ވިއްސައިގެން ދިޔައީ ހަރުނުކޮށް ހުރި ސޯލާ ޕެނަލްތަކެއް، މަސައްކަތް ކުރި ގޮތުގެ ތަހުގީގެއް ހިންގަނީ

ހައިވޭގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތައް؛ ވައިގަދަވެ މޫދަށް ޕެނަލްތަކެއް ވެއްޓުނުއިރު އެ ތަކެތި ހަރު ކުރާ ގޮތުގެ އެތެރޭގެ ތަހުގީގެއް ހިންގާނެ ކަމަށް ބުނެފި

ހައިވޭގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތައް؛ ވައިގަދަވެ މޫދަށް ޕެނަލްތަކެއް ވެއްޓުނުއިރު އެ ތަކެތި ހަރު ކުރާ ގޮތުގެ އެތެރޭގެ ތަހުގީގެއް ހިންގާނެ ކަމަށް ބުނެފި

މާލެ-ހުޅުމާލެ ހައިވޭގައި ހަރުކުރުމަށް އެ ސަރަހައްދުގައި ބަހައްޓާފައި ހުރި ސޯލާ ޕެނަލްތަކެއް، ވައިގަދަވެ މޫދަށް ވިއްސައިގެން ދިޔުމުން އެ މަސައްކަތް ކުރިއަށް ގެންދިޔަ ގޮތް ބަލަން ތަހުގީގެއް ހިންގަން ސަރުކާރުން ނިންމައިފި އެވެ.

މިއަދު ހަވީރު ހަރުކުރަން މަސައްކަތް ކުރި ހަތަރު ސޯލާ ޕެނަލެއް ވިއްސައިގެން ގޮސް މޫދަށް ވެއްޓުނެވެ. އެ މައްސަލާގައި މާލޭގެ މޭޔަރު މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވަނީ ނުރައްކާތެރި ހާދިސާއެއް ހިނގައިދާނެތީ އެ ކަމަށް ސަމާލު ވުމަށް އެދިވަޑައިގެން ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

އެ މަޝްރޫއުގެ ކޮމިއުނިކޭޝަންސް ސްޕެޝަލިސްޓް އިފާދު ވަހީދު ވިދާޅުވީ ވިއްސައިގެން ދިޔަ އެއްވެސް ޕެނަލްއަކީ ބްރިޖްގައި އެ ކަމަށް ގާއިމުކޮށްފައިވާ ސްޓްރަކްޗާގައި ހަރުކޮށްފައި ހުއްޓާ ވިއްސައިގެންދިޔަ ޕެނަލްތަކެއް ނޫން ކަމަށެވެ. އަދި އެ ތަކެތި މިހާރު މޫދުން ނަގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާތަނަށް ބެލިބެލުމުން ސްޓްރަކްޗާއަކަށް ގެއްލުމެއް ނުވޭ، އަދި ޑިޒައިން ފޯލްޓެއް ފާހަގަ ކުރެވިފައެއް ނުވޭ، ހައިވޭގައި ދަތުރު ކުރުމަށް ނުރައްކާވާ ފަދަ އެއްވެސް ހާދިސާއެއް ނުވަތަ އެފަދަ ނުރައްކަލެއް އޮތް ކަމަކަށް މިހާތަނަށް ބެލި ބެލުމުން ފާހަގަ ކުރެވިފައެއް ނެތް،" އިފާދު ވިދާޅުވި އެވެ.

މިނިސްޓްރީން ކޮންޓްރެކްޓަރު މަސައްކަތް ކުރިއަށް ގެންދިޔަ ގޮތާ ގުޅޭ ގޮތުން އިތުރު އިންޓާނަލް އިންވެސްޓިގޭޝަނެއް ކުރިއަށް ގެންދާނެ ކަމަށާއި އިތުރަށް މަސައްކަތް ކުރިއަށް ދާނީ އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް އަޅާފައިވޭތޯ ޔަގީން ކުރުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.

"މިކަމާ ގުޅިގެން ހަރުކުރުކޮށްފައިވާ އެއްވެސް ޕެނަލެއްގައި މައްސަލައެއް ހުރިތޯ ބަލާ މައްސަލައެއް ނެތްކަން ޔަގީން ކުރާނެ، އަދި މި މަސައްކަތް ކުރުމުގައި ސުޕަވައިޒް ކުރުން އިތުރުކޮށް ރިޕީޓްކޮށް އިންސްޕެކްޓް ކުރަމުން ގެންދާނެ،" އޭނާ ވިދާޅުވި އެވެ.

"އެކްސެލެރޭޓިންގް ސަސްޓެއިންބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުވަބަލް އެނާޖީ (އެސްޕަޔާ)" ޕްރޮޖެކްޓުގެ ދަށުން މާލެ-ހުޅުމާލެ ހައިވޭގައި ހަރުކުރާ ސޯލާ ޕެނަލްތަކުގެ މަސައްކަތުގެ އަދި ނިމިފައި ވަނީ 70 ޕަސެންޓު މަސައްކަތެވެ. މިހާރު ކުރިއަށްދަނީ ހައިވޭގެ މޫދާވީ ފަޅީގައި ސްޓީލް ސްޓްރަކްޗާ ހަރުކުރުމުގެ މަސައްކަތާއި ސޯލާ ޕެނަލްތައް ހަރުކުރުމުގެ މަސައްކަތެވެ.

ވޯލްޑް ބޭންކުގެ އެހީގައި އެމްވަޔަރަމެންޓް މިނިސްޓްރީން ހިންގާ އެ މަޝްރޫ ކުރިއަށް ގެންދަނީ ތައިލެންޑުގެ "އެންސިސް ކޯ" ކުންފުނިންނެވެ.

އެ މަޝްރޫއުގެ ދަށުން އުފައްދާ ކަރަންޓް ސްޓެލްކޯއަށް ވިއްކުމަށް ހަމަޖެހިފައިވާ ރޭޓަކީ ކަރަންޓް ޔުނިޓަކަށް 10.09 ޔޫއެސް ސެންޓެވެ. އެއީ ދިވެހި ރުފިޔާއިން ކަރަންޓް ޔުނިޓަކަށް އެއް ރުފިޔާ 68 ލާރި އެވެ. އެސްޕަޔާ ގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހުޅުމާލޭގައި 1000 ހައުސިން ޔުނިޓްތަކުގައި ގާއިމްކޮށްފައިވާ 1.5 މެގަވޮޓްގެ ސޯލާ ޕީވީގެ ނިޒާމުން އުފައްދާ ކަރަންޓް ސްޓެލްކޯއަށް ވިއްކަމުން ދަނީ 21 ޔޫއެސް ސެންޓަށެވެ.

އެ މަޝްރޫއު ނިމުމުން އަހަރަކަށް އުފައްދާ 7.3 މިލިއަން ކަރަންޓް ޔުނިޓުން ދައުލަތުން ކަރަންޓް އުފެއްދުމަށް ޓަކައި ތެލަށް ކުރާ ހޭދައިން ގާތްގަނޑަކަށް 15 އާއި 20 މިލިއަން ދިވެހި ރުފިޔާ ސަލާމަތްކުރެވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox