމްބަރުން ގަޑިޖެހޭ ގޮތާއި މެންބަރުކަމަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ފެންވަރާއި ޝަރުތުތައް ގާނޫނުގައި ލިޔުމަށް ވެސް ޑިމޮކްރެޓުން ކަނޑައަޅާފައިވެ އެވެ.

ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި މަޖިލީހަށް ވާދަކުރާ ފަރާތްތަކުގެ ހާއްސަ ޝަރުތެއްގެ ގޮތުގައި، ވަކި ފެންވަރެއް ހުރުން ގާނޫނީ ގޮތުން ލާޒިމެއް ނުކުރެ އެވެ.

ޑިމޮކްރެޓްސްގެ އާ ސިޔާސަތުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ ތެރެއިން މެންބަރަކު ވަކިކުރަން, އެ މެންބަރަކު އިންތިހާބުކުރާ ރައްޔިތުންނަށް ފެނިއްޖެނަމަ, ފެންނަ ނުފެންނަ ވޯޓެއް ނެގޭނެ އިޖުރާއަތްތައް ކަނޑައަޅާނެ ކަމަށް ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox