ބިންވެރިޔާ ސްކީމްގެ މިބުރުގައި 6،200 ގޯތި ދޫކުރަން ވަނީ ނިންމާފައި: ރައީސް

ގުޅިފަޅުން ބިންހިއްކަން ފެށުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

ގުޅިފަޅުން ބިންހިއްކަން ފެށުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

މާލޭގެ ރައްޔިތުންނަށް ގޯތި ދޭން ސަރުކާރުން ހިންގާ "ބިންވެރިޔާ ސްކީމް" ގެ ފުރަތަމަ ބުރުގައި 6،000 އަށް ވުރެ ގިނަ ގޯތި ދޫކުރާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ގުޅިފަަޅުގައި ކުރިއަށް ގެންދާ ބިންހިއްކުމުގެ މަަޝްރޫއު ފަށްޓަވައި ދެއްވުމަށް ފަހު އެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މިއަދު ފެށި މަޝްރޫއުގެ ދަށުން ގުޅިފަޅަށް 150 ހެކްޓަރުގެ ބިން އިތުރުކުރެވޭނެ ކަަމަށާއި ސަރުކާރުގެ އަމާޒަކީ ގުޅިފަޅުން 2،000 ގޯތި ދޫކުރުން ކަމަށެވެ. އަދި ހުޅުމާލޭން 2،200 ގޯއްޗާއި ގިރާވަރު ފަޅުން ވެސް 2،000 ގޯތި ދޫކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މި ދެންނެވި ތިން މަޝްރޫއުގެ ދަށުން، ބިންވެރިޔާ ސްކީމްގެ ދަށުން މިބުރުގައި ، އެކު ޖުމްލަ 6،200 ގޯތި ދޫކުރަން މިހާރު އަޅުގަނޑުމެން ވަނީ ނިންމާފައި، މިއީ ކުރީ ދުވަހު މިނިސްޓަރު އަސްލަމް ވިދާޅުވި އަދަދަށް ވުރެެ ކުޑަ ތަންކޮޅެއް އަނެއްކާ ވެސް އިތުރު އަދަދެއް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މާލޭ ރައްޔިތުންނަށް ގޯތިދޭން، ގިރާވަރު ފަޅުގައި ހިންގާ ބިން ހިއްކުމުގެ މަޝްރޫއު ވެސް ވަރަށް ބާރަށް ކުރިއަށް އެބަ ދެވެ. އެ މަޝްރޫއާއި ގުޅިފަޅުގައި މިއަދު ފެށި މަޝްރޫއު ނިމި، މާލޭގެ ރައްޔިތުންގެ ތެރެއިން، މިފަހަރު ގޯތި ދޭން ނިންމި މީހުންނާ އަންނަ އޮގަސްޓް މަހު ގޯތި ހަވާލުކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ޝަރުތު ހަމަވެގެން ގޯތި ލިބޭ މީހުންގެ ލިސްޓް ވެސް މިހާރު އޮތީ އާއްމުކުރެވިފައި. އަދި އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ޖުލައިމަހުގެ 15 ވަނަ ދުވަހާ ހިސާބަށް ވަނީ ފުރުސަތު ހުޅުވާލާފައި. ލިބޭ ޝަކުވާތައް ބެލުމަށް ފަހު، ލިސްޓްގައި ހުރި މައްސަލަތައް ހައްލުކޮށް، އިރާދަކުރެއްވިއްޔާ އަންނަ އޮގަސްޓްމަހުގެ ތެރޭގައި އެންމެ ލަސްވެގެން ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް އަޅުގަނޑުމެން ފަށާނަން،" ރައީސް ވިދާޅުވި އެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް އެދެން ހުުޅުވައިލުމުން 23،000 އަށް ވުރެ ގިނަ މީހުން ފޯމު ލި އެވެ. ރައީސް ވިދާޅުވި ގޮތުގައި އޭގެ ތެރެއިން 19،858 މީހެއްގެ ޝަރުތު ހަމަވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox