ރައީސްގެ ދަތުރުތަކާ ދިމާކޮށް ރަށްރަށުގައި މިހާރަށް ވުރެ ބޮޑަށް ހިޔާލު ފާޅުކުރަން ޖެހޭ: އަދުރޭ

އިދިކޮޅު ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި އަބްދުލްރަހީމް : ވިދާޅުވީ ރައީސްގެ ދަތުރުތަކާ ގުޅުވާ ރަށްރަށުގައި މިއަށްވަރު ބޮޑަށް ހިޔާލުފާޅުކުރަން ޖެހޭ ކަމަށް - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އިދިކޮޅު ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި އަބްދުލްރަހީމް : ވިދާޅުވީ ރައީސްގެ ދަތުރުތަކާ ގުޅުވާ ރަށްރަށުގައި މިއަށްވަރު ބޮޑަށް ހިޔާލުފާޅުކުރަން ޖެހޭ ކަމަށް - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ރިޔާސީ ކެމްޕޭނުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން، އިދިކޮޅު ސަޕޯޓަރުން އިތުރަށް ހިޔާލު ފާޅުކުރުމަށް ޕީޕީއެމް-ޕީއެންސީ ކޯލިޝަން ހިންގުމުގައި މިވަގުތު އެންމެ އިސްކޮށް ހުންނެވި އަބްދުލްރަހީމް އަބްދުﷲ ގޮވާލައްވައިފި އެވެ.

ޕީޕީއެމްގެ ޖަގަހައިގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުލްރަހީމް ވިދާޅުވީ، ރައީސް ސޯލިހު މީމު އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އިދިކޮޅު ސަޕޯޓަރުން ނުކުމެ ނުރުހުން ފާޅުކޮށް އެމަނިކުފާނު 'ފަހާލި' ކަމަށެވެ. އަދި, އެ ރަށްތަކުން ނުކުތް އިދިކޮޅު ސަޕޯޓަރުންނަށް ޝުކުރު ދަންނަވަމުން އޭނާ ވަނީ ކުރިއަށް އޮތް ތަނުގައި ރައީސް ސޯލިހު ރަށްރަށަށް ވަޑައިގަތުމުން އެއަށްވުރެ ވަރުގަދައަށް ނުކުތުމަށް ގޮވާލައްވާފަ އެވެ.

"މާ ވަރުގަދައަށް ނުކުންނަން އެބަޖެހޭ [ރައީސް ސޯލިހު] ރަށްރަށް ދިޔައިމަ.. އެއީ ކީއްވެގެންތޯ.. ނުކުންނަން ޖެހެނީ މީނަ [ރައީސް ސޯލިހު] އަނިޔާވެރިވީ ހަމައެކަނި ރައީސް ޔާމީނަކަށް ނޫން.. މުޅި ދިވެހި ރައްޔިތުންނަށް އަނިޔާވެރިވީ" އަބްދުލްރަހީމް ވިދާޅުވި އެވެ.

އޭގެއިތުރުން ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބަކީ ސައްހަ އިންތިހާބެއްކަން ކަށަވަރު ކުރުމަށް ދިވެހި އަސްކަރީ ބާރުތަކުން މަސައްކަތް ކުރެއްވުމަށްވެސް އަދުރޭ ގޮވާލެއްވި އެވެ.

ރައީސް ސޯލިހު މ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ކެމްޕެއިން ދަތުރުގައި މި މަހު 16 ގައި އެ އަތޮޅު ދިއްގަރަށް ވަޑައިގެންނެވި ވަގުތު 14 ވަރަކަށް މީހުން ރައީސާ ދެކޮޅަށް އަޑުއުފުލި އެވެ. އެ މީހުންގެ ތެރެއިން ދެ މީހަކު ހައްޔަރުކުރުމަށްފަހު ދޫކޮށްލި އެވެ.

ރައީސްގެ ދަތުރުތަކާ ދިމާކޮށް ގިނަ ރަށްރަށުން އިދިކޮޅު މަދު ބަޔަކު ނަމަވެސް ހިޔާލުފާޅުކޮށް ނުރުހުމުގެ ބަސް އިއްވަ އެވެ. ނަމަވެސް, ހަމަނުޖެހުމުގެ މިސްރާބަށް ގޮސް ބަޔަކު ހައްޔަރުކޮށްފައިވަނީ ދިއްގަރުން އެކަންޏެވެ.

އެ މީހުން މައިގަނޑު ގޮތެއްގައި ގޮވާލަނީ މިވަގުތު ޖަލުގައި ހުންނެވި ކުުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން ދޫކޮށްލުމަށެވެ. ޔާމީންގެ މައްޗަށް މިދިޔަ ޑިސެމްބަރު 25 ގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ އެމްއެމްޕީއާރުސީ ހިޔާނާތުގެ ތެރެއިން ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެގެންނެވެ.

އެ ރޭ ދިއްގަރުގައި ހުންނަވާ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ އެ ފަރާތްތަކަށް ވަރުގަދަ އިންޒާރެއްވެސް ދެއްވާފަ އެވެ.

"ޑިމޮކްރެޓްސް ބޭފުޅުން ކަމަށް ވިޔަސް، ޕީޕީއެމް ބޭފުޅުން ކަމަށް ވިޔަސް އެނޫން ޕާޓީއެއްގެ ބޭފުޅުން ކަމަށް ވިޔަސް އަޅުގަނޑުމެން ރަށްރަށަށް އަރާއިރުގައި ތި ސަކަރާތް ޖަހަން ދެން ނުހަދާ. ހުރިހާ ރަށަކުން. ތި ސަކަރާތް ޖަހަން ހައްދަވައިފިއްޔާ އަޅުގަނޑުމެން މާ ވަރުގަދަވާނެ،" މުޒާހަރާ އަށް ފުރުސަތު ނުދެންވާނެ ފަދަ ރާގަކަށް އިމްރާން އެރޭ ވިދާޅުވި އެވެ.

ރައީސް ސޯލިހުވެސް އެ ރޭގެ ޖަލްސާގައި އިދިކޮޅުން ރަށްރަށުގައި ބޭނުންކުރަނީ ދެހާގުގެ އަހަރުތަކުގެ ކުރީކޮޅުގައި އެމްޑީޕީން ބޭނުންކުރި ސިޔާސީ އުކުޅުތައް ކަމަށް ވިދާޅުވެފަ އެވެ.

"ބައެއް ފަހަރު ހިތަށް އަރާ އަޅުގަނޑުމެންގެ ވާދަވެރިންނަށް އެ އުޅެނީ ދެހާހުގެ ކުރީ ކޮޅުގައޭ. އެއިރު އަޅުގަނޑުމެން ކުރަން ފެށި ކަހަލަ ކޮންމެވެސް މަސައްކަތްތަކެއް ބައެއް ރަށްރަށުން އެބަ ފެނޭ. އަޅުގަނޑު ވަރަށް އިހުތިރާމާއެކު އެބޭފުޅުންނަށް ދަންނަވާލާނީ [އެކަން] ދޫކޮށްލައްވާށޭ. ރަނގަޅަށް ވާދަވެރި ކެމްޕެއިނެއް ކުރައްވާށޭ،" ރައީސް އެ ރޭ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox