އެޗްޕީއޭގެ އިންޒާރު: "އީ-ސިނގިރެޓުގެ ގެއްލުން ވަކި ކުޑައެއް ނޫން"

Jun 3, 2023, 7:45 AM
އެޗްޕީއޭގެ އިންޒާރު: "އީ-ސިނގިރެޓުގެ ގެއްލުން ވަކި ކުޑައެއް ނޫން"

އީ-ސިނގިރެޓާ މެދު އޮންނަ ރަނގަޅު ނޫން ގަބޫލުކުރުން ދޮގުކޮށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އެެކަމުގެ ނުރައްކާތެރިކަން ހަނދާންކޮށްދީފި އެވެ.

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ދުންފަތުގެ އިސްތިއުމާލުނުކުރާ ދުވަހާ ގުޅުގައި، އާއްމުކުރި ތަފާސްހިސާބުތަކާ އެކު އެޗްޕީއޭއިން ބުނި ގޮތުގައި ދުންފަތުގައި ވެސް އެކުލެވޭ އެންމެ ގެއްލުން ބޮޑު އެއް މާއްދާ ކަމަށްވާ ނިކޮޓިން، އީ-ސިނގިރެޓްތަކުން ވެސް ލިބެ އެވެ. އެއާ އެކު އެތައް ކެމިކަލްތަކެއް ހަމަ އެ ބާވަތުގައި ވެސް އެކުލެވޭކަމަށް އެ އެޖެންސީން ބުންޏެވެ.

"އީ-ސިނގިރެޓަކީ ދުންފަތުގެ ބަދަލުގައި ބޭނުންކުރެވޭނެ ރައްކާތެރި އެއްޗެއް ނޫން،" ތަފާސްހިސާބުތައް އާއްމު ކުރަން އެޗްޕީއޭއިން ސޯޝަލް މީޑިއާއަށް ދޫކޮށްލި ލިއުންކޮޅުގައި ބުންޏެވެ.

Advertisement

އެއާ އެކު އާއްްމުކުރި ތަފާސްހިސާބްތަކުގައިވާ ގޮތުން ރާއްޖޭގައި އުމުރުން 13 އަހަރާ 15 އަހަރާ ދޭތެރޭގެ އުމުރުގެ ފިރިހެން ކުދިންގެ ތެރެއިން ގާތްގަނޑަކަށް ކޮންމެ ހަތަރު ކުއްޖަކުން އެއް ކުއްޖަކު އީ-ސިނގިރެޓް ބޭނުންކުރެ އެވެ. ދެޖިންސްގެ ކުދިން އެކުގައި ބަލާ ނަމަ އެ އުމުރުގެ ކުދިންގެ 17.1 ޕަސެންޓްގެ ކުދިން އެ ބާވަތް ބޭނުންކުރެ އެވެ.

ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުމުގެ ނުބައި އާދަ އޮތް މިންވަރު އެޗްޕީއޭއިން އާއްމުކުރި ހިސާބުތަކުން ފެނެ އެވެ. އެ ހިސާބުތަކުގައިވާ ގޮތުން ރާއްޖޭގެ އެ އުމުރުގެ ކުދިންގެ 45 ޕަސެންޓަށް ވުރެ ގިނަ ކުދިން ދުންފަތުގެ އިސްތިއުމާލުކުރެ އެވެ. އޭގެ ތެރެއިން 48 ޕަސެންޓަކީ ފިރިހެން ކުދިންނެވެ. އަދި, އެ އުމުރުގެ އަންހެން ކުދިންގެ ތެރެއިން 43 އަށް ވުރެ ގިނަ ކުދިންގެ އެ ނުބައި އާދަ އެބަ އޮތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox