މާލެއިން ފުރައިގެން ރަސްގެތީމަށް ދިޔަ ދޯންޏެއްގައި ރޯވެ އަނދައި ހުލިވެއްޖެ

އަލިފާން ރޯވި ބޯޓު: ބޯޓުން ދަތުރު ކުރި 10 މީހުން ފޯސީޒަންސްގެ ލޯންޗަކަށް ވަނީ ނަގައިފަ -- ފޮޓޯ: އެމްއެންޑީއެފް

އަލިފާން ރޯވި ބޯޓު: ބޯޓުން ދަތުރު ކުރި 10 މީހުން ފޯސީޒަންސްގެ ލޯންޗަކަށް ވަނީ ނަގައިފަ -- ފޮޓޯ: އެމްއެންޑީއެފް

މާލެއިން ފުރައިގެން ރ. ރަސްގެތީމަށް ދަތުރުކުރި ދޯންޏެއްގެ އިންޖީނު ރޫމްގައި އަލިފާން ރޯވެ، ކޮންޓްރޯލް ނުވެގެން އުޅަނދު އަނދައި ހުލިވެއްޖެ އެވެ.

އެ ދޯނިން ދަތުރު ކުރި 10 މީހުން ވަނީ ފޯސީޒަންސް ރިސޯޓުގެ ލޯންޗަކަށް ނަގައިފަ އެވެ. ދަތުރު ކުރި މީހަކަށް އަނިޔާވިކަން މިހާތަނަށް އެނގިފައެއް ނުވެ އެވެ. އަލިފާން ރޯވީ "ހޮރައިޒިޔާ 2" ކިޔާ ބޯޓެއްގަ އެވެ.

އެ ދޯނީގައި އަލިފާން ރޯވެފައި ވަނީ ފޯ ސީޒަން ރިސޯޓުގެ އުތުރުން 3.04 ނޯޓިކަލް މޭލުން ކަމަށާއި އެކަމުގެ ރިޕޯޓު ލިބިފައި ވަނީ މިރޭ 7:16 ހާއިރު ކަމަށް އެ އެމްއެންޑީއެފުން ބުނެ އެވެ.

އަލިފާން ރޯވި ދޯނީގެ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި މުޅި ދޯނީގައި އަލިފާން ހިފައި ދަނީ ވަރަށް ގަދައަށް އަނދަމުންނެވެ. ދޯނީގައި އަލިފާން ރޯވާން މެދުވެރިވި ސަބަބެއް ވެސް އަދި އެއީ ކޮންބައެއްގެ ދޯންޏެއްކަން ވެސް މިހާތަނަށް އަދި ކަށަވަރުވެފަ އެއް ނުވެ އެވެ.

ކޯސްޓްގާޑް މެރިޓައިން ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އިން ހަރަކާތްތެރިވާން ފަށައިފި. މި ބޯޓްގައި އަލިފާން ރޯވެފައި ވަނީ ބ.އަތޮޅު ފޯ ސީޒަން ރިސޯޓް (ލަނޑާ ގިރާވަރު) އުތުރުން 3.04 ނޯޓިކަލް މޭލު ބޭރުން. މިހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިރޭ 7:15 ހާއިރެވެ.

އެ ބޯޓުގައި ތިބި ހުރިހާ އެންމެން ސަލާމަތް ކޮށްފައިވީ ނަމަވެސް އެ ސަރަހައްދަށް ދިއުމަށްޓަކައި ބ. އޭދަފުށީ ސީއެމްބިއުލާންސާއި ޅ. މާފިލާފުށިން އެމްއެންޑީއެފުގެ ކޯސްޓްގާޑު ހާބާ ކްރާފްޓު ލޯންޗު ދަނީ ދަތުރުކުރަމުން ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox