ނަޝީދު އެދުނީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވޭނެ މަގު ކޮށައިދޭން: ގާސިމް

ގާސިމް ވީޓީވީއާ ވާހަކަ ދައްކަވަނީ: ވިދާޅުވީ ރައީސް ނަޝީދު ވަރަށް ފުރިހަމައަށް ދަންނަ ކަމަށް -- ފޮޓޯ: ސްކްރީންކެޕްޗާ

ގާސިމް ވީޓީވީއާ ވާހަކަ ދައްކަވަނީ: ވިދާޅުވީ ރައީސް ނަޝީދު ވަރަށް ފުރިހަމައަށް ދަންނަ ކަމަށް -- ފޮޓޯ: ސްކްރީންކެޕްޗާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުން ފެކްޝަނުން ޖުމްހޫރީ ޕާޓީއާއެކު ބައްދަލުކޮށް ހުށަހެޅީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަންނަވާނެ މަގު ކޮށައިދޭ މީހަކަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެވަޑައިގަތުމަށް ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެެ.

ރާއްޖޭގެ އިން ކަނޑައެޅި މައްސަލައިގައި މިރޭ ބާއްވާ ޖަލްސާއަށް ނުދާން އިލްތިމާސްކޮށް ވީޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ގާސިމް ވިދާޅުވީ، ނަޝީދުގެ ފަރާތްޕުޅުން ހުށަހެޅުއްވި ކަރުދާހަށް ބެލުމުން އޭނާ ސިފަވަނީ ރައީސް ނަޝީދު ވެރިކަމަށް ވަޑައިގަތުމް ބޭނުންވާ "ސްޓެޕިން ސްޓޯން" އެއްގެ ގޮތުގައި ކަމަށެވެ.

"އަޅުގަނޑަށް އިނގޭ ރައީސް ނަޝީދު އެ ދައްކަވަނީ ކޮން ވާހަކައެއްކަން. އަޅުގަނޑު ދަންނަން ރައީސް ނަޝީދު ވަރަށް ފުރިހަމައަށް. އެބޭފުޅާއަކަށް [ނަޝީދަށް] ކަމަކުނުދާނެ އެބޭފުޅާ ނޫން އެހެން މީހަކު ދިވެހިރާއްޖޭގެ ވެރިކަމުގައި ހުންނާކަށް. އެހެން މީހަކަށް އެ ފުރުސަތު ދީގެން އެބޭފުޅާއަކަށް ކެތެއް ނުވާނެ،" ގާސިމް ވިދާޅުވި އެވެ. "އެ ހުށަހެޅި ކަރުދާހަށް ބެލީމަ ފެންނަނީ އެބޭފުޅާ ވެރިކަމަށް ގެންނަން މަގު ކޮށައިދޭ މީހަކަށް."

ރައީސް ނަޝީދުގެ އިތުރުން ގާސިމް މިއަދު ވަނީ ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން، ކޯލިޝަން އެއްބަސްވުމުގައިވާ ގޮތުން މި ހިނގާ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ހުންނަންޖެހޭނީ އޭނާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

"އެއްބަސްވުމުގައިވާ ގޮތުން މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި އިންނަންޖެހެނީ އަޅުގަނޑު. އެކަމަކު އެމްޑީޕީ މީހުންނަށް ނުކެރުނު ކުޑަވެގެން ކޮމެޓީއެއްގެ މުގައްރިރުކަން ވެސް ނައިބު މުގައްރިރުކަން ވެސް ނުދިން،" ގާސިމް ވިދާޅުވި އެވެ.

ފޯޅަވައްސާ ދިމާލުން ރާއްޖޭގެ އިން ކަނޑައެޅީ މޮރިޝަސްއިން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. ސަރުކާރުން ބުނަނީ އިން ކަނޑައެޅުމުން ރާއްޖެއަށް ބައެއް އިތުރުވެފައިވާ ކަމަށެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނަނީ ރާއްޖެއަށް ގާނޫނުން ލިބިދޭ ބަައެއް ގެއްލިފައިވާ ކަމަށެެވެ.

އެ މައްސަލައިގައި ސަރުކާރުން ނިންމި ގޮތާ ދެކޮޅު ހެދުމަށް މިރޭ އިދިކޮޅުން ޖަލްސާ ބާއްވާއިރު ރައީސް ނަޝީދު ވަނީ އެ މައުލޫގައި މިއަދު ވާހަކަ ދައްކަވައިފަ އެވެ. އަދި އެމަނިކުފާނުގެ ސަޕޯޓަރުން އުފައްދަން މަސައްކަތް ކުރާ ދި ޑިމޮކްރެޓްސްއިން ވެސް ވަނީ މިރޭގެ ޖަލްސާއަށް ތާއީދުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox