މާލެ ސަރަހައްދަށް ހާއްސަކޮށް ހެދި އެމަޖެންސީ އިންޖީނުގޭގެ މަސައްކަތް ނިންމާލައިފި

ސްޓެލްކޯއިން ހުޅުމާލޭގައި ގާއިމްކުރި އިމަޖެންސީ ޕަވާޕްލާންޓު؛ މިތަނުގެ ބޭނުންކުރާނީ ކެޕޭސިޓީއަށްވުރެ އިތުރަށް ކަރަންޓު ބޭނުން ކުރަން ޖެހިއްޖެ ނަމަ ނުވަތަ އިމަޖެންސީ ހާލަތެއްގައި ކަމަށް ސްޓެލްކޯއިން ބުނި --  ފޮޓޯ: ސްޓެލްކޯ

ސްޓެލްކޯއިން ހުޅުމާލޭގައި ގާއިމްކުރި އިމަޖެންސީ ޕަވާޕްލާންޓު؛ މިތަނުގެ ބޭނުންކުރާނީ ކެޕޭސިޓީއަށްވުރެ އިތުރަށް ކަރަންޓު ބޭނުން ކުރަން ޖެހިއްޖެ ނަމަ ނުވަތަ އިމަޖެންސީ ހާލަތެއްގައި ކަމަށް ސްޓެލްކޯއިން ބުނި -- ފޮޓޯ: ސްޓެލްކޯ

ވެރިކަން ހިންގާ މާލޭ ސަރަހައްދަށް ކަރަންޓު ފޯރުކޮށްދިނުމުގައި މައްސަލައެއް ދިމާވެއްޖެ ހާލަތެއްގައި ބޭނުން ކުރުމަށް ހެދި އެމަޖެންސީ އިންޖީނުގޭގެ މަސައްކަތް ނިންމާލައިފި އެވެ.

އެ އިންޖީނުގެ ހެދީ ހުޅުމާލޭ ބާ އިންޖީނު ގޭގަ އެވެ. އެ ޕަވާޕްލާންޓަކީ 20.2 މެގަވޮޓު ކެޕޭސިޓީގެ ޕަވާޕްލާންޓެއް ކަމަށް ސްޓެލްކޯއިން ބުނެ އެވެ.

ކުއްލި ހާލަތްތަކުގައި ބޭނުން ކުރުމަށް ހާއްސަކޮށްގެން ހެދި އިންޖީނުގޭގެ ސަބަބުން މައްސަލައެއް ދިމާވި ނަމަވެސް ހުއްޓުމެއް ނެތި ކަރަންޓު ފޯރުކޮށްދެވޭނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވި އެވެ.

"މިހާރު ހުރި ތިން ޕަވަޕްލާންޓުގެ ކެޕޭސިޓީއަށްވުރެ އިތުރަށް ކަރަންޓު ބޭނުންވާ ނަމަ ނުވަތަ އެމެޖެންސީއެއް ދިމާވެއްޖެ ނަމަ އަޅުގަނޑުމެން މި ޕަވަޕްލާންޓުގެ ބޭނުން ހިފާނީ. އެމެޖެންސީއޭ މި ދެންނެވީ އިންޖީނެއް ހުއްޓި، މެއިންޓެނަންސަށް ނަގާ އިންޖީނުތަކަށް ފޫބެއްދުމަށް ވެސް އަޅުގަނޑުމެން މި ޕަވާޕްލާންޓުގެ ބޭނުން ހިފާނެ،" ޝަރީފް ވިދާޅުވި އެވެ.

ހުޅުމާލޭގައި ގާއިމްކުރި އެމެޖެންސީ ޕަވާޕްލާންޓުގެ މަސައްްކަތް ނިންމާލީ އެއް މަސް ދުވަހުން ކަމަށް އެކުންފުނިން ބުނެ އެވެ.

"މިތާ އެތެރޭގައި ހުންނާނީ 10 އިންޖީނު. އޭގެ އިތުރަށް ކޮންޓޭނަރައިޒްޑް ހަތަރު އިންޖީނު އެބަހުރި. އަދި އަލަށް ގެނެސްފަ ހުރި ތިން އިންޖީނު އިންސްޓޯލްކުރުމުގެ މަސައްްކަތް ކުރަމުން ދަނީ،" ޝަރީފް ވިދާޅުވި އެވެ.

ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވަނީ އާންމުކޮށް ހޫނު ދުވަސްދުވަހު ކަމަށް ސްޓެލްކޯއިން ބުނެ އެވެ. ހޫނު ދުވަހަކު މާލެ ސަރަހައްދުގައި 90 މެގަވޮޓާާ ހަމައަށް ކަރަންޓު ބޭނުންކުރާ ކަމަށާއި ވިއްސާރަ ދުވަހެއް ވިޔަސް ކަރަންޓު ބޭނުން ކުރާ މިންވަރު 65 މެގަވޮޓަށްވުރެ ދަށް ނުވާ ކަމަށް ސްޓެލްކޯއިން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox