މާޒީގެ "ހިތި ތަޖުރިބާ" އާއެކު ގާސިމް އެދެނީ ޖުމްހޫރީ ފިކުރު ތަޖުރިބާ ކޮށްލަން

ރިޔާސީ ޓިކެޓު ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ގާސިމް ވާހަކަ ދައްކަވަނީ-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ރިޔާސީ ޓިކެޓު ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ގާސިމް ވާހަކަ ދައްކަވަނީ-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މާޒީއިން ލިބިދިން ފިލާވަޅުތަކުގެ އަލީގައި، މީގެ ކުރިން ދިވެހިން ތަޖުރިބާ ކޮށްފައި ނުވާ "ޖުމްހޫރީ ފިކުރު" އަށް ތާއީދުކޮށް ދިނުމަށް އެ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ދިވެހި ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފި އެވެ.

ޖޭޕީގެ ރިޔާސީ ޓިކެޓާ ހަވާލުވުމަށް ފަހު ވާހަކަ ދައްކަވަމުން ގާސިމް ވަނީ ފެހި ގާނޫނު އަސާސީއަށް އަމަލު ކުރަން ފެށި ފަހުން ބޭއްވި ރިޔާސީ އިންތިހާބުތަކުގައި ކުރެއްވި ތަޖުރިބާތައް ކުރުކޮށް ހިއްސާކުރައްވައިފަ އެވެ.

އެގޮތުން 2008 އަދި 2013 ވަނަ އަހަރު ވެސް ގިނަ ބައެއްގެ ތާއީދު ލިބުނު ނަމަވެސް، ދެ ވަނަ ބުރަށް ދިއުމުގެ "ނަސީބު" ނުލިބުނު ކަމަށް ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ގިނަ ބައެއްގެ އެދުމާ އެއްގޮތަށް 2008 ގައި އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ނަޝީދު އަދި 2013 ގައި ޕީޕީއެމްގެ ކެންޑިޑޭޓު އަބްދުﷲ ޔާމީނަށް ތާއީދުކޮށް ކާމިޔާބު ކޮށްފައިވާނެ ކަަމަށެވެ. އޭގެ ފަހުން 2018 ގައި ވާދަނުކުރެވޭ ގޮތް ހެދުމުން އެމްޑީޕީއާއެކު ކޯލިޝަން ހެދި ކަން ގާސިމް ފާހަގަކުރެއްވި އެވެ.

އެއިން ކޮންމެ ފަހަރަކު ވެސް ޖޭޕީން ހޯދި ކޯލިޝަނާއެކު ވެރިކަން ކާމިޔާބުކޮށްފައިވާނެ ކަން ފާހަގަކޮށް ގާސިމް ވިދާޅުވީ އެއީ ރައްޔިތުންގެ ހައްގުގައި ނިންމާފައިވާ ނިންމުންތަކެއް ކަމަށެވެ.

ގާސިމް ޓިކެޓާއި ހަވާލުވަނީ --- ފޮޓޯ: އަބްދުالله އިޔާން/އަދަދު
ގާސިމް ޓިކެޓާއި ހަވާލުވަނީ --- ފޮޓޯ: އަބްދުالله އިޔާން/އަދަދު

ގާސިމް ޓިކެޓާއި ހަވާލުވަނީ --- ފޮޓޯ: އަބްދުالله އިޔާން/އަދަދު

"ރައްޔިތުންގެ މުހުތާދުތަކާއި ކަންބޮޑުވުންތަކަށް އެންމެ ރަނގަޅު ހައްލެއް ގެނެސް ދެއްވާނީ އެ ކެންޑިޑޭޓު ކަމަށް ގަބޫލުކުރެވިގެން، އަދި އެގޮތުގެ މަތީން ޝަރުތުކޮށް، އެއްބަސްވުންތައް ވެސް ހަދައިގެން އެގޮތުގެ މަތީން ވައުދުތައް ފުއްދުމުގައި އަޅުގަނޑުމެންގެ ބައިވެރިވުން ބާއްވައި ސިޔާސަތުތައް ތަންފީޒުކުރުމުގެ މަރުހަލާގައި ޖޭޕީގެ ބައިވެރިވުން ވެސް އޮންނަ ގޮތަށް،" ގާސިމް ވިދާޅުވި އެވެ.

"އެއްވެސް ގޮތަކަށް އަޅުގަނޑާއި ޖުމްހޫރީ ޕާޓީއަށް ވަކި މޮޅު ގޮތެއް ހޯދުމަށް ނޫން، ގައުމަށް މޮޅު ގޮތް ހޯދުމަށް،"

އެހެންނަމަވެސް އެއިން ކޮންމެ ބޭފުޅަކު ވެސް ވެރިކަމުގެ އާރާއި ބާރާއި އިއްޒަތް ލިބުމުން، ކަންކަން ބަދަލުވެގެންދާ ކަމަށް ގާސިމް ވިދާޅުވި އެވެ.

"އެކަމުގެ ސަބަބުން މުޅި ގައުމުގެ ހިންގުމުގެ ނިޒާމު ކިލަނބުވެ، އާންމު ދިރިއުޅުން ނިކަމެތިވެ، ގައުމުގައި އޮންނަން ޖެހޭ ހަމަޖެހުމާއި އިންސާފު ގެއްލިގެން ދޭ،" ގާސިމް ވިދާޅުވި އެވެ.

ކޯލިޝަން އެއްބަސްވުމެއް އޮތް ނަމަވެސް، ހުރިހާ ސަރުކާރަކުން ވެސް ކަންކުރި ގޮތަކީ ފެންނަން އޮތް ހަގީގަތެއް ކަމަށާއި ވެރިކަމަށް އާދެވުމަށް ފަހު ކޯލިޝަންގެ އަގެއް ނޯންނަ ކަމަށް ވިދާޅުވެ ގާސިމް ވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

"ނަމަވެސް އެ ސަރުކާރަކަށް ދަތި ނުކޮށް ޖުމްހޫރީ ޕާޓިން އަބަދުވެސް ތިބެނީ ކުރިއެރުން މަޑުޖެހިދާނެތީ، ރައްޔިތުންނަށް އިތުރަށް ދަތިވެދާނެތީ،" މި ސަރުކާރާއެކު އޮތް ކޯލިޝަން ރޫޅާ ނުލައި އޮތް ސަބަބު ގާސިމް ސާފުކޮށްދެއްވި އެވެ.

ކުރީގެ ތަޖުރިބާތައް ހިއްސާކުރައްވަމުން ގާސިމް ވިދާޅުވީ އެމްޑީޕީއާއި ޕީޕީއެމްގެ ވެރިކަން ވެސް ރައްޔިތުން ދެކެފައިވާ ކަމަށާއި ތަޖުރިބާ ނުކުރެވި އޮތީ ޖުމްހޫރީ ފިކުރު ކަމަށެވެ.

"ޓެސްޓު ނުކުރެވި އޮތް ސިޔާސީ ފިކުރަކީ 2008ގެ ފަހުން ވެރިކަމަށް އައި ސަރުކާރުތަކަށް ގެނައުމަށް އެންމެ އެހީވި ޖުމްހޫރީ ފިކުރު،"

ގައުމު މިއަދު އެދެނީ އިސްލާހީ ބޮޑު ބަދަލަކަށް ކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ ވެރިކަން ކުރުމުގެ ތަޖުރިބާއާއި ގާބިިލްކަާމާއި ކެތްތެރިކަން ހުރިކަން ސާބިތުކޮށްދޭނެ ކަމަށެވެ.

"ގައުމަށް ކުރިމަތިވެފައި މިވާ ބޮޑެތި ގޮންޖެހުންތަކުން އަރައިގަތުމަށް، އަދި ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ބިރުވެރިކަމާއި ނުތަނަވަސް ކަމުގެ އަރައިގަތުމަށް އެކަތިގަނޑަކަށްވެ، މި ހާސްކަމުން ގައުމާއި ރައްޔިތުން ސަލާމަތް ކުރުމަށް އަޅުގަނޑަށް ފުރުސަތެއް ދެއްވުން ކީއްތޯ،" ގާސިމް ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ގާސިމް އަދި ޖޭޕީގެ ލީޑާޝިޕް ބައިވެރިވަނީ. މީހުން މަދުވުމުން ޖަލްސާ ފެށުނީ ދޮޅު ގަޑިއިރު ފަހުން ---- ފޮޓޯ: އަބްދުالله އިޔާން/އަދަދު
މިރޭގެ ޖަލްސާގައި ގާސިމް އަދި ޖޭޕީގެ ލީޑާޝިޕް ބައިވެރިވަނީ. މީހުން މަދުވުމުން ޖަލްސާ ފެށުނީ ދޮޅު ގަޑިއިރު ފަހުން ---- ފޮޓޯ: އަބްދުالله އިޔާން/އަދަދު

މިރޭގެ ޖަލްސާގައި ގާސިމް އަދި ޖޭޕީގެ ލީޑާޝިޕް ބައިވެރިވަނީ. މީހުން މަދުވުމުން ޖަލްސާ ފެށުނީ ދޮޅު ގަޑިއިރު ފަހުން ---- ފޮޓޯ: އަބްދުالله އިޔާން/އަދަދު

ގާސިމްގެ ކެމްޕެއިނުގެ ސްލޯގަން އަކީ "ހާސްކަނޑާލާ، ހަމަޖެހޭނެ" އެވެ. އިންތިހާބަށް މެނިފެސްޓޯ މިހާރު އެކުލަވާލާފައިވާއިރު ބައެއް ކަންކަން އޭނާ ވަނީ މިރޭ ހިއްސާ ކުރައްވައިފަ އެވެ.

އެގޮތުން, ތަފާތު އެކި ދާއިރާތަކާއި ގައުމުގައި މިހާރު ހުރި ބޮޑެތި މައްސަލަތައް ހައްލު ކޮށްދޭނެ ކަމަށް ހިމަނާފައިވާއިރު ބައެއް ބޮޑެތި ކަންކަން ވެސް ހިމަނާފައިވެ އެވެ. އެގޮތުން, ފަސް އަހަރު ތެރޭގައި 30،000 ހައުސިން ޔުނިޓު އެޅުމާއި ދައުލަތު ދަރަނި ފުރަތަމަ ތިން އަހަރު ތެރޭގައި 90 ޕަސެންޓަށް ތިރިކުރުމާއި ޑިޖިޓަލް ކަރަންސީ ބޭނުން ކުރެވޭ ގޮތާއި އޮފްޝޯ އަދި އިންވެސްޓްމެންޓް ބޭންކުގެ ހިދުމަތް ވެސް ދޭނެ ކަމަށް ވިދާޅުވި އެވެ.

އޭގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއެރުވުމަށް ތިން ބިލިއަން ރުފިޔާ ހޭދަކޮށް ފަސް އަހަރު ތެރޭގައި 100 މިލިޔަނަރުން އުފައްދާނެ ކަމަށާއި އުމުރުން ދުވަސްވީ މީހުންގެ އެލަަވަންސް 7,000ރ. އަށް ބޮޑުކުރާނެ ކަމަށް ވެސް ގާސިމް ވައުދުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox