އަބްދުއްރަހީމް މެންބަރުންނަށް: މާޔޫސް ނުވޭ، ޔާމީން އެއްބެރުން އިންތިހާބު ކާމިޔާބު ކުރާނެ

Jul 15, 2023, 3:21 AM
އިދިކޮޅުން މިރޭ ބޭއްވި ރެލީގައި އަދުރޭ ވަނީ މެންބަރުންނަށް މާޔޫސް ނުވުމަށް އެދިވަޑައިގެންފައި--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އިދިކޮޅުން މިރޭ ބޭއްވި ރެލީގައި އަދުރޭ ވަނީ މެންބަރުންނަށް މާޔޫސް ނުވުމަށް އެދިވަޑައިގެންފައި--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި، ޖަލު ހުކުމެއްގައި ހުރި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވާދަނުކުރެއްވޭނެ ކަމަށް ބައެއް ފަރާތްތަކުން ބުނަމުން އަންނައިރު، އިދިކޮޅު މެމްބަރުން މާޔޫސް ނުވުމަށާއި، އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަ ކުރައްވާނީ ޔާމީން ކަމަށް، އެ ކޯލިޝަންގެ ވަގުތީ ލީޑަރު، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.

އިދިކޮޅު އާޓިފިޝަލް ސަރަހައްދުގައި ބޭއްވި އެއްވުމުގައި އަބްދުއްރަހީމް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ޕީޕީއެމްއިން އެހެން އެއްވެސް ޕާޓީއެއްގެ ފަހަތަށް ނާރާނެ ކަމަށެވެ.

އޭނާ މިހެން ވިދާޅުވިއިރު، ދަ ޑިމޮކްރެޓްސްއިން މަސައްކަތް ކުރަމުން ދަނީ އިދިކޮޅުން އެއް ކެންޑިޑޭޓެއް ނެރުމަށެވެ. ނަމަވެސް އަބްދުއްރަހީމްގެ މި ވާހަކައިން އެކަން ކާމިޔާބު ނުވާނެ އެވެ.

Advertisement

"ޕީޕީއެމް ނުކުންނާނީ ރައީސް ޔާމީނާ އެކީގައި ވެރިކަން ހޯދަން. އެއްގޮތަކަށް ވެސް މާޔޫސްވެވަޑައިގަންނަވާނެ ކަމެއް ނެތް،" އޭނާ ވިދާޅުވި އެވެ.

ޔާމީން ޖަލުގައި ހުންނެވުމަކީ ރައްޔިތުންނަށްވާ ވަރަށް ބޮޑު ގުރުބާނީއެއް ކަމަށާއި އެ އަގު އަދާކޮށް ދެވޭނީ ޕީޕީއެމް/ޕީއެންސީގެ މެމްބަރުންގެ "ހިތްވަރެއް، ތެދުވެރިކަމެއް އެކުވެރިކަމެއް، އެއްބައިވަންތަ ކަމެއް ހުރެގެން" ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ރޫޅާލާކަށް އެއްގޮތަކަށް ވެސް މި ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމެއް ނެތް. ޕީޕީއެމް/ޕީއެންސީ ރޫޅައެއް ނުލެވޭނެ. ރައީސް ޔާމީންގެ ސަޕޯޓަރުން ބައިބައެއް ނުކުރެވޭނެ. އެއަށް ވުރެ މާ ވަރުގަދަ ޓީމެއް ރައީސް ޔާމީނާއެކު އޮތީ،" ރިޔާސީ ޓިކެޓުގެ ވާދަ އިދިކޮޅު ކޯލިޝަންގެ ތެރޭގައި ބޮޑުވެ، ޕާޓީގެ އެއްބައިވަންތަކަށް އަސަރުކޮށްފާނެ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދަނިކޮށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ޝަރީއަތެއްގެ އަޑުއެހުމަށް ފަހު ޔާމީން އަނބުރާ މާފުށީ ޖަލަށް ގެންދިޔުމަށް ލޯންޗަށް އަރުވަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ޝަރީއަތެއްގެ އަޑުއެހުމަށް ފަހު ޔާމީން އަނބުރާ މާފުށީ ޖަލަށް ގެންދިޔުމަށް ލޯންޗަށް އަރުވަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޝަރީއަތެއްގެ އަޑުއެހުމަށް ފަހު ޔާމީން އަނބުރާ މާފުށީ ޖަލަށް ގެންދިޔުމަށް ލޯންޗަށް އަރުވަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރައީސް ސޯލިހުގެ ރިޔާސީ ކެމްޕެއިންގެ ޝިޔާރެއްގެ ގޮތުގައި "އުފާވެރި އަމާން ރާއްޖެ" ކަނޑައަޅާފައިވާއިރު، އަބްދުއްރަހީމް ވިދާޅުވީ ދިވެހި ރައްޔިތުންނަކީ އަމާންކަމާއި ސުލުހަ އަށް އަދި ތަރައްގީ އަށް ލޯބިކުރާ ބައެއް ކަމަށާއި އެހެންވެ ދިވެހިރައްޔިތުން ބޭނުންވަނީ ޔާމީން ވެރިކަމަށް ގެނައުމަށް ކަމަށެވެ. އިގުތިސޯދު ކޮޅަށް ޖެހޭނީ ޔާމީން ވެރިކަމަށް ގެނެސްގެން ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި މަނީލޯންޑެރިންނާއި ރިޝްވަތުގެ ދައުވާ ސާބިތުވެ 11 އަހަރަށް ޔާމީން ހުރީ ޖަލަށް ލައިފަ އެވެ. އެ މަނިކުފާނަށް ރިޔާސީ ޓިކެޓު ހަވާލުކުރީ ތުހުމަތުތައް ކުރެވި، ޝަރީއަތް ހިނގަމުން ދަނިކޮށެވެ.

ރިޔާސީ އިންތިހާބު ބޯމަތިވެފައިވާއިރު ވެސް ޔާމީން މިނިވަން ނުކޮށް ޖަލުގައި އޮތުން އަބްދުއްރަހީމް ސިފަ ކުރެއްވީ އަނިޔާއެއްގެ ގޮތުގަ އެވެ. އެހެންވެ، "ޔާމީނަށް ކުރާ އަނިޔާގެ ބަދަލު ގާނޫނީ އިމުގެ ތެރެއިން އިފާނެ" ކަމުގެ އިންޒާރު އޭނާ ދެއްވި އެވެ. އަދި ރައީސް ސޯލިހަށް އެންމެ ރަނގަޅު ގޮތަކީ އިސްތިއުފާ ދެއްވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރައީސް ޔާމީންގެ ފިކުރުގައި މި ގައުމުގައި ތިއްބެވި ސަޕޯޓަރުންނާއި އެ މަނިކުފާނަށް ތާއިދު ކުރައްވާ ހުރިހާ ބޭފުޅުންނާ އެއްކޮށްލީމާ އެއް ލައްކަ އެތައް ހާސް މީހުންނެއް އެބަ އަރައޭ. ރައީސް ޔާމީން ގިނިކަންޏާ ނުކުމެވަޑައިގެން އިރާދަކުރެއްވިއްޔާ މި އިންތިހާބު ކާމިޔާބު ކާމިޔާބު ކުރައްވާނީ އިންތިހާބުގެ ފުރަތަމަ ބުރުން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ޔާމީން މިނިވަންކުރުމަށް އިތުރު ގިޔަރަކަށް މަސައްކަތް ޖައްސަންޖެހޭ ކަމަށާއި، ސަރުކާރު ދެކެ ބިރު ނުގަންނަކަން ދެއްކުމަށްޓަކައި މަގުމައްޗަށް ނުކުމެ، އޮފީސްތަކަށް ގޮސް، ރައީސް އޮފީހަށް ވަދެ ސަރުކާރު ހިންގުން ހުއްޓުމަކަށް ގެންނަންވީ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox