ޕްރައިމަރީއަށް ކުރިމަތިލެއްވީ އިލްޔާސް އެކަނި، ޑިމޮކްރެޓުން ނަގާނީ ފެންނަ ނުފެންނަ ވޯޓެއް

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ދަ ޑިމޮކްރޭޓްސްގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓަކު ހޮވަން ބާއްވާ ޕްރައިމަރީއަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ފިޔަވައި އެހެން ބޭފުޅަކު ކުރިމަތި ނުލެއްވުމުން، ކެންޑިޑޭޓު ކަނޑައަޅަން ފެންނަ ވޯޓަކަށް ދާން ޖެހިއްޖެ އެވެ.

އެޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ފޯމު ހުށަހެޅުމަށް ހުޅުވާލީ ބުރާސްފަތި ދުވަހު އެވެ. އެ ފުުރުސަތު މިއަދު 4:00 ގައި ހަމަ ވި އިރު މިހާތަނަށް ފޯމު ހުށަހެޅުއްވީ އިލްުޔާސް އެކަންޏެވެ.

ޑިމޮކްރޭޓްސްގެ އަސާސީ ގަވައިދުގައި ބުނާ ގޮތުން ޕްރައިމެރީގައި ވާދަކުރަން އެއް ކެނޑިޑޭޓަށް ވުރެ އިތުރަށް ކުރިމަތިނުލައިފި ނަމަ އެމީހަކު ހޮވާނީ ޕާޓީގެ އާންމު މެންބަރުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓަކުންނެވެ.

ޕްރައިމެރީގައި ވާދަކުރާ ކެނޑިޑޭޓަށް ރިޔާސީ ޓިކެޓު ދޭނީ ޕާޓީގެ ހުރިހާ މެންބަރުންގެ މެދުގައި ނެގޭ ފެންނަ ނުފެންނަ ވޯޓުން 10 އިންސައްތަ މެންބަރުން ފެންނަ ކަމަށް ވޯޓު ދީގެންނެވެ. ޑިމޮކްރޭޓްސް އިން އާންމުކުރި މެންބަރުންގެ ލިސްޓުގައިގައިވާގޮތުން އެޕާޓީގައި މިވަގުތު ތިބީ 4000 މެންބަރުންނެވެ.

ޑިމޮކްރޭޓްސްގެ ޕްރައިމެރީގައި ވާދަކުރާ ހަމައެކަނި ކެނޑިޑޭޓު އިލްޔާސް ލަބީބު ޕްރައިމެރީ އިންތިހާބު ކާމިޔާބުކުރުމަށް ބޭނުންވާނީ ވޯޓުލާ މީހުންގެ 10 ޕަސެންޓެެވެ.

އާ ސިޔާސީ ޕާޓީ އުފެއްދުމަށް ފަހު ރިޔާސީ އިންތިހާބުގައި ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވާނެ ކަމަށް ވެސް ބެލެވުނެވެ. އެހެން ނަމަވެސް ނަޝީދު އިއްޔެ ވަނީ އެ ކަމަށް އެމަނިކުފާނުގެ ޝައުގެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.

ނަޝީދު ވަނީ އިދިކޮޅު ސިޔާސީ ހުރިހާ ޕާޓީއަކުން ގުޅިގެން އެއް ކެންޑިޑޭޓަކު ނެރުމުގެ ހިޔާލު ވެސް ކުރިއަށް ނެރުއްވައިފަ އެވެ. އެ ކަމަށް އަދި އެއްބަސްވީ ޖުމްހޫރީ ޕާޓީއާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އެވެ. އެ ކަމުގައި ޕީޕީއެމްގެ ރުހުން ވެސް އެ ޕާޓީތަކުން ބޭނުންވެ އެވެ.

ދެން އެ އިންތިހާބުގައި ވާދަކުރާނެކަމަށް ބެލެވުނު ކުރީގެ އެސްޓީއޯ އެމްޑީ ހުސެން އަމްރު ވެސް ވަނީ ޕްރައިމެރީގައި ވާދަނުކުރަން ނިންމާފަ އެވެ.

ޕީޕީއެމުން އެ ކަމުގައި ބުނަމުން އަންނަ ވާހަކަ އަކީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އެ ކެންޑިޑޭޓުގެ ގޮތުގައި ހަމަޖެއްސުމަށެވެ. ނަމަވެސް ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެ ހުކުމް ދެމިއޮތްހާ ހިނދަކު ޔާމީނަށް ވާދައެއް ނުކުރެވޭ އެވެ.

ޑިމޮކްރެޓްސް އުފެއްދުމުގެ އިސްކޮށް ހުންނެވި އަދި އެމްޑީޕީގެ އެއް ބާނީ ނަޝީދަކީ މީގެ ކުރިން 2008، 2013، އަދި 2018 ގައި ވެސް އެމްޑީޕީގެ ޕްރައިމަރީން ކަނޑައެޅި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓެވެ. ނަމަވެސް 2018 ގައި އެމަނިކުފާނުގެ މައްޗަށް ޖަލު ހުކުމެއް އިއްވާފައި އޮތުމުން، އެމްޑީޕީގެ ކޮންގްރެސް މެދުވެރިކޮށް އޭރުގެ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހަށް ޓިކެޓު ދިނުމަށް ނިންމީ އެވެ.

ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެމްޑީޕީގެ އެތެރޭގެ ގުނަންތައް އޮތީ އެމަނިކުފާނުގެ ބާރުގެ ދަށުގަ އެވެ. އަދި އެމްޑީޕީގެ އެތެރޭގައި ބޭއްވި ބޮޑެތި އިންތިހާބުތައް ވެސް ކާމިޔާބު ކުރެއްވީ އެމަނިކުފާނެވެ. އަދި ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރައްވައި، މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސޯލިހެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox