އިދިކޮޅުން އާ ކެންޑިޑޭޓެއް ނެރުމަށް ނަޝީދުގެ ނޫހުން ފާޅުކުރި ހިޔާލާއެކު ޕީޕީއެމްގެ ހިތްހަމަނުޖެހުން

ރައީސް ޔާމީން; އެހެން ޕާޓީތަކުން ޕީޕީއެމްގެ ރިޔާސީ ޓިކެޓުގެ ވާހަކަދައްކަން ނުޖެހޭ ކަމަށް ބުނެ އިދިކޮޅުގެ ނުރުހުން ބައެއް ޕާޓީތަކަށް ވަނީ އަމާޒުވެފައި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ރައީސް ޔާމީން; އެހެން ޕާޓީތަކުން ޕީޕީއެމްގެ ރިޔާސީ ޓިކެޓުގެ ވާހަކަދައްކަން ނުޖެހޭ ކަމަށް ބުނެ އިދިކޮޅުގެ ނުރުހުން ބައެއް ޕާޓީތަކަށް ވަނީ އަމާޒުވެފައި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އެހެން ޕާޓީތަކުން, ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ޓިކެޓުގެ ކެންޑިޑޭޓުގެ ވާހަކަ ދައްކަން ޖެހޭ ސަބަބެއް ނެތް ކަމަށް ބުނެ އިދިކޮޅުގެ ބައެއް މެންބަރުން ނުރުހުން ފާޅުކޮށްފި އެވެ.

ޕީޕީއެމްގެ ބައެއް މެންބަރުން ހިތްހަމަނުޖެހުނީ, އެ ޕާޓީ އާއި ދަ ޑިމޮކްރެޓްސްއިން އެއް ކެންޑިޑޭޓެއް ނެރޭނެ ކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުން ދާތީ އެވެ. އަދި, މިވަގުތު 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ އިންތިހާބުގައި ވާދަނުކުރެއްވިއްޖެ ހާލަތެއްގައި ޕީޕީއެމް/ޕީއެންސީން އެހެން ކެންޑިޑޭޓެއްގެ ފަހަތަށް އަރާނެ ކަމަށް ބުނަމުން ދާތީ އެވެ.

"ނަޝީދެއްވެސް ނޫން! ޔާމިނެއްވެސް ނޫން! ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓެއް.." މި ސުރުހީގައި މިއަދު ވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އޯޝަން ވީކްލީ ނޫހުގައި ލިޔުމެއް ވެސް ޝާއިއުކޮށްފަ އެވެ.

Advertisement

މިކަމާ ހިތްހަމަނުޖެހުން ފާޅުކޮށް ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވީ, ރައީސް ޔާމީނަކީ އެންމެ ފުރަތަމަ ޕާޓީއަކުން މިއަހަރުގެ ރިޔާސީ އިންތިހާބަށް ދެއްކި ކެންޑިޑޭޓު ކަމަށެވެ. އަދި ނިންމުން ބަދަލުނުވާކަން ހާމަކުރައްވަމުން އޭނާ ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓުން ކުރިމަތިލާއިރު, އެންމެ ފުރަތަމަ އިލެކްޝަން ކޮމިޝަނަށް ވަންނާނެ ކެންޑިޑެސީ ފޯމަކީ ރައީސް ޔާމީންގެ ފޯމު ކަމަށް ވެސް ޕީޕީއެމްގެ ނައިބު ރައީސްކަން ވެސް ކުރައްވާ ޝިޔާމް ވިދާޅުވި އެވެ.

އެ ޕާޓީއަށް ނިސްބަތްވާ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) ވިދާޅުވީ, ޕީޕީއެމްގެ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށެވެ. އަދި, އެހެން ޕާޓީތަކުން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ޓިކެޓުގެ ވާހަކަ ދައްކަން ޖެހޭ ސަބަބެއް މެދުވެރިވެފައި ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ޕީޕީއެމުން ރައީސް ޔާމީން ނޫން ކެންޑިޑޭޓަކު ނެރެން ގަސްތު ނުކުރާކަމަށް ތަކުރާރުކޮށް އެ ޕާޓީގެ މެންބަރުން ވިދާޅުވަމުން ދިޔަ ނަމަވެސް, އެ ޕާޓީން ވަނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އެ މަގާމުން ދުރުކުރުމަށް ދަ ޑިމޮކްރެޓްސްއާއެކު އިއްތިހާދުވެފަ އެވެ. އެއާއެކު, ދެ ޕާޓީން ގުޅިގެން ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރުމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ.

"ސަރުކާރު ބަދަލުކުރަން ކުރަން ޖެހުނު ހުރިހާ ކަމެއް އަޅުގަނޑުމެން ކުރާނެ ހަމަ އެކުއެކީގައި. އެހެންވީމާ ކޮންމެ ކަމެއް ވެސް އެއީ ހަމަ ޕޮސިބަލް ކަންކަން އިނގޭތޯ،" ދެ ޕާޓީގެ މަޝްވަރާތަކަށްފަހު މީގެ ކުރިން ދެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑިމޮކްރެޓްސްގެ ފަރާތުން އިންނެވި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވި އެވެ.

ދެ ޕާޓީން އަތުގުޅާލައިގެން ތިބީ, ރައީސް ސޯލިހުގެ ވެރިކަން ނިމުމަކަށް ގެނައުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުމަށެވެ. ނަމަވެސް އެކުގައި މަސައްކަތް ކުރައްވާނީ ދެ ޕާޓީން އެއްބަސްވެވޭ ކަންކަމުގައި ކަމަށް ދަނީ ބުނަމުންނެވެ.

ޕީޕީއެމް އާއި ޑިމޮކްރެޓްސްއިން ގުޅިގެން މަސައްކަތްތަކެއް ފަށާފައިވާއިރު, އެ ދެ ޕާޓީން ވެސް ވަނީ އަންނަ ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓަކު ނެރެން ނިންމާފަ އެވެ. އެގޮތުން ޕީޕީއެމުން ރައީސް ޔާމީން ނެރެން ނިންމާފައިވާއިރު, ބެލެވޭ ގޮތުގައި ޑިމޮކްރެޓްސްގެ ކެންޑިޑޭޓަށް ވާނީ ރައީސް ނަޝީދެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox