ވަކީލުންގެ ޓީމެއް މެދުވެރިކޮށް ދިފާއުވުމަށް ރިފްއަތަށް ފުރުސަތެއް ނުދިން

ބަންޑާރަ ނައިބާއި މަޖިލީހުގެ ރައީސް ރިފްއަތު: މަޖިލީހުގެ އިދާރާއިން ނިންމެވީ ރިފްއަތު ކައިރި އިނދެވޭނީ އެންމެ ވަކީލަކަށް ކަމަށް -- ފޮޓޯ: ފައިލް

ބަންޑާރަ ނައިބާއި މަޖިލީހުގެ ރައީސް ރިފްއަތު: މަޖިލީހުގެ އިދާރާއިން ނިންމެވީ ރިފްއަތު ކައިރި އިނދެވޭނީ އެންމެ ވަކީލަކަށް ކަމަށް -- ފޮޓޯ: ފައިލް

ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމަށް ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގެ ބަހުސްގެ ތެރެެއިން ވަކީލުންގެ ޓީމެއްގެ އެހީހާއެކު ދިފާއުވުމުގެ ފުރުސަތު ދޭން މަޖިލީހުގެ އިދާރާއިން ދެކޮޅު ހަދައިފި އެވެ.

ޗާގޯސްއާ ދިމާލުން ރާއްޖޭގެ އިން ކަނޑައެޅި މައްްސަލައިގައި ބަންޑާރަ ނައިބު އަމަލުކޮށްފައިވާ ގޮތުން އިތުބާރު ގެއްލިފައިވާ ކަމަށް ބުނެ އިދިކޮޅުން ހުށަހެޅި މައްސަލައިގައި ދިފާއުވުމަށް ރިފްއަތު ބޭނުންވެވަޑައިގެންނެވީ އޭޖީ އޮފީހުގެ ތިން ވަކީލުން ހިމެނޭ ޓީމެއްގެ އެހީހާއެކު އެވެ.

އެކަމަކު، މަޖިލީހުގެ އިދާރާއިން އެންގީ ރިފްއަތާއެކު މަޖިލީހަށް ހާޒިރުވެވޭނީ ދެ މީހަކަށް ކަމަށެވެ. އަދި އޭގެ ތެރެއިން ރިފްއަތަށް އެހީތެރިވެދިނުމަށް ކައިރީގައި އިނދެވޭނީ އެއް ވަކީލަށް ކަމަށާއި ދެން ހާޒިރުވި ވަކީލު އިންނަންޖެހޭނީ ދުރުގައި ކަމަށް މަޖިލީހުން ވަނީ އަންގައިފަ އެވެ.

އިތުބާރު ނެތް ކަމަށް ހުށަހަޅާފައި އޮތް މައްސަލައިގައި ދިފާއުވުމަށް މިއަދު ރިފްއަތު ވަޑައިގެން އިންނެވި ނަމަވެސް އިދިކޮޅު މެމްބަރުން ދަނީ އެޖެންޑާގައިވާ މަސައްކަތް ކުރިއަށް ގެންދިއުމަށް ހުރަސް އަޅަމުންނެވެ. އެގޮތުން, ބައެއް މެމްބަރުން ތެދުވެ ރިޔާސަތުގެ މޭޒު ކައިރިއަށް ގޮސް ހަޅޭއްލެވި އެވެ. އަދިވެސް އަސްލު މައްސަލަ ހިންގޭ ގޮތެއް ނުވެ އެވެ.

އެ މައްސަލައިގައި ރިފްއަތު އެންމެ ފުރަތަމަ މަޖިލީހަށް ޖަވާބު ދެއްވީ ލިޔުމަކުންނެވެ. އެކަމަކު، އެ ޖަލްސާ ކުރިއަށް ނުގެންގޮސް ރިޔާސަތުން މެދުކަނޑާލީ އެވެ. ގާނޫނު ހަދާ މަޖިލީހަށް ހާޒިރުވެ ދިފާއުވެވަޑައިގަތުމުގެ ފުރުސަތުގެ ބޭނުން ހިއްޕަވާނެ ކަމަށް ރިފްއަތު ވިދާޅުވީ އޭގެ ފަހުންނެވެ.

ވަޒީރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅުމުން އަމަލު ކުރާނެ ގޮތުގެ އިޖުރާއަތުތައް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ސާފުކޮށް ބުނެފައެއް ނުވެ އެވެ. މަޖިލީހުން އެކި ފަހަރު އަމަލުކޮށްފައި ވަނީ އެކި ގޮތަށެވެ.

އެގޮތުން، ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް 2009 ވަނަ އަހަރު މަޖިލީހަށް ވެއްދުމުން އޭނާ ދިފާއުވެވަޑައިގެންނެވުމަށް ފަސް މެމްބަރުން ހިމެނޭ ގާނޫނީ ވަކީލުންގެ ޓީމަކަށް ފުރުސަތު ދިނެވެ. އެއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް އިންނެވީ މިހާރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox