ގޯތީގެ ޝަރުތުގައި "މާލެ މީހާ" މާނަކުރުމުގެ މައްސަލަ ކޯޓުން ބޭރުކޮށްފި

ހައި ކޯޓު އިމާރާތް؛

ހައި ކޯޓު އިމާރާތް؛

މާލެ ސަރަހައްދުން ގޯތި ދޭން ސަރުކާރުން ހިންގާ "ބިންވެރިޔާ ސްކީމް" އިން ގޯތި ނުލިބޭ ކަމަށް ހައުސިން މިނިސްޓްރީން ކަނޑައަޅާފައި ވަނީ, އުސޫލުގައި ބަޔާން ނުކުރާ ޝަރުތަކަށް ހަވާލާދީ ކަމަށް ކަނޑައަޅައިދިނުމަށް އެދި, ގޯތި ނުލިބުނު މީހަކު ހައި ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި އެވެ.

ގޯއްޗަށް އެދި ފޯމް ލީ މީހުންގެ ތެރެއިން ގޯތި ނުލިބުނު މީހަކު ހައި ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލާގައިވާ ގޮތުގައި އޭނާއަށް ގޯތި ނުލިބޭނެ ކަމަށް ހައުސިން މިނިސްޓްރީން ބަޔާންކުރާ ސަބަބުގެ ލިޔުމުގައި ހަވާލާދީފައި ވަނީ ގޯތި ދިނުމުގެ އުސޫލުގައި މާލެ ރައްޔިތެއްކަން ބެލުމުގެ މިންގަނޑުގައި ބަޔާން ކޮށްފައި ނެތް އިބާރާތަކަށެވެ.

މާލެ ރައްޔިތެއް ކަން ބެލުމުގެ މިންގަނޑު ބަޔާންކޮށްފައިވަނީ އުސޫލުގެ 11 ވަނަ މާއްދާގެ ހ. ގަ އެވެ. އޭގައި ވަނީ "އެ މީހެއްގެ މަންމަ ނުވަތަ ބައްޕައަކީ މާލެ ރައްޔިތަކަށް ވެފައި ސަރުކާރުން ހިންގާފައިވާ ސިޔާސަތެއްގެ ސަބަބުން ނުވަތަ ކަނޑައެޅިފައިވާ އުސޫލުގެ ސަބަބުން އެހެން ތަނެއްގައި ރަޖިސްޓްރީ ޖެހުމަށް ފަހު މިހާރު މާލޭގެ ރަޖިސްޓްރީގައިވާނަމަ އެ މީހަކު ބަލާނީ މާލޭގެ ރައްޔިތެއްގެ ކަމުގަ" އެވެ.

ހައުސިން މިނިސްޓްރީން އޭނައަށް ފޮނުވި ޖަވާބުގައި ބުނަނީ "ތިޔަ ފަރާތަކީ ކުރިން މާލެ ފިޔަވައި އެހެން ތަނެއްގައި ރަޖިސްޓްރީވެފައިވާ ފަރާތަކަށް ވެފައި، ތިޔަ ފަރާތުގެ މައިންބަފައިންގެ ތެރެއިން އެއްވެސް މީހެއް އުފަންވީއްސުރެން މާލެ ފިޔަވައި އެހެން ތަނެއްގައި ރަޖިސްޓްރީ ވެފައި ނުވާ ފަރާތެއް ގޮތުގައި މިނިސްޓްރީއަށް ސާބިތު ކުރެވިފައި ނުވާތީ" ކަމަށެވެ.

އޭނާ ހުށަހެޅި ދުސްތޫރީ މައްސަލާގައި އެދިފައިވަނީ ގޯތި ލިބުމަށް ޝަރުތު ހަމަނުވި ސަބަބުގެ ގޮތުގައި މިނިސްޓްރީން ދީފައިވާ ޖަވާބުގައި ހިމެނޭ އިބާރާތަކީ އުސޫލުގައި ނުހިމެނޭ އިބާރާތެއް ކަމުގައި ކަނޑައަޅައިދިނުމަށެވެ. އެ އުސޫލު މަނާކޮށްދިނުމުގެ އިތުރަށް، އޭނާއަށް ގޯތި ނުލިބޭ ކަމަށް މިނިސްޓްރީން ކަނޑައަޅާފައި ވަނީ އުސޫލާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް ވެސް އޭގައި އެދިފައިވެ އެވެ.

ގެދޮރުވެރިޔާ ކޮމެޓީގެ ޗެއާ އަދި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އަކްރަމް ކަމާލުއްދީން ވެސް ވިދާޅުވި ގޮތުގައި ގޯތި ލިބޭ މީހުންގެ ލިސްޓަށް 800 އެއްހާ ޝަކުވާ ލިބުނު ނަމަވެސް އޭގެ ތެރޭގައި ގިނައީ ގޯތި ދިނުމުގެ އުސޫލަށް ފާޑުކިޔާފައި ހުރި ޝަކުވާތަކެވެ. އެފަދަ ޝަކުވާތައް ބަލާނީ ވެސް ސައްހަ ނޫން ޝަކުވާތައް ގޮތުގައި ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

"މިހާރު ހުރެދާނެ ހިޔާ ފްލެޓަކީ މިލްކެއް ނޫނޭ، ސޯޝަލް ހައުސިން ކަމަކަށް ނުބެލެވޭނޭ، މިހެން ޝަކުވާތަކެއް، އެކަމަކު އުސޫލުގައި ސާފުކޮށް ބަޔާންކޮށްފައި އޮންނާނެ ސޯޝަލް ހައުސިން އޮތް ފަރާތްތަކަށް ނުލިބޭނެކަން،" އަކްރަމް ތަފްސީލްކޮށްދެއްވި އެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ދެނީ ހުޅުމާލޭގެ އިތުރުން, ހިއްކުމުގެ މަރުހަލާގައި އޮތް ގުޅިފަޅާއި ގިރާވަރުފަޅުންނެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި ހުޅުމާލެއިން 2,200 ގޯތި, ގުޅީފަޅުން 2,000 ގޯތި އަދި ގިރާވަރުން 2,000 ގޯތި ދޭނެ އެވެ.

މިހާރު ގޯތި ލިބޭނެ ކަމަށް ލިސްޓުގައި ބުނެފައިވާ މީހުންނަށް ގޯތި ދެނީ ކޮންތަންތަނަކުން ކަމެއް އަދި ހާމައެެއް ނުކުރެ އެވެ. އޭގެ އުސޫލު ފަހުން ހާމަކުރާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

އެ ސްކީމްގެ ދަށުން ގޯއްޗަށް އެދި 23،088 މީހުންގެ ފަރާތުން، 15،164 އެޕްލިކޭޝަން ހުށައަޅާފައިވެ އެވެ. ވަކިން ހުށަހެޅި ފޯމްތަކާއި ޖޮއިންޓް ފޯމުތައް ހިމެނޭ ގޮތުން ގޯތި ލިބޭ މީހުންގެ ލިސްޓްގައި 10،314 މީހުން ހިމެނެ އެވެ. ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް ހުށަހެޅި ފަރާތްތަކުގެ ތެރެއިން، 19،857 މީހުން ހުށަހެޅި، 12،794 ފޯމު ވަނީ ޝަރުތު ހަމަވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox