މޭޔަރު މުއިއްޒުގެ ކޮއްކޮ، ގާލިބް ޕީޕީއެމުން ވަކިވުމަށް އެދި ހުށަހަޅައިފި

ޑރ. މުއިޒުގެ ދެބެންގެދެދަރި ކޮއްކޮ، އަހުމަދު ގާލިބް (ވ) -- ފޮޓޯ: ސޯޝަލް މީޑިއާ

ޑރ. މުއިޒުގެ ދެބެންގެދެދަރި ކޮއްކޮ، އަހުމަދު ގާލިބް (ވ) -- ފޮޓޯ: ސޯޝަލް މީޑިއާ

ޕާޓީއާ އެކު ކުރިއަށް ދިއުމަސް އެކަށީގެންވާ ފަދަ މާހައުލެއް ނެތް ކަަމަށް ބުނެ މާލެ ސިޓީގެ މޭޔަރު، ޑރ. މުއިއްޒުގެ ދެބެންގެދެދަރި ކޮއްކޮ، އަހުމަދު ގާލިބް ޕީޕީއެމުން ވަކިވުމަށް އެދި އަމިއްލައަށް ހުށަހަޅައިފި އެވެ.

ޕީޕީއެމުން ވަކިވުމަށް އެދި ހުށަހަޅާފައި ވާކަމަށް ގާލިބު ވިދާޅުވީ ސޯޝަލް މީޑިއާގައި މިއަދު ލިޔުނު މެސެޖެއްގަ އެވެ.

"މި ވަގުތު ޕާޓީއާއި އެކު ކުރިއަށް ދިއުމަށް އެކަށީގެންވާ ހާލަތެއް / މާހައުލެއް އަޅުގަނޑަށް ނެތަތީވެ، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ކެލާ ދާއިރާ ރައީސް ކަމުންނާއި، ޕާޓީގެ ސެނެޓުން މިއަދުން ފެށިގެން އިސްތިއުފާ ދިނުމަށްފަހު ޕާޓީން ވަކިވުމަށް އެދި ހުށަޅައިފިން،" ގާލިބުގެ ޓުވީޓުގައި ލިޔެފައިވެ އެވެ.

ގާލިބް އެ ނިންމުން ނިންމި ސީދާ ސަބަބެއް މިހައިތަނަށް އަދި ސާފެއް ނުވެ އެވެ. ނަމަވެސް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ތެރޭގައި ރިޔާސީ ޓިކެޓާ މެދު ހިޔާލުތަފާތުވުން އުފެދި މަސްލަހަތު ގޯސްވެފައިވާ ކަމަށް ވަނީ އަޑުފެތުރިފަ އެވެ.

އެގޮތުން ގާލިބުގެ ބޭބެ، މުއިއްޒަކީ އިދިކޮޅު ކޯލިޝަނުގެ ބައެއް ބޭފުޅުން ތުހުމަތުގެ އިނގިލި ދިއްކުރައްވާ އެއް ބޭފުޅެކެވެ. އެހެނަސް ޑރ. މުއިޒު ވަނީ އެކަން ދޮގު ކުރައްވައި، އެ މަނިކުފާނު ހުންނެވީ ރައީސް ޔާމީންގެ ފަހަތްޕުޅުގައިކަން ލައިވް ޕްރެސް ކޮންފަރެންސެއްގައި ކަށަވަރުކޮށްދެއްވައިފަ އެވެ.

އަހުމަދު ގާލިބު ޕާޓީން ވަކިވުމަށް އެދި ހުށަހެޅިއިރު، އޭނާއަކީ ޕީޕީއެމްގެ ސެނެޓުގައި ވެސް ހިމެނިލައްވާ ބޭފުޅެކެވެ. އޭނާ ވަނީ މީގެ ކުރިން ވަށަފަރު ކައުންސިލުގެ ނައިބު ރައީސްގެ މަގާމު ވެސް ފުރުއްވައިފަ އެވެ. ޕާޓީން ވަކިވުމަށް އެދި ހުށަހެޅުމާ ހަމައަށް އޭނާ ހުންނެވީ އިދިކޮޅު ކޯލިޝަންގެ، ކެލާ ދާއިރާގެ ރައީސްގެ މަގާމުގަ އެވެ. އެ މަގާމަށް އޭނާ އިންތިހާބުވީ މިދިޔަ ނޮވެމްބަރު، 6 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox