ސެނެޓަރުންގެ މައްސަލަ ބަލާ ވާހަކަ ދޮގުކޮށްފި، ޕީޕީއެމްގެ ލީޑާޝިޕުން ދިނީ ތަސައްލީއެއް

ޕީޕީއެމުން ބޭއްވި "ހޯޕް ކޮންފެރެންސް" ގައި ލީޑާޝިޕްގެ ބައެއް ބޭފުޅުން: ސެނެޓަރުންގެ މެދުގައި އުފެދުނު ހިޔާލުތަފާތުވުންތަކާ ގުޅިގެން މައްސަލައެއް ބަލާފައިނުވާނެ ކަމަށް ބުނެފި - ފޮޓޯ:

ޕީޕީއެމުން ބޭއްވި "ހޯޕް ކޮންފެރެންސް" ގައި ލީޑާޝިޕްގެ ބައެއް ބޭފުޅުން: ސެނެޓަރުންގެ މެދުގައި އުފެދުނު ހިޔާލުތަފާތުވުންތަކާ ގުޅިގެން މައްސަލައެއް ބަލާފައިނުވާނެ ކަމަށް ބުނެފި - ފޮޓޯ:

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ގާތްވަމުން އަންނަ އިރު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިިނިވަންވާނެ ކަމަށް ދެކިގެން ތިބޭތީ ހިތްހަމަނުޖެހުން ފާޅުކުރި ބައެއް ސެނެޓަރުންގެ މައްސަލަ ބަލަމުންދާ ކަމަށް ދެކެވޭ ވާހަކަތައް ލީޑާޝިޕުން ދޮގުކޮށްފި އެވެ.

ސެޕްޓެމްބަރު 9، ގައި އޮންނަ އިންތިހާބަށް ބާކީ 98 ދުވަސް އޮތް އިރު ޔާމީން ހުންނެވީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަން މާފުށީ ޖަލުގަ އެވެ. ޖަލު ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވީ ނަމަވެސް މައްސަލަ ނުފަށަ އެވެ. އަދި, ކްރިމިނަލް ކޯޓުގައި އިތުރު ދައުވާތަކެއްގެ މައްސަލަ ދަނީ ބަލަމުންނެވެ.

ރައީސް ޔާމީން މިނިވަންވާނެ ކަމަށް ދެކިގެން ލީޑާޝިޕް ހިމޭންކޮށް އޮތް ކަމަށް ބުނެ ޕީޕީއެމްގެ އެތެރޭގެ ސޯޝަލް މީޑިއާ ބައެއް ގްރޫޕްތަކުގައި ޖޮއިންޓު ސެނެޓުގެ ބައެއް މެންބަރުން ނުރުހުން ފާޅުކޮށް ހިޔާލުފާޅުކޮށްފައިވެ އެވެ.

Advertisement

އެތެރޭގެ ހިޔާލު ކަފިވުން ބޮޑުވެފައިވަނިކޮށް ސެނެޓުގެ ހަ މެންބަރަކާއި ލީޑާޝިޕްގެ ތިން ބޭފުޅަކު ވަނީ ބައްދަލުކުރައްވައިފަ އެވެ. އެއީ ޖޮއިންޓު ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުލްރަހީމް އަބްދުﷲގެ އިތުރުން، ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމާއި، ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އެވެ.

އެ ބައްދަލުވުންތަކާ ގުޅުވައި ހަ މެންބަރުންގެ ސުލޫކީ މައްސަލައެއް ބަލަން ފެށި ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކުރި ނަމަވެސް އެއްވެސް ސެނެޓަރެއްގެ މައްސަލަ ނުބަލާ ކަމަށާއި ފިޔަވަޅު ނާޅާ ކަމަށް، އެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންނެވި ލީޑާޝިޕްގެ ބޭފުޅުން "އަދަދު" ނޫހަށް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް ހިންގަމުންދާ ޝަރީއަތްތަކާ ގުޅިގެން ސައްހަ ނޫން މައުލޫމާތުތަކެއް ވެސް ސަޕޯޓަރުންގެ މެދުގައި ފެތުރޭތީ، ސެނެޓަރުންގެ ތެރެއިން ވެސް ބައެއް ބޭފުޅުންގެ ކަންބޮޑުވުންތަކެއް އޮތް ކަމަށެވެ.

"ނޫން، ނޫން، މައްސަލައެއް ބެލީކީ ނޫން، ފިޔަވަޅެއް އަޅާކަށް އުޅޫނީކީ ވެސް ނޫން، ރައީސްގެ ކޭސްތަކުގެ ބައެއް ޓެކްނިކަލް ކަންކަމާ ގުޅޭ ގޮތުން އޮޅުން ނުފިލާ ހުރި ކަންކަން ހުރުމުން، އޭގެ މައުލުމާތު އަޅުގަނޑުމެން އެ ސެނެޓަރުންނަށް އެރުވީ، ކަންކަން އޮތް ގޮތް ސާފުކޮށްދިނީ،" ޝިޔާމް ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވީ އެ ބައްދަލުވުމަކީ ސެނެޓަރުންގެ މެދުގައި ތަފާތު ހިޔާލުތައް ހުރުމުން، ސެނެޓަރުންގެ ކަންބޮޑުވުންތައް އަޑުއަހަން ލީޑާޝިޕުން ބޭނުން ވެގެން ބޭއްވި ބައްދަލުވުމެއް ކަމަށެވެ.

"ސެނެޓަރުންގެ މެދުގައި ހިޔާލުތަފާތުވުން އޮންނައިރުން ލީޑާޝިޕުން މަސައްކަތް ކުރާނެ ހިޔާލުތައް އެއް ގޮތް ކުރަން، ކަންބޮޑުވުންތައް އަޑުއަހަން، މަޝްވަރާކުރަން، އެ ކަން ކޮށްފައި ތަސައްލީއެއް ހޯދަން، ލިޑާޝިޕަށް ވެސް، ސެނެޓަށް ވެސް، އާންމު މެންބަރުންނަށް ވެސް،" އާދަމް ޝަރީފް ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވީ ވާހަކަ ދެކެވުނު ކޮންމެ މީހަކީ ވެސް ޔާމީންގެ ވަފާތެރި ސަޕޯޓަރުން ކަމަށެވެ. އެއިން ކޮންމެ މީހަކު ވެސް ބޭނުންވަނީ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓެއް ހުރުން ޔަގީންކުރަން ކަމަށާއި، ހާއްސަކޮށް އެ ކެންޑިޑޭޓަކީ ޔާމީނަށް ވުން ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

ޔާމީނަށް ކުރިމަތިވެފައިވާ ގާނޫނީ ހުރަސް

ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ، އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ މައްސަލާގައި ހިމެނޭ ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނަންގަވައި ފައިސާ ލޯންޑަކުރެއްވި ކަމުގެ ތުހުމަތުގައި އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅުމަށް ފަހުގަ އެވެ.

އެ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވީ ނަމަވެސް އަދި މައްސަލައިގެ މިހާތަނަށް އެންމެ އަޑުއެހުމެއް ވެސް ބޭއްވޭ ގޮތެއް ނުވެ އެވެ. އަދި ރ. ފުއްގިރި ކުއްޔަށް ދިނުމުގައި ހިޔާނާތް ހިންގި ކަމަށް ބުނާ މައްސަލާގައި ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުން ކައިރިކައިރި ގެންދިޔައީ ބާއްވަމުންނެވެ. އެއާއެކު، ޔާމީނަށް އިންތިހާބުގައި ވާދަނުކުރެވިދާނެ ކަމުގެ ކަންބޮޑުވުން ސަޕޯޓަރުންގެ މެދުގައި އެބަ އޮތެވެ.

ޖަލު ހުކުމް ދެމިއޮތްހާ ހިނދަކު ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ޔާމީނަކަށް ނެތެވެ.

ގާނޫނީ އަސާސީގައި ބަޔާންކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާއަށް ވުމުގެ އެއް ޝަރުތަކީ، ޖިނާއީ ކުށެއްކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތް ނަަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ކަނޑައެޅުނު އަދަބު މައާފު ކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކަށް ވުމެވެ.

ޔާމީނަށް އިންތިހާބުގައި ވާދަނުކުރެވޭ ހާލަތުގައި، ދެން އަމަލުކުރާނެ ގޮތުގެ ވާހަކަ ދައްކަން ޕީޕީއެމް/ޕީއެންސީ ލިޑާޝިޕުން ބޭނުމެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox