މީހެއްގެ ގޯއްޗެއްގެ ތެރެއަށް އިމާރާތަކުން ވަދެފައި އޮތް ބައި ތަޅާލަން ސިވިލް ކޯޓުން ހުކުމްކޮށްފި

މާލޭގެ އިމާރާތްތަކެއް: 10 ބުރީގެ އިމާރާތެއް އަޅަން އުޅޭ ގޯއްޗެއްގެ ތެރެއަށް އެހެން އިމާރާތެއްގެ ބައެއް ވަދެފައިވާތީ އެ ބައި ތަޅާލަން ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައި -- ފޮޓޯ: އަދަދު

މާލޭގެ އިމާރާތްތަކެއް: 10 ބުރީގެ އިމާރާތެއް އަޅަން އުޅޭ ގޯއްޗެއްގެ ތެރެއަށް އެހެން އިމާރާތެއްގެ ބައެއް ވަދެފައިވާތީ އެ ބައި ތަޅާލަން ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައި -- ފޮޓޯ: އަދަދު

ދިހަ ބުރީގެ އިމާރާތެއް އަޅަން ރާވާފައިވާ ހ. ސީސްޕީޑް ގޭގެ ގޯތި ތެރެއަށް، އެ ގޯއްޗާ އިންވެގެން އޮންނަ ހ. ނައިޝާގައި ހުރި ހަ ބުރީގެ އިމާރާތެއްގެ ބައެއް ވަދެފައިވާތީ ހ. ސީސްޕީޑް ގޭގެ ވެރިފަރާތުން ދައުވާ ކުރި މައްސަލައެއްގައި އިމާރާތުގެ އެ ބައި ތަޅާލަން ސިވިލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ހުކުމްކޮށްފި އެވެ.

ހ. ސީސްޕީޑް ގޭގައި ޓެރަސްއެއް ހިމެނޭ ގޮތަށް 10 ބުރީގެ އިމާރާތެއް އަޅަން މާލޭ ސިޓީ ކައުންސިލުން އެ ގޭގެ ވެރިފަރާތަށް ހުއްދަ ދިނީ ޖެނުއަރީ 22، 2020ގަ އެވެ. ގޯތީގެ ތެރެއަށް އިމާރާތް ވަދެފައިވާކަން އެނގުނީ، ހ. ސީސްޕީޑް ގޯތީގެ އިން ހަމަ ކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުގެ މުވައްޒަފުން ކުރި އިރު އެވެ.

އެ ގޯއްޗާ އިންވެގެން އޮންނަ ހ. ނައިޝާގައި ހުރި ހަ ބުރީގެ އިމާރާތުގެ ތިން ވަނަ ބުރިން ފެށިގެން މައްޗަށް ހުރި ބައިތައް ހ. ސީސްޕީޑް ގޭގެ ގޯތި ތެރެއަށް ހުރީ ވެދަފަ އެވެ. އެއީ އެ އިމާރާތުގެ މަތީ ހަތަރު ބުރިން ޖުމްލަ ގާތްގަނޑަކަށް 36 އަކަފޫޓެވެ.

އެކަން ރަނގަޅު ކުރަން ސިޓީ ކައުންސިލުން މާޗު 18، 2021ގައި ހ. ނައިޝާ ގޭގެ ވެރިފަރާތަށް ދިން ދެ މަހުގެ މުއްދަތު ހަމަވެ، އިތުރު ތިން މަސް ހަމަވި ފަހުން ވެސް އެކަން ރަނގަޅުކޮށްފައި ނުވާތީ އެކަން ރަނގަޅު ކުރުމަށް އެ ގޭގެ ވެރިފަރާތަށް އަންގަން އެދި ހ. ސީސްޕީޑް ގޭގެ ވެރިފަރާތުން ހ. ނައިޝާ ގޭގެ ވެރިފަރާތާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާ ކުރީ ސެޕްޓޭމްބަރު 16، 2021ގަ އެވެ.

އެ މައްސަލައިގައި މިދިޔަ ބުރާސްފަތި ދުވަހު ސިވިލް ކޯޓުން ކުރި ހުކުމުގައި ފާހަގަކުރީ، ހ. ނައިޝާގެ އިމާރާތުން ބައެއް ހ. ސީސްޕީޑް ގޯތީގެ ތެރެއަށް ވަދެފައިވާކަން ހުށަހަޅާފައިވާ ލިޔުންތަކުންނާއި ދެ ފަރާތުގެ ބަހުން ވެސް އެނގެން އޮންނަ ކަމެވެ. ދައުވާ ލިބޭ މީހާގެ ފަރާތުން ދައުވާއަށް އިންކާރު ކުރި ނަމަވެސް އިމާ ގުޅޭ މައްސަލައެއް އުޅޭ ކަމަށް އިންކާރެއް ނުކުރެ އެވެ.

ހުކުމުގައިވާ ގޮތުން ދައުވާ ކުރި ހ. ސީސްޕީޑް ގޭގެ ވެރިފަރާތުން ބޭނުންވަނީ ހަ ބުރީގެ އިމާރާތުން ވަދެފައިވާ ބައި ތަޅައި އިސްލާހު ކުރުމަށެވެ.

އަގެއް ކަނޑައަޅައި ބަދަލު ދިނުމަށް ދައުވާ ލިބޭ މީހާ ހުށަހެޅިޔަސް، ދައުވާކުރި ފަަރާތުގެ ނުރުހުމުގައި ދައުވާކުރި މީހާގެ މައްޗަށް ބަދަލުދީ، އެ ހައްގުގެ މަތީގައި ދައުވާލިބޭ ފަރާތް ހުރުމުގެ ހައްގު އޭނާއަށް ލިބިގެންނުވާ ކަމަށް ހުކުމުގައިވެ އެވެ.

އިމާރާތުން އެތެރެއަށް ވަދެފައިވާ މިންވަރު އަގުކޮށް ފައިސާ ދިނުމަށް ދައުވާލިބޭ މީހާ ބޭނުންވި ނަމަވެސް އެ ބަދަލު ލިބިގަތުމަށް ދައުވާ ކުރި މީހާ ބޭނުންނުވާކަން ވެސް ހުކުމުގައި ފާހަގަކުރި އެވެ.

އެހެންވެ، ގާޒީ އަލީ އަބްދުﷲ ކުރެއްވި ހުކުމުގައި އެންގެވީ، ހ. ނައިޝާގައި ހުރި ހަ ބުރީގެ އިމާރާތުން ހ. ސީސްޕީޑް ގޯތީގެ ތެރެއަށް ވަދެފައިވާ ބައި އިން ހަމަވާ ގޮތަށް ތަޅާލައި އިސްލާހު ކުރުމަށެވެ. އެކަމަށް ދިނީ ފަސް މަސް ދުވަހުގެ މުއްދަތެކެވެ.

އެ މައްސަލައިގައި ދައުވާ ލިބުނު ހ. ނައިޝާ ގޭގެ ވެރިފަރާތުން ކޯޓުގައި ބުނެފައި ވަނީ އެހެން ގޯއްޗެއްގެ ތެރެއަށް އިމާރާތް ވަދެފައިވާކަން ސިޓީ ކައުންސިލުން ސަމާލުކަމަށް ގެނައުމުން، އިމާރާތުގެ މަތިން ތަޅާލައިގެން މައްސަލަ ހައްލު ކުރަން ކަމާ ބެހޭ ފަރާތްތަކާ ވާހަކަ ދެއްކި ކަމަށެވެ.

އެކަމަކު، އިމާރާތުގެ މަތިން ބިމާއި ތަނބުތަކުން ތަޅާލައިފި ނަމަ އިމާރާތަށް އިއާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށާއި، ބައެއް ކަނޑައިގެން ވެއްޓި ފުރާނައަށް ވެސް ގެއްލުންވެދާނެ ކަމަށް އޭނާ ކޯޓުގައި ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox