ޔާމީންގެ ދިފާއުގައި ގާސިމް؛ ސަރުކާރުން ދެއްކި އިންސާފުގެ ވައުދު ހަނދާންކޮށްދީފި

ޕީޕީއެމް/ޕީއެންސީ ލީޑާޝިޕްއާއި ޖޭޕީގެ ލީޑަރު ގާސިމް މިއަދު ބައްދަލުކުރެއްވުމަށް ފަހު؛ ޕީޕީއެމްގެ ކެންޑިޑޭޓު ޔާމީނުގެ ދިފާއުގައި ގާސިމް ނުކުންނަވައިފި - ފޮޓޯ: ޖުމްހޫރީ ޕާޓީ

ޕީޕީއެމް/ޕީއެންސީ ލީޑާޝިޕްއާއި ޖޭޕީގެ ލީޑަރު ގާސިމް މިއަދު ބައްދަލުކުރެއްވުމަށް ފަހު؛ ޕީޕީއެމްގެ ކެންޑިޑޭޓު ޔާމީނުގެ ދިފާއުގައި ގާސިމް ނުކުންނަވައިފި - ފޮޓޯ: ޖުމްހޫރީ ޕާޓީ

ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުންނާ މިއަދު ބައްދަލު ކުރެއްވުމަށް ފަހު، އެ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންސާފު ލިބެން ޖެހޭ ކަމަށް ވިދާޅުވެ އެމަނިކުފާނުގެ ދިފާއުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ޓްވީޓެއް ކުރައްވައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ގެނައުމަށް އިސްކޮށް އުޅުއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި މި ސަރުކާރު ކޯލިޝަންގެ ބައިވެރިއެއްގެ ގޮތުގައި ހުންނެވި ގާސިމް ކުރެއްވި ޓްވީޓުގައި ލިޔުއްވާފައިވަނީ އަދުލުވެރި ޝަރީއަތަކީ ޔާމީނަށް ވެސް ލިބެން ޖެހޭ ހައްގެއް ކަމަށެވެ.

"ރައީސް ޔާމީން ކަމަށް ވިޔަސް ނުވަތަ އެހެން ދިވެހި ރައްޔިތެއް ކަމަށް ވިއަސް އިންސާފުވެރި ޝަރީއަތެއް ލިބުމަކީ މިއަދު ގަނޫނު އަސާސީން ލިބިދޭ އަސާސީ ހައްގެކެވެ. އަދި އެއީ އިންސާނީ ހައްގެއް ވެސް މެއެވެ." އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާންކުރައްވާފައިވާ ގާސިމް ލިޔުއްވާފައިވެ އެވެ.

Advertisement

ޖުޑިޝަރީއާއި ޝަރުއީ ދާއިރާ އިސްލާހުކޮށް ދުވެލި ރަނގަޅު ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.

"މިއަދު އުފެދޭ ސުވާލަކީ، މިއަދުގެ ސަރުކާރުގެ މިސްރާބު މި ހުރީ، އިންސާފުގެ މަގު ހޯދުމަށް ކުރި ދަތުރުގަައި، ހުރިހާ ބާރުވެރި ކަމެއް ލިބުމުން އެ ވައުދުވި ގޮތަށްތޯ؟" ރައީސް ސޯލިހުގެ އެ ވައުދުފުޅު ހަނދުމަކޮށްދެއްވަމުން ގާސިމް ސުވާލު އުފައްދަވާފައިވެ އެވެ.

ގާސިމް އިޝާރާތް ކުރެއްވީ، ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު ހައި ކޯޓުގައި ކުރިއަށް ދަނިކޮށް އެ މައްސަލައާ ހަވާލުވެ ހުންނެވި ބައެއް ފަނޑިޔާރުން ޗުއްޓީ ނަންގަވަން އޮތުމުން އުފެދިފައިވާ ކަންބޮޑުވުމަށެވެ.

އެނގިފައިވާ ގޮތުގައި ފަނޑިޔާރު ހުޒައިފާ މުހައްމަދު ހުންނެވީ އާއިލީ ޒިންމާގެ ޗުއްޓީ ނަންގަވައިގެންނެވެ. އެ ޗުއްޓީ ނެންގެވީ އޭނާގެ ދަރިފުޅެއްގެ ބަލި ހާލަތު ހުންނެވި ގޮތުން ކަމަށް މައުލޫމާތު ލިބެ އެވެ.

އޭގެ އިތުރަށް ފަނޑިޔާރު މުހައްމަދު ސަލީމް ވެސް މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ޗުއްޓީއެއް ނަންގަވާ ގޮތަށް ހަމަޖެހިފައިވާ ކަން އެނގިފައިވެ އެވެ.

ފަނޑިޔާރުންގެ ޗުއްޓީއާއި ޒާތީ މައުލޫމާތު ހުރި ކަމަކަށް ވުމުން ހައި ކޯޓުން މާ ބޮޑު ތަފުސީލެއް ނުދިނެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރެއިން، ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ޔޫސުފް ނައީމްގެ އަތުން ޔާމީން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑަ ކުރެއްވި ކަމަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

އޭގެ އިތުރަށް ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތުގައި އަހުމަދު ކްރިކް ރިޒާ މެދުވެރިވެގެން އެ ރަށް ކުއްޔަށް ދިން ކުންފުނިން ޔާމީން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ނަންގައި، ސަންގެ ދެ ކުންފުންޏެއް މެދުވެރިކޮށް އެ ފައިސާ ލޯންޑަކުރި ކަމަށް ތުހުމަތުކޮށް ވެސް ދައުވާކޮށްފައިވެ އެވެ. ސަންގެ ދެ ކުންފުންޏާއި، ކްރިކް ރިޒާއާއި، ޔާމީންގެ މައްޗަށް ހިންގާ އެ ޝަރީއަތް ވެސް ކުރިއަށް އެބަ ދެ އެވެ.

ޕީޕީއެމް/ޕީއެންސީން ޔާމީނަށް ރިޔާސީ ޓިކެޓު ދިން ނަމަވެސް އިއްވާފައިވާ ޖަލު ހުކުމް ދެމިއޮތްހާ ހިނދަކު ޔާމީނަށް އިންތިހާބުގައި ވާދަކުރެވޭނެ ކަމަކަށް ނުބެލެވެ އެވެ. ހުކުމް ބާތިލް ނުކުރިޔަސް ކެންޑިޑެސީ ހުށަހަޅާނެ ކަމަށް އެ އިއްތިހާދުން ބުނެ އެވެ.

ނަމަވެސް މި ފަހުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވެސް ވަނީ ޖަލު ހުކުމް އޮވެއްޖެނަމަ ކެންޑިޑެސީ ބަލައިނުގަނެވޭނެ ކަމަށް ވިދާޅުވެފަ އެވެ. އެ ހާލަތުގައި ސުޕްރީމް ކޯޓަށް ކެންޑިޑެސީގެ މައްސަލައެއް ހުށަހަޅާނެ ކަމަށް ޕީޕީއެމް/ޕީއެންސީން ބުނެފައިވެ އެވެ.

ފަނޑިޔާރުންނަށް ފާރަވެރިވުމަށާއި ސުލޫކީ މައްސަލަތައް ބެލުމުގެ ބާރު އޮންނަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި އެމްޑީޕީގެ އިސް ބޭފުޅުން ތިއްބަވާއިރު އިދިިކޮޅު ފަރާތްތަކުން ތުހުމަތު ކުރަނީ ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވަނީ އެ ކޮމިޝަން މެދުވެރިކޮށެވެ.

ޖޭއެސްސީގެ އެކުލެވުން ބަދަލު ކުރުމަކީ ވެސް ރައީސް ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. ކޮމިޝަންގެ އެކުލެވުން ބަދަލު ކުރުމުގެ ގާނޫނީ އޮނިގަނޑު ތައްޔާރުކޮށް މަޖިލިހަށް ފޮނުވެވޭ ވަރުވީ މި އަހަރުގެ ތެރޭގަ އެވެ. އެ ވައުދު ނުފުއްދާ އޮތުމުން ވެސް ސަރުކާރަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox