ދިފާއުވުމަށް ހާޒިރުވުމުން ބަންޑާރަ ނައިބުގެ އިމްތިޔާޒުގެ މައްސަލައެއް ޕީޕީއެމުން ހުށަހަޅައިފި

މެމްބަރު ހުސެއިން މުހައްމަދު: އޭޖީގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު ވެސް އަދި ކުރިއަށްގެންދެވޭ ގޮތެއް ނުވޭ -- ފޮޓޯ: މަޖިލިސް

މެމްބަރު ހުސެއިން މުހައްމަދު: އޭޖީގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު ވެސް އަދި ކުރިއަށްގެންދެވޭ ގޮތެއް ނުވޭ -- ފޮޓޯ: މަޖިލިސް

ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ދިފާއުވެވަޑައިގަތުމަށް އޭނާ މިއަދު މަޖިލީހަށް ހާޒިރުވުމުން މަޖިލީހުގެ އިމްތިޔާޒު ނަގާލާފައިވާ ކަމަށް ބުނެ އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން މައްސަލައެއް ހުށަހަޅައިފި އެވެ.

ޕީޕީއެމްގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފު ހުށަހެޅުއްވި މައްސަލަ ބަހުސް ކުރަން ފެނޭތޯ ވޯޓަށް އެހުމުން އެ މައްސަލައާ އެއްކޮޅަށް ވޯޓު ދިނީ 20 މެމްބަރުންނެވެ. އެއާ ދޮކަޅަށް 48 މެމްބަރުން ވޯޓު ދެއްވި އެވެ. އެހެންކަމުން އިމްތިޔާޒުގެ މައްސަލަ ބަހުސް ކުރަން ފާހެއްނުވި އެވެ.

"ބަންޑާރަ ނައިބުގެ މަސައްކަތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން އެ ފަރާތާ ސުވާލުކޮށް ޖަވާބު ހޯދިދާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ދޭހެވާ މެރުމުން އިބާރާތްކޮށްފައިވާ ކަމީ މުޅި މަޖިލީހަށް ކޮށްފައިވާ މަލާމާތެއް ކަމުގައި ދެކެން. އަދި ދައުލަތުގެ ބަންޑާރަ ނައިބު އެހެން ދެކުމަކީ އޭގައި ވަރަށް ބޮޑު ކަންބޮޑުވުންތަކެއް ހުރި ކަމެއް ކަމުގައި ވެސް ދެކެން،" އިތުބާރު ނެތްކަމުގެ މައްސަލައިގައި ފުރަތަމަ ލިޔުމުން ދިފާއުވެވަޑައިގެން ރިފްއަތު ފޮނުއްވި ލިޔުމަށް އިޝާރާތް ކުރައްވަމުން ހުސެއިން މުހައްމަދު ވިދާޅުވި އެވެ.

ރިފްއަތުގެ އިމްތިޔާޒުގެ މައްސަލައިގައި މެމްބަރުން ވޯޓު ދެއްވި ގޮތް: ބަހުސް ކުރަން ފާސްނުވި ނަމަވެސް އެ މައްސަލަ ކޮމެޓީއަށް ފޮނުއްވާނެ ކަމަށް ރިޔާސަތުން ނަޝީދު ވިދާޅުވި -- ފޮޓޯ: ސްކްރީން ކެޕްޗާ
ރިފްއަތުގެ އިމްތިޔާޒުގެ މައްސަލައިގައި މެމްބަރުން ވޯޓު ދެއްވި ގޮތް: ބަހުސް ކުރަން ފާސްނުވި ނަމަވެސް އެ މައްސަލަ ކޮމެޓީއަށް ފޮނުއްވާނެ ކަމަށް ރިޔާސަތުން ނަޝީދު ވިދާޅުވި -- ފޮޓޯ: ސްކްރީން ކެޕްޗާ

ރިފްއަތުގެ އިމްތިޔާޒުގެ މައްސަލައިގައި މެމްބަރުން ވޯޓު ދެއްވި ގޮތް: ބަހުސް ކުރަން ފާސްނުވި ނަމަވެސް އެ މައްސަލަ ކޮމެޓީއަށް ފޮނުއްވާނެ ކަމަށް ރިޔާސަތުން ނަޝީދު ވިދާޅުވި -- ފޮޓޯ: ސްކްރީން ކެޕްޗާ

އެކަމަކު އެ މައްސަލަ ކޮމެޓީއަށް ވެސް ފޮނުވަން މެމްބަރު ހުސެއިން ލަތީފު އެދިވަޑައިގަނެފައި އޮތުމުން އެ މައްސަލަ އިމްތިޔާޒުގެ ކޮމެޓީއަށް ފޮނުއްވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ. އެކަމަކު، ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ 12 މެމްބަރަކު އެ ޕާޓީން ވަކިވި ފަހުން އިމްތިޔާޒުގެ ކޮމެޓީ އޮތީ އަދި އަލުން އެކުލަވައިނުލެވި އެވެ.

މެމްބަރު ހުސެއިން މުހައްމަދު ހުށަހެޅުއްވި އިމްތިޔާޒުގެ މައްސަލައަށް ބަހުސް ކުރަން ފާސްނުވި ނަމަވެސް އެފަދަ މައްސަލައެއް ހުށަހެޅިއްޖެ ނަމަ އެކަމަށް ގޮތެއް ނުނިންމައި ކުރިއަށް ނުދެވޭނެ ކަމަށް އިދިކޮޅު ބައެއް މެމްބަރުން ވިދާޅުވި އެވެ. އެކަމަކު ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުން ވިދާޅުވީ އެ މައްސަލަ ކޮމެޓީއަށް ނުފޮނުވޭނެ ކަމަށެވެ. މެމްބަރުން ދަނީ އަދިވެސް އެ މައުލޫގައި ބަހުސް ކުރަމުންނެވެ.

އިތުބާރު ނެތްކަމުގެ މައްސަލައިން ދިފާއުވެވަޑައިގަތުމަށް އިއްޔެ މަޖިލީހަށް ވަޑައިގެން ރިފްއަތު ވިދާޅުވީ އޭނާ މަޖިލީހަށް ހާޒިރުވީ އަމިއްލައަށް ދިފާއުވެވަޑައިގަތުމަށް ކަމަށާއި އެއްގޮތަކަށް ވެސް އެއީ ވަޒީރަކާ ސުވާލު ކުރުމުގެ އުސޫލުން ގެންދާ އިޖުރާއަތެއް ނޫން ކަމަށެވެ.

"ގާނޫނުއަސާސީގެ 101 ވަނަ މާއްދާގެ ހ. ގައި ބުނަނީ ސަބަބު ބަޔާންކޮށްގެން މެނުވީ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަނޭޅޭނެ ކަމަށް. އަޅުގަނޑު ވަކާލާތުކުރި ގޮތާ މެދު މަޖިލީހުގެ ރައީސާއި 13 މެމްބަރުންގެ ހިތަށް ފެންނަ ގޮތަކީ ގާނޫނުއަސާސީގައި ބުނާ ސަބަބެއް ނޫން،" ބަންޑާރަ ނައިބު ވިދާޅުވި އެވެ.

ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް އިދިކޮޅު ޕީޕީއެމުން ހުށަހެޅީ ރާއްޖޭގެ ދެކުނުން އީއީޒެޑް ބައިނަލް އަގްވާމީ ކޯޓުން ކަނޑައެޅިއިރު، ދައުލަތަށް ގެއްލުންވާ ގޮތަށް އެ މައްސަލައިގައި ވަކާލާތުކޮށްފައިވާ ކަމަށް ބުނެ އެވެ.

އިތުބާރު ނެތްކަމުގެ މައްސަލައިގައި ދިފާއުވުމަށް އިއްޔެ ހާޒިރުވުމުން ވެސް އެ މައްސަލަ ކުރިއަށްގެންދެވޭ ގޮތެއްނުވި އެވެ. އެ މައްސަލަ ކުރިއަށް ނުގެންދެވުނީ އޭޖީގެ ވާހަތައް ކުރިއަށްދަނިކޮށް މެމްބަރުން ނިޒާމީ ނުކުތާ ނަގާތީ އެވެ. ނިޒާމީ ނުކުތާ ނެގުމަށް މެމްބަރުން އެދުނު ގިނަ ފުރުސަތުތަކަށް ރިޔާސަތުން ފުރުސަތު ދިނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox