މަޖިލީހުގެ މަސައްކަތް ރަނގަޅަށް ނުހިނގާ ކަމަށް ބުނެ އެޗްއާރްސީއެމުން ފާޑުކިޔައިފި

އެޗްއާރްސީއެމްގެ ރައީސް މަރިޔަމް މުނާ: ކޮމިޝަނުން ބުނީ މަޖިލީހާ ހެދި ރައްޔިތުންގެ ހައްގުތައް ހޯދަން ހުރަސްއެޅޭ ކަމަށް -- ފޮޓޯ: ކޮމިޝަން

އެޗްއާރްސީއެމްގެ ރައީސް މަރިޔަމް މުނާ: ކޮމިޝަނުން ބުނީ މަޖިލީހާ ހެދި ރައްޔިތުންގެ ހައްގުތައް ހޯދަން ހުރަސްއެޅޭ ކަމަށް -- ފޮޓޯ: ކޮމިޝަން

ރައްޔިތުންގެ މަޖިލިސް ރަނގަޅަށް މަސައްކަތް ނުކުރާތީ ހައްގުތައް ހޯދަން ރައްޔިތުންނަށް ހުރަސްއެޅޭ ކަމަށް ބުނެ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން މިއަދު ފާޑުކިޔައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ދެ ވަނަ ދައުރު ނިންމައި މިއަދު ޗުއްޓީއަށް ދިޔުމުން، އެޗްއާރްސީއެމުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް މަޑުޖެހިފައިވާތީ އެއީ ގާނޫނީ ނިޒާމުގެ ތެރެއިން ހައްގުތައް ކަށަވަރު ކުރަން އެޅޭ ހުރަހެއް ކަމަށެވެ.

"ރައްޔިތުންގެ މަޖިލިސް ފުރިހަމަށް ހިނގަމުންނުދާ ކަމީ މި ކޮމިޝަނުން ނުހަނު ކަންބޮޑުވާ ކަމެއް ކަމުގައި ދަންނަވަން،" އެ ކޮމިޝަނުން ބުނެފައިވެ އެވެ. "ހައްގުތަކާ ގުޅުންހުރި މުހިންމު ބިލުތަކުގެ މަސައްކަތް އެންމެ ފުރިހަމައަށް ކުރިއަށްނުދިޔުމަކީ ގާނޫނީ ނިޒާމުގެ ތެރެއިން ހައްގުތައް ކަށަވަރު ކުރުމަށް އެޅިގެންދާ ހުރަހެއް."

ރައްޔިތުންގެ ހައްގުތަކާ ގުޅޭ ބިލުތަކެއް މަޖިލީހުގައި މަޑުޖެހިފައި އޮތް ކަމަށް އެޗްއާާރްސީއެމުން ބުނި ނަމަވެސް އެއީ ކޮން ބިލުތަކެއްކަން އެ ކޮމިޝަނުގެ ބަޔާނުގައި ނުބުނެ އެވެ.

ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ އެހެން ބާރުތަކާއި ވުޒާރާތައް ޒިންމާދާރު ކުރުވަން ހުރި ގުނަވަން ކަމަށްވާއިރު މަޖިލިސްގެ މަސައްކަތް މަޑުޖެހުމަކީ "އެއް ބާރު އަނެއް ބާރަށް ފާރަވެރިވެ، ޖަވާބުދާރީ ކުރުވުމަށް އޮތް ހުރަހެއް" ކަމަށް ވެސް އެޗްއާރްސީއެމުން ބުނެ އެވެ.

އޭގެ އިތުރުން، އިލެކްޝަންސް ކޮމިޝަނުގެ މެމްބަރެއްގެ ދައުރު ޖުލައި 25، އަށް ހަމަވާތީ މެމްބަރަކު ފާސް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަން ފާސްނުކޮށް ދައުރު ނިންމައި ޗުއްޓީއަށް ދިޔުމުން އެކަމާމެދު ވެސް އެޗްއާރްސީއެމުން ކަންބޮޑުވުން ފާޅު ކުރި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 24 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ދެ ވަނަ ދައުރުގެ ހިނގާނީ ޖޫން މަހުގެ އެންމެ ފަހު ބުރާސްފަތި ދުވަހާ ހަމައަށެވެ. މިއަދަކީ ދެ ވަނަ ދައުރުގެ އެންމެ ފަހު ޖަލްސާ ބާއްވަންޖެހޭ ދުވަހެވެ. އެހެން ނަމަވެސް ދައުރުން ބޭރުން ޖަލްސާ ބޭއްވުމަށް މަޖިލީހުގެ ގަވާއިދު ހުއްދަ ކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox