ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އިތުރު ފިޔަވަޅެއް އަޅަނީ

ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އިތުރު ފިޔަވަޅެއް އަޅަނީ

ދެކުނު އިރުމަތީ އޭޝިއާގައި ދައުރުވަމުންދާ، ކުޑަކުދިންނަށް ދޭ ޕެރަސެޓްމޯލް ސިރަޕަކާއި ކެއްސުމަށާއި ރޯގާއަށް ދޭ ބޭސްތަކެއްގައި ނުރައްކާތެެރި ސިއްހަތަށް ވަރަށް ނުރައްކާތެރި ދެ ކެމިކަލެއް އެކުލެވޭތީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ، އިން އެލާޓެއް ނެރުމުން، ރާއްޖޭން ވެސް ފިޔަވަޅު އަޅައިފި އެވެ.

ޕެރެސެޓަމޯލް އާއި ކެއްސުމާއި ރޯގާއަށް ބޭނުން ކުރާ ބައެއް ވައްތަރުގެ ދިޔާ ބޭހުގައި ނުރައްކާތެރި މާއްދާތަކެއް ހިމެނޭތީ, ދުނިޔޭގެ ބައެއް ގައުމުތަކުގައި ވަނީ ކުޑަކުދިންތަކެއް މަރުވެފަ އެވެ. އެ ދެ މާއްދާއަކީ, "ޑައިއެތިލީން ގްލައިކޯލް" އަދި "އެތިލީން ގްލައިކޯލް" އެވެ.

"ޑައިއެތިލީން ގްލައިކޯލް" އަދި "އެތިލީން ގްލައިކޯލް" އަކީ އިންސާނުންނަށް ވިހަ ދެ މާއްދާ އެވެ. ހަށިގަނޑަށް އެތެރެވެއްޖެ ނަމަ މަރުވުމުގެ ފުރުސަތު ބޮޑެވެ.

މި ދެ މާއްދާ ހިމެނޭ ބޭސް ބޭނުން ކުރެވިގެން ކުޑަކުދިންތަކެއް މަރުވި ހާދިސާއަށް ފަހު ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ވަނީ މި މާއްދާތައް ހިިމެނޭ ބޭހުގެ ބެޗުތައް ފާހަގަކޮށް, އެ ބޭނުން ނުކުރުމަށް އެލާޓް ނެރެމުންނެވެ. އެ އެލާޓްތައް ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވެސް ވަނީ މީގެ ކުރިން އެތައް ފަހަރަކު ނެރެފަ އެވެ.

ރާއްޖެއަށް އެތެރެކުރާ ބޭހުގައި "ޑައިއެތިލީން ގްލައިކޯލް" އަދި "އެތިލީން ގްލައިކޯލް" ނެތްކަން ކަށަވަރު ކުރުމަށްޓަކައި, ރާއްޖެ އެތެރެކުރާ ބޭހާއެކު އޭގައި ޑަބްލިއުއެޗްއޯގެ ޕްރީކޮލިފައިޑް ލެބޯޓްރީއަކުން މި ދެ މާއްދާ ނެތްކަން ކަށަވަރުކޮށް ހަދާފައިވާ ތަހުލީލު ރިޕޯޓު ހުށަހަޅަން ޖެހޭ ގޮތަށް އެމްއެފްޑީއޭއިން ވަނީ ހަދައިފަ އެވެ.

މި ފިޔަވަޅު އަޅަން ނިންމާ އިއުލާން ކުރި ނަމަވެސް, ބޭސް އެތެރެކުރާއިރު ތަހުލީލު ރިޕޯޓު ހުށަހަޅަން ޖެހެނީ އަންނަ ޖުލައި މަހުން ފެށިގެންނެވެ.

"ޑައިއެތިލީން ގްލައިކޯލް" އަދި "އެތިލީން ގްލައިކޯލް" ހިމެނޭ ބޭސް ބޮއެގެން ކުޑަކުދިންތަކެއް ވިހަވިއިރު, އެލާޓް ނެރުނު އެއްވެސް ބޭހަކީ ރާއްޖެ އެތެރެކޮށް ވިއްކާ ބޭސްތަކެއް ނޫނެވެ.

ނުރައްކާތައް

ޑަބްލިއުއެޗްއޯގެ އެލާޓްގައިވާ ގޮތުން އެ ކެމިކަލްތަކަކީ ބޭނުންކުރަން އެއްގޮތަކަށް ވެސް ރައްކާތެރި ނޫން އަދި ކުޑަކުދިންނަށް އޭގެ ނުރައްކާ މާ ބޮޑު ބާވަތްތަކެކެވެ. އެއީ ބޮޑެތި ގެއްލުންތައް ލިބި ފުރާނައަށް ނުރައްކާވެދާނެ ބާވަތްތައް ކަމަށް ވެސް އެ އެލާޓްގައި ބުންޏެވެ.

އެ ބާވަތްތައް ބޭނުން ކުރެވިއްޖެ ނަމަ ވެދާނެ ގޮތްތަކުގެ ތެރޭގައި ބަނޑުގައި ރިއްސުމާއި ބޭރަށް ހިންގުން އަދި ކުޑަކަމުދާން އުނދަގޫވުން ހިމެނެ އެވެ. ބޮލުގައި ރިއްސުމާއި ހެޔަށް ގޮތްވުމާއި ކިޑްނީ ހަލާކުވުމަކީ ވެސް އެ ބާވަތްތަކުން ލިބިދާނެ ގެއްލުންތަކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox