އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ނުހަދައި ސޮނެވާ ފުށި ރިސޯޓު ހިންގަމުން އަންނަ ރަށުގެ ފަޅުތެރޭގައި މުރަކަ އާލާކުރުމުގެ މަސައްކަތް ފެށުމާއި، ތޮށިބުރިތަކެއް ޖެހި މައްސަލާގައި ބަނީ ހޯލްްޑިންްސް (ބީވީއައި) ޖޫރިމަނާ ކޮށްފި އެވެ.
އެންވަޔަރަމެންޓު ޕްްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނީ ސޮނެވާ ފުށި ރިސޯޓު ހިންގަމުން އަންނަ ރިސޯޓުގެ ފަޅުތެރޭގައި ތޮށިބުރިތަކެއް ޖެހުމާއި، މުރަކަ އާލާކުރުމުގެ މަސައްކަތްް ބަނީ ހޯލްްޑިންސް އިން ކުރިއަށް ގެންްގޮސްފައި ވަނީ އީއައިއޭ ފުރިހަމަ ނުކޮށް ކަމަށެވެ.
މި މައްސަލާަގައި އީޕީއޭ އިން ވަނީ އެކުންފުނި 20،000ރ. އިން ޖޫރިމަނާކޮށް އެ ފައިސާ 30 ދުވަހުގެ މުއްދަަތުގެ ތެރޭގައި ދެއްކުމަށްް އަންްގާފަ އެވެ.
އަދި ސޮނެވާފުށީގެ ފަޅުތެރޭގެ ތޮށިބުރިތަކެއް ޖެހުމާއި މުރަކަ އިންދުމަށް ކޮށްފައިވާ މަސައްކަތުން ތިމާވެއްޓަށް އަސަރުކޮށްފައިވޭތޯ ބެލުމަށް އީއައިއޭގެ ކޮންސަލްޓަންޓެއް މެދުވެރިކޮށްް ވަޒަންކުރުމަށް ފަހު 30 ދުވަހުގެ ތެރޭގައި ރިޕޯޓު ހުށަހެޅުމަށް އަންގާފައި ވެއެވެ.
އީޕީއޭއިންް މީގެ ކުރިންް ވެސް ވަނީ ރިސޯޓު ހިންގާ ބައެއްް ރަށްްރަށުގެ ތިމާވެއްޓަށް ގެއްލުން ލިބޭ ގޮތަށް ބައެއް މަސައްްކަތްތައް ކުރާތީ އެ މައްސަލަތައް ބަލައި ބޮޑެތި އަދަދުތަކުން ބައެއް ކުންފުނިތައްް ޖޫރިމަނާކޮށްފަ އެވެ. އެފައިސާ ނުދީފި ނަމަ ކޯޓަށް މައްސަލަ ހުށަހަޅަ އެވެ.














