ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕުން ގާސިމާ ބައްދަލުކޮށްފި

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕުން ގާސިމްއާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ޕީޕީއެމް

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕުން ގާސިމްއާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ޕީޕީއެމް

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕުން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސި ކެންޑިޑޭޓު ގާސިމް އިބްރާހިމާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ގާސިމްގެ ރިސޯޓެއްގައި މިއަދު އޭނާއާ ބައްދަލުކުރެއްވީ، އިދިކޮޅުގެ ލީޑާޝިޕާ ހަވާލުވެގެން ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، ފަރެސްމާތޮޑާ ދާއިރާގެ ޕީޕީއެމް މެމްބަރު ހުސެއިން މުހައްމަދު ލަތިފާއި، ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްގެ އިތުރުން މަހިބަދޫ ދާއިރާގެ މެމްބަރު މުހައްމަދު ތޯރިގެވެ.

ޕީޕީއެމް/ޕީއެންސީއިން މިއަދު ބުނި ގޮތުގައި ގާސިމްއާއެކު ބޭއްވި ބައްދަލުވުމުގައި މަޝްވަރާކޮށްފައި ވަނީ "ގައުމުގައި ހުރި ބޮޑެތި މައްސަލަތަކާ" ގުޅޭގޮތުންނެވެ. އެހެންނަމަވެސް، އެ ވާހަކަތަކުގެ ތަފްސީލުތަކެއް ނުދެ އެވެ.

އެ ކޯލިޝަނުން ބުނި ގޮތުގައި ގާސިމާއެކު މަޝްވަރާ ކުރީ އެ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިރުޝާދުގެ ދަށުން ކަމަށެވެ.

މިދިޔަ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދުމުން ޖުމްހޫރީ ޕާޓީ އޮތީ ސަރުކާރުގައި ހިއްސާވާ ޕާޓީއެއްގެ ގޮތުގަ އެވެ. އޭރު ސަރުކާރުގެ ދިފާއުގައި ވާހަކަ ދެއްކެވި ނަމަވެސް، އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި ގާސިމް ގެންދަވަނީ ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ.

ގާސިމް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން އިއުލާނު ކުރެއްވުމުން އެމްޑީޕީ ތެރެއިން އުފެދުނު ޑިމޮކްރެޓްސް ފެކްޝަނުން ވެސް ގާސިމާއެކު މަޝްވަރާތަކެއް ކުރި އެވެ.

އެކަމަކު، މިހާރު ޑިމޮކްރެޓްސްއިން ސިޔާސީ މަސައްކަތް ކުރަމުންދަނީ ޕީޕީއެމް/ޕީއެންސީއާ ގުޅިގެންނެވެ. އެއީ ވެރިކަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދުރުކުރަން ކުރާ މަސައްކަތެއް ކަމަށް އެ ދެ ޕާޓީން ވެސް ބުނެ އެވެ. އަދި, ޕީޕީއެމް/ޕީއެންސީން އެ މަސައްކަތް ކުރަނީ ޔާމީންގެ އިރުޝާދުގެ ދަށުން ކަމަށް އެ ކޯލިޝަނުން ބުނެ އެވެ.

ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓެއްގެ ގޮތުގައި ޔާމީން ހަމަޖެއްސި ފަހުން، ވ. އާރަށުގެ މައްސަލައިގައި ކުރި 11 އަހަރުގެ ޖަލު ހުކުމާއެކު ރިޔާސީ ކެންޑިޑޭޓަކަށް ވުމަށް ޔާމީނަށް އޮތީ ހުރަސްއެޅިފަ އެވެ. އެކަމަކު، އެ ކޯލިޝަނުގެ ކެންޑިޑޭޓަކީ ޔާމީން ކަމަށާއި އެމަނިކުފާނުގެ ނަން ވޯޓު ކަރުދާހުގައި އޮންނާނެ ކަމަށް އިދިކޮޅުން ބުނެ އެވެ.

އާރަށުގެ މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ހުކުމް ހައި ކޯޓުން ބާތިލު ކުރާނެ ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕުން ބުނެ އެވެ. އެ މައްސަލަ ހައި ކޯޓުގައި އޮތް އިރު، ވ. ފުއްގިރީގެ މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ދަނީ ކުރިއަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox