މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ އެންމެ އިސް ހަތަރު ވެރިންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ޕްރޮމޯޝަން ދެއްވައިފި އެވެ.
ޕްރޮމޯޝަން ދެއްވީ ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމް އަބްދުއްލަތީފާއި މެރިން ކޯގެ ކޮމަޑާންޓް ވައިސް ވަހީދާއި ސާވިސް ކޯގެ ކޮމަޑާންޓް މޭޖަ ޖެނެރަލް ހާމިދު ޝަފީގަށެވެ.
ޝަމާލަށް ކުރިއެރުން ލިބިވަޑައިގަތުމާއެކު އޭނާ ވެގެންދިޔައީ ލެފްޓިނެންޓް ޖެނެރަލްގެ މަގާމާ ހަމައަށް ވަޑައިގެންނެވުނު ދެ ވަނަ ބޭފުޅާއަށެވެ. ކުރިން އެ ހިސާބަށް ވަޑައިގެންނެވިފައި ވަނީ އަންބަރީ އަބްދުއްސައްތާރަށް އެކަންޏެވެ.
- ޗީފް އޮފް ޑިފެންސް ފޯސް ޝަމާލް: މޭޖާ ޖެނެރަލްގެ މަގާމުން ލެފްޓިނެންޓް ޖެނެރަލްގެ މަގާމަށް
- ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްލަތީފް: ބްރިގޭޑިއާ ޖެނެރަލްގެ މަގާމުން މޭޖާ ޖެނެރަލްގެ މަގާމަށް
- މެރިން ކޯގެ ކޮމަޑާންޓް ވައިސް ވަހީދު: މޭޖަ ޖެނެރަލްގެ މަގާމަށް
- ސާވިސް ކޯގެ ކޮމަޑާންޓް ހާމިދު: މޭޖަ ޖެނެރަލްގެ މަގާމަށް
މޭޖާ ޖެނެރަލްއަކީ ސިފައިންގެ ތިން ވަނައަށް އެންމެ މަތީ ރޭންކެވެ. ލެފްޓިނެންޓް ޖެނެރަލްއަކީ ދެ ވަނައަށް އެންމެ މަތީ ރޭންކެވެ. އެންމެ މަތީ ރޭންކަކީ ޖެނެރަލުގެ މަގާމެވެ.













