ގަން އެއާޕޯޓު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއު، ރައީސް ފައްޓަވައިދެއްވައިފި

ގަން އިންޓަނޭޝަނަލް އެއާޕޯޓު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއު ރައީސް އިބްރާހިމް މުހައްމަދު ފައްޓަވައިދެއްވަނީ -- ފޮޓޯ: ރައީސް އޮފީސް

ގަން އިންޓަނޭޝަނަލް އެއާޕޯޓު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއު ރައީސް އިބްރާހިމް މުހައްމަދު ފައްޓަވައިދެއްވަނީ -- ފޮޓޯ: ރައީސް އޮފީސް

އައްޑޫ ގަން އިންޓަނޭޝަލް އެއާޕޯޓު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއު، އެ އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ފައްޓަވައިދެއްވައިފި އެވެ.

އިންޑިއަން އެގްޒިމް ބޭންކުގެ ލޯނު އެހީގެ ދަށުން ހިންގާ މި މަޝްރޫއު ސަރުކާރުން ހަވާލުކޮށްފައި ވަނީ އިންޑިއާގެ ރިނާޓަސް ކުންފުންޏާ އެވެ. މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ބޭފުޅުންނާއި އިންޑިއާގެ ހައި ކޮމިޝަނަރު މުނޫ މަހާވަރު ބައިވެރިވެވަޑައިގެންނެވި އެވެ.

ސަރުކާރުން 29.7 މިލިއަން ޑޮލަރު ހަރަދުކުރާ މި މަޝްރޫއުގެ ދަށުން އެއާޕޯޓު ތަރައްގީ ކުރަން ހަމަޖެހިފައި ވަނީ އަހަރަކު 1.5 މިލިއަން ޕަސިންޖަރުންނަށް ހިދުމަތްދެވޭ ގޮތަށެވެ. އޭގެ އިތުރުން، އެއާޕޯޓުގެ އެހެނިހެން ވަސީލަތްތައް ވެސް ގާއިމްކުރާނެ އެވެ.

އޭގެ ތެރޭގައި، ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި ލައުންޖްތަކާއި އެހެނިހެން ވަސީލަތްތައް ހިމެނިގެންދާނެ ކަމަށާއި އޭގެ އިތުރުން ކޯލްޑް ސްޓޯރޭޖަކާއެކު ކާގޯ ވަސީލަތްތަކާއި، ކޮންޓްރޯލް ޓަވަރު އަދި ފަޔާ ސްޓޭޝަނާއި، މަގު ތަކާއި ޕާކިން ސަރަހައްދުތައް ގަން އިންޓަނޭޝަނަލް އެއާޕޯޓްގައި ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ސަރަހައްދީ އިގްތިސާދީ ނާރެހެއްގެ ގޮތުގައި އައްޑޫ ސިޓީ ތަރައްގީކުރުމަކީ މުޅި ރާއްޖޭގެ ތަރައްގީ ބޭނުން ނަމަ ކޮންމެހެން ކުރަން ޖެހޭ ކަމެއް. އަޅުގަނޑުމެން މިކުރަނީ އެ މަސައްކަތް. މިދެންނެވި މަގްސަދު ހާސިލު ކުރުމަށްޓަކާ ކުރަންޖެހޭ ކަންކަމުގެ ލިސްޓްގެ ނަމްބަރު އެކެއް ގައިވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓް،" ރައީސް ވިދާޅުވި އެވެ،

މަޝްރޫއު ފައްޓަވައިދެއްވުމަށް ފަހު، ރައީސް ސޯލިހު ވިދާޅުވީ، ގަަމަކީ އިންޑިއާ ކަނޑުގެ ދެކުނުގައި ވަނިކޮށް ބަޔަކަށް ފެންނާނެ އިސްތިރާޖީ ގޮތުން އެންމެ މުހިންމު އެއް ތަން ކަމަށެވެ. އިނގިރޭސިން ވެސް ގަން ބޭނުންވީ އެހެންވެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް މިއަދު ވިދާޅުވީ، އައްޑޫއިން އިނގިރޭސީން ފޭބި ދުވަހުން ފެށިގެން އައްޑޫ ދިޔައީ ފަހަތަށް ކަމަށެވެ. އެތަނުގައި ހުރި އެންމެ ޒަމާނީ އާލާތްތައް އައްޑޫއިން ބޭލިކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، އޭރު އޮތް ބިނާގެ މައްޗަށް ތެދުވެރިކަމާއެކު އައްޑޫ ތަރައްގީ ކުރި ނަމަ 66 އަހަރު ފަހުން މިއަދު، އެ ރަސްމިއްޔާތު ބާއްވަން ވެސް ނުޖެހުނީސް ކަމަށެވެ.

މުޅި ރާއްޖެ ތަރައްގީ ކުރަން ބޭނުން ނަމަ ކޮންމެހެން ވެސް ގަން އެއާޕޯޓު ތަރައްގީ ކުރަން ޖެހޭ ކަމަށް ވެސް ރައީސް މިއަދު ވިދާޅުވި އެވެ. އަދި ރާއްޖޭގެ އިގްތިސާދު 10 އަހަރުން ދެގުނަ ކުރުމަށް، އައްޑޫގައި ކުރިއަށްގެންދާ މަޝްރޫއުތަކުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ.

"ސަރަހައްދީ އިގްތިސާދީ ނާރެހެއްގެ ގޮތުގައި އައްޑޫ ސިޓީ ތަރައްގީކުރުމަކީ މުޅި ރާއްޖޭގެ ތަރައްގީ ބޭނުން ނަމަ ކޮންމެހެން ކުރަން ޖެހޭ ކަމެއް. އަޅުގަނޑުމެން މިކުރަނީ އެ މަސައްކަތް. މިދެންނެވި މަގްސަދު ހާސިލު ކުރުމަށްޓަކާ ކުރަންޖެހޭ ކަންކަމުގެ ލިސްޓްގެ ނަމްބަރު އެކެއް ގައިވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓް،" ރައީސް ވިދާޅުވި އެވެ.

އިގްތިސޯދީ ހުރިހާ ބުރު އެކުއެކީ އެނބުރިގެން ނޫނީ ނަތީޖާއެއް ނުހޯދޭނެ ކަމަށް ވިދާޅުވެ، މި މަޝްރޫއާއެކުއެކީގައި ކުރިއަށްދާ އެހެނިހެން މަސައްކަތްތައް ވެސް އެމަނިކުފާނު ކިޔައިދެއްވި އެވެ.

އެގޮތުން، އައްޑޫގެ ބޮޑު ކަންނެލި އެކްސްޕޯޓު ކުރުމަށް މާލެއަށް ކުރަން ޖެހޭ ދަތުރުތަކަށް އެއާޕޯޓު ތަރައްގީކޮށް ނިމުމުން ފައިދާތަކެއް ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއާއި އެއާޕޯޓުގައި ގާއިމްކުރާ ކޯލްޑް ސްޓޯރޭޖް ކާގޯ ފެސިލިޓީގެ ހިދުމަތް ނިމުމުން މަސައްކަތުގެ ހަރަދު ކުޑަވެ، އަގު އަވަހަށް ލިބޭނެ ކަމަށް ވިދާޅުވި އެވެ.

އައްޑޫގައި ހުރި ބްރައިން ފްރީޒިން ކެޕޭސިޓީ ވެސް ދެގުނަ އިތުރުކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން މިހާރު 50 މެޓްރިކް ޓަނުގެ ކެޕޭސިޓީ ހުރި އިރު، ކެޕޭސިޓީ 100 މެޓްރިކް ޓަނަށް އިތުރުކުރާނެ ކަމަށް ވިދާޅުވިި އެވެ. އަދި އޯގަސްޓު މަހުގެ ތެރޭގައި މިފްކޯގެ މަސްބަނދަރުގެ މަސައްކަތް ނިމި ބޭނުންކުރަން ފެށޭވަރު ކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

އޭގެ އިތުރުން، އެއާޕޯޓުގެ މަޝްރޫއު ކުރިއަށްގެންދަނީ އައްޑޫގެ ބިން އިތުރުކޮށް، މަގުތައް ހަދާ، ފަތުރުވެރި ކަމަށް އިތުރު ރަށްތައް އުފައްދުމާ އެކުއެކީގައި ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މުޅި ރާއްޖޭގައި އެކީ އެއްފަހަރާ ހިންގަން ޖެހޭ މަޝްރޫއުތައް ނުހިންގައި ފަރުޖެހޭކަށް ނެތް ކަމަށެވެ. އެއްގަމާއި ކަނޑާއި ވައިގެ ވިއުގައަކުން ރާއްޖެ ގަތާލެވިގެން ނޫނީ އުފާވެރި ހަމަޖެހޭ ދިރިއުޅުމެއް ނުލިބޭނެ ކަމަށް ވިދާޅުވި އެވެ.

އެގޮތުން، ރ. އަތޮޅުގައި ސަރުކާރުން އަޅަން ނިންމާފައިވާ އެއާޕޯޓު އަޅާނީ އެ އަތޮޅު ބެރިޔަންފަރުގައި ކަމަށް އެމަނިކުފާނު މިއަދު ހާމަކުރެއްވި އެވެ.

"ހިފަހައްޓަން ޖެހޭ ތަނެއްގައި ނޭވާ ހިފަހައްޓާފައި ނަމަވެސް، މިވަގުތު މި މަސައްކަތްތައް މުޅި ރާއްޖޭގައި ކުރުމުން އެކަމުގެ މަންފާ އަންނަން އޮތް ޖީލުތަކަށް ކުރާނެ. ހަމަހަމަ ހައްގުތަކާއި މިން ހަމަ އުފާވެރި ދިިރިއުޅުން ކޮންމެ ދިވެހި ރައްޔިތަކަށް މާދަމާ ލިބޭނީ މިއަދު މިކުރާ މަސައްކަތް މިގޮތަށްކޮށްގެން،" ރައީސް ވިދާޅުވި އެވެ.

ފަސްފަހަތް

ގަން އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއަކީ އިގްތިސާދީ މައި ހަބެއްގެ ގޮތުގައި އައްޑޫ ތަރައްގީ ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ހިންގަން ހަމަޖެހިފައިވާ މަޝްރޫއުތަކުގެ ތެރެއިން އެންމެ މުހިންމު އެއް މަޝްރޫއު ކަމަށް ސަރުކާރުން ބުނެ އެވެ. މި މަޝްރޫއު ނިމުމުން ރާއްޖޭގެ ދެކުނު މުޅި ދުނިޔެއާ ގުޅުވާލާ ނާރެހަށް މި އެއާޕޯޓު ވެގެންދާނެ ކަމަށް ވެސް ބުނެ އެވެ.

ސަރުކާރުން ބުނާ ގޮތުގައި މިކަމުގެ ސަބަބުން އައްޑޫގެ އިގްތިސާދު ވަރުގަދެވެ، އިތުރު ސިނާއަތްތައް ވެސް ކުރިއަރުވަން ފުރުސަތު ލިބިގެންދާނެ އެވެ. އޭގެ އިތުރުން، ގަމަށް ބޭރުން ސީދާ ފްލައިޓުތައް ޖައްސަނަ ފެށުމުން، ހާއްސަކޮށް އައްޑޫގެ ގެސްޓްހައުސްތަކަށާއި ރިސޯޓުތަކަށާއި ސިޓީ ހޮޓާތައް އިތުރުކުރުމަށް ފުރުސަތު ހުޅުވިގެންދާނެ އެވެ.

މި މަޝްރޫއު ނިމެންވާއިރަށް، އައްޑުއަށް ޓޫރިސްޓު އެނދުތައް އިތުރުކުރުމަށް ސަރުކާރުން ދަނީ އިތުރު މަޝްރޫއުތަކެއް ވެސް ހިންގަމުންނެވެ. މިހާރު ފަށާފައިވާ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން، ރިސޯޓު ހަދަން މުޅިން އަލަށް އައްޑޫއިން ރަށްތަކެއް ހިއްކަމުންދާއިރު، އައްޑޫ ހަންކެޑޭގައި ވެސް ޓޫރިޒަމަށް ތަރައްގީ ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ޓޫރިޒަމަށް ދޫކޮށްފައިވާ ބިންތަކުގައި ގެސްޓްހައުސް އަޅައިދިނުމަށް ލޯނު ދޫކުރުމަށް ވެސް ނިންމާފައިވާއިރު، މި ހުރިހާ ކަމެއް ނިމުމުން ގާތްގަނޑަކަށް 7000 އެނދު އުފެއްދޭނެ ކަމަށް ލަފާ ކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox