ސިއްހީ ދާއިރާ ޑިޖިޓަލައިޒް ކުރަން 56 މިލިއަން ރުފިޔާގެ ސާމާނު ހަވާލުކޮށްފި

ސިއްހީ ދާއިރާ ޑިޖިޓަލައިޒް ކުރަން ބޭނުންވާ ސާމާނު މަރުކަޒުތަކަށް ހަވާލުކުރުން -- ފޮޓޯ: ރައީސް އޮފީސް

ސިއްހީ ދާއިރާ ޑިޖިޓަލައިޒް ކުރަން ބޭނުންވާ ސާމާނު މަރުކަޒުތަކަށް ހަވާލުކުރުން -- ފޮޓޯ: ރައީސް އޮފީސް

ސިއްހީ ދާއިރާ ޑިޖިޓަލައިޒް ކުރަން 56 މިލިއަން ރުފިޔާގެ ތަކެތި ހަވާލުކޮށްފި އެވެ.

ސިއްހީ ދާއިރާ ޑިޖިޓަލައިޒްކޮށް އައިޓީ އިންފްރާންސްޓްރަކްޗާ ހަރުދަނާ ކުރުމަށް ބޭނުންވާ ސާމާނު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި, އެތަކެތި ހަވާލުކުރީ ފަސް ރީޖަނަލް ހޮސްޕިޓަލާއި, 15 އަތޮޅު ހޮސްޕިޓަލް އަދި 163 ސިއްހީ މަރުކަޒަކަށެވެ. ހަވާލުކުރީ 608 ކޮމްޕިއުޓާ ސިސްޓަމާއި, 44 ލެޕްޓޮޕާއި 500 ޓެބްލެޓާއި 551 ޕްރިންޓަރާއި 14 ވީޑިއޯ ކޮންފަރެންސް ސިސްޓަމެވެ.

ދައުލަތުގެ ބަޖެޓުން 56 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ އެ މަޝްރޫއަކީ ރާއްޖޭގައި ހިންގާ އައިސީޓީ ހާޑްވެއާގެ އެންމެ ބޮޑު އެއް މަޝްރޫއު އެވެ.

Advertisement

މިއާއެކު, އެއް ސިސްޓަމަކުން ގުޅާލުމަށް ކުރާ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބި, ފާފު އަތޮޅުގައި ފަށާފައިވާ ޕްރައިމަރީ ހެލްތްކެއާ ޕްރިޖެކްޓު މުޅި ރާއްޖެއަށް ފުޅާކުރެވިގެންދާނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެ އެވެ.

އެ ތަކެތި ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ, މިއަދު ހަވާލުކުރި ސާމާނުތަކަކީ ކުރިމަގުގައި ހިދުމަތަށް ބޭނުންވާ އެހެން ސިސްޓަމްތަކާއި އެޕްލިކޭޝަންތަކަށް ބޭނުންވާނެ ފުރިހަމަ އައިޓީ ޕެކޭޖެއް ކަމަށެވެ. އަދި މިއީ ދުރާލާ ރާވައިގެން ކުރި މަސައްކަތްތަކެއްގެ ނަތީީޖާގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.

"ސިއްހީ ހިދުމަތްތައް އެއް ނެޓްވޯކަކުން ގުޅާލުމުން ރާއްޖޭގެ ކޮންމެ ސިއްހީ މަރުކަޒަކުން ހިދުމަތް ހޯދަން ދިޔަޔަސް، ތިމާގެ ހެލްތު ރެކޯޑް އަދި ޓެސްޓުތަކުގެ ނަތީޖާ ކިހިލިޖަހައިގެން ދާންޖެހުން ނިމުމަކަށް އައިސް، އެމީހާގެ މައުލޫމާތު ކޮންމެ މަރުކަޒަކުން ވެސް ބެލެން ހުރުމަކީ ރައްޔިތުންނަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނޭ ކަމެއް" ސިއްހީ ދާއިރާ ޑިޖިޓަލައިޒް ކުރުމުގެ ފައިދާތައް ފާހަގަކޮށްލަމުން ނަސީމް ވިދާޅުވި އެވެ.

ކަރުދާހާ ވޯކީޓޯކީގެ ޒަމާނުން ޑިޖިޓަލް ޓެކްނޮލޮޖީއާ އާޓިފިޝަލް އިންޓެލިޖެންސާ ހަމައަށް ވަސީލަތްތައް ތަރައްގީވީ ނަމަވެސް ހެޔޮ ބަދުގެނެވޭނީ ދުރު ވިސްނުމާއި އަޒުމާ އެކުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ކުރީގެ ދަތި ހާލުގައި ވެސް އޭރުގެ ސިއްހީ ހިދުމަތްތެރިގެ އަޒުމް ކަމަށްވާ ކޮންމެ ހާލެއްގައިވެސް ކުރަންޖެހޭ މަސައްކަތްތައްކޮށް، ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ދެމެހެއްޓުމުގެ އަޒުމަކީ، ބަލައިގަނެ، އާލާކޮށް ދިރުވަންޖެހޭ އަޒުމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox