ގާސިމު ވިދާޅުވަނީ ކެމްޕޭން ގޯސް ނޫންކަމަށް، މަޑުކޮށްލައިގެން ހުރީ ކަންތައްތައް ހުރި ގޮތުން

ރައީސް އޮފީހަށް ވަޑައިގެންނެވި ދުވަހަކު ގާސިމް ނޫސްވެރިންނާ ވާހަކަދައްކަވަނީ. ފައިލްފޮޓޯ/އަދަދު

ރައީސް އޮފީހަށް ވަޑައިގެންނެވި ދުވަހަކު ގާސިމް ނޫސްވެރިންނާ ވާހަކަދައްކަވަނީ. ފައިލްފޮޓޯ/އަދަދު

އަންނަ ސެޕްޓެމްބަރު މަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ޖުުމްހޫރީ ޕާޓީ (ޖޭޕީ)ގެ ޓިކެޓް ލިބިވަޑައިގެންނެވި ނަމަވެސް ކެމްޕޭން ނުކުރައްވައި ހުންނެވި ހުންނެވުން އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިއަދު ދިފާއުކުރައްވައިފި އެވެ.

ޖުމްހޫރީ ޕާޓީގެ ޓިކެޓް ރަސްމީކޮށް ގާސިމަށް އެރުވީ ނޫން 11 ގައި އެޕާޓީން ބޭއްވި ޖަލްސާއެއްގަ އެވެ. އެހެން ނަމަވެސް ރިޔާސީ އިންތިހާބަށް ކުރާ ކެމްޕޭން ހަރަކާތެއްގައި އޭނާ އަދި މިހައިތަނަށް ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. އެހެންވެ، މި އިންތިހާބުގައި ގާސިމް ވާދަ ކުރައްވައިފާނެ ކަމާ މެދު ބައެއް ފަރާތްތަކުން ސުވާލު ވެސް އުފައްދަ އެވެ. އެގޮތަށް ދައްކާ ވާހަކަތަކަށް ގާސިމް ރައްދު ދެއްވީ ޖޭޕީގެ ރަސްމީ ޓްވިޓާ ހޭންޑުލް އިން މިއަދު އާއްމުކުރެއްވި ވީޑިއޯ މެސެޖެއްގަ އެވެ.

""މިހާރުން ކެންޑިޑެންސީވެސް މިއޮތީ ލާން ވަރަށް ކައިރިވެފަ. މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން މިއޮތީ އެކަން ކުރަންޖެހޭ ގޮތަށް. އެހެންވީމަ ހަމަގައިމުވެސް އެއަށްވުރެ ލަސްވެގެނެއް ނުވާތާ ދެއްތޯ. އަޅުގަނޑުމެން ކެންޑިޑެންސީ ލީމަ، ބަލައިގަންނަ ކަމެއް، ނުގަންނަކަމެއްވެސް އެނގޭނީ ލީމާ،" ވީޑިއޯ މެސެޖްގައި ގާސިމް ވިދާޅުވި އެވެ.

އޭނާ އެ ވިދާޅުވީ ރަސްމީކޮށް ކެމްޕޭން ފެށުން އެއަށް ވުރެ ލަސް ނުވާނެ ވާހަކަކަން އެނގެނީ މެސެޖް ނިންމަވައިލެއްވި އިރު އެވާހަކަ އަށް ވަޑައިގެންނެވީ މަ އެވެ. ވިދާޅުވީ އުތުރާއި ދެކުނުގައި ތިއްބެވި ކެމްޕޭން މެނޭޖަރުން މިހާރު ވެސް ކެމްޕޭން ކުރައްވާ ކަމަށެވެ.

"އެކަމާއި ބާރަށް ނޫޅެވިފައި މިތިބެނީ ޔަގީންކަން ނެތީމާއެއް ނޫން. ޔަގީންކަން އެބައޮތް. އެހެންނަމަވެސް، އަދި ކަންތައްތައް ހުރިގޮތުން މިހާރު މަޑުކޮށްލައިގެން މިހުރީ އަޅުގަނޑުގެ އަމިއްލަ ނަފްސުން އެކަން ނުކުރިއަސް އަޅުގަނޑުގެ ޕާޓީން އެކަން ކުރަމުން އެބަގެންދޭ،" ގާސިމް ވިދާޅުވި އެވެ.

ކެމްޕޭން އަވަހަށް ފެށުމަކީ މޮޅުކަމެއް ނޫން ކަމަށް ވިދާޅުވެ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށާއި ޕީޕީއެމަށް ވެސް ނުސީދާ ގޮތެއްގައި ގާސިމް ބަހުގެ ހަމަލާއެއް ދެއްވި އެވެ.

"ކޮންމެހެން މިބާވަތުގެ ކަމެއްގައި އިސްނެގުމަކީ މޮޅުވުމެއްވެސް ނޫން. އެހެން މުސްކުޅިންވެސް ބުނެެއުޅޭ. ވިސްނުންތެރިކަމާއިއެކު ކަމެއް ކުރީމައިކަން މޮޅުކަމަކަށް މިވަނީ،" އޭނާ ވިދާޅުވި އެވެ.

ވީޑިއޯ މެސެޖް ނިންމަވައިލައްވަމުން ގާސިމް ވިދާޅުވީ އިންތިހާބު ކާމިޔާބުކުރެއްވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

ޖޭޕީގެ އަސާސީ ގަވައިދު ކުރިން އޮތް ގޮތުން އެޕާޓީގެ ރިޔާސީ ޓިކެޓް، ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން އޮޓަމެޓިކުން ގާސިމަށް ލިބިވަޑައިގަންނަވަ އެވެ. އެެހެން ނަމަވެސް މިފަހަރު އެޕާޓީން ރިޔާސީ ޕްރައިމަރީއެއް ބާއްވަން މާޗް 16، ގައި ހުޅުވައިލި އެވެ. އެހެން ނަމަވެސް އެކަމަށް ހުޅުވައިލި މުއްދަތު 30 މާޗްގައި ހަމަ ވި އިރު ގާސިމް ފިޔަވައި އެހެން ބޭފުޅަކު ކުރިމައްޗެއް ނުލައްވަ އެވެ. ގާސިމަށް ރިޔާސީ ޓިކެޓް ލިބިވަޑައިގެންނެވީ އެހެންވެ އެވެ.

ރާއްޖޭގައި މިހާރު އަމަލުކުރާ ގާނޫނުއަސާސީގެ ދަށުން 2008 ވަނަ އަހަރު ބޭއްވި ފުރަތަމަ މަލްޓިޕާޓީ ރިޔާސީ އިންތިހާބުގައި ވެސް ގާސިމް ވާދަކުރެއްވި އެވެ. އެެ ގާނޫނުއަސާސީގެ ދަށުން ދެވަނައަށް ބޭއްވި ރިޔާސީ އިންތިހާބުގައި 2013 ވަނަ އަހަރު ވެސް ގާސިމް ވާދަކުރެއްވި އެވެ. ދެ އިންތިހާބުގައި ވެސް އޭނާ އަށް ލިބިވަޑައިގެންނެވީ ތިންވަނަ އެވެ. އެހެންވެ ދެވަނަ ބުރަށް ވަޑައިގެންނެވުނު ކެންޑިޑޭޓުންނާ އެކު ކޯލިޝަން ހައްދަވައި ވެރިކަން ކުރާ ކޯލިޝަނުގައި ދެފަހަރު ވެސް ހިމެނިވަޑައިގެންނެވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox