ބަސް ޓިކެޓެއްގެ ރިފަންޑު ހޯދަން ކޮންޒިއުމާ އޮމްބަޑްމަން އޮފީހަށް، މިއީ ވެސް އޮންނަ ކަމެއް!

ބަސް ޓިކެޓެއްގެ ރިފަންޑު ހޯދަން ކޮންޒިއުމާ އޮމްބަޑްމަން އޮފީހަށް، މިއީ ވެސް އޮންނަ ކަމެއް!

ރާއްޖެ ޓްރާންސްޕޯޓު ލިންކު (އާރްޓީއެލް)އިން ނެގި ބަސް ޓިކެޓަކަށް ރިފަންޑު ނުދީގެން ބިދޭސީއަކު ކޮންޒިއުމާ އޮމްބަޑްސްމަންއަށް ހުށަހެޅުމުން އެ ކުންފުނިން އެ މީހާއަށް ރިފަންޑު ދީފި އެވެ.

ކޮންސިއުމާ އޮމްބަޑްސްމަންގެ ވާޖިބަކީ މުދާ ގަންނަ މީހެއް ނުވަތަ ހިދުމަތެއް ހޯދާ މީހެއް ހައްގު ގެއްލިއްޖެ ހާލަތެއްގައި ބަދަލު ނަގައިދިނުމާއި ގާނޫނު ހިލާފުވާ ފަރާތްތައް ރިޕޯޓުކުރެވޭނެ ނިޒާމެއް ގާއިމް ކުރުމާއި ހުށަހެޅޭ ޝަކުވާތަކުގެ ތަހުގީގީ ރިޕޯޓުތައް އާންމުކުރުމެވެ.

މި އަހަރުގެ މާޗު 20 ވަނަ ދުވަހު ސަތްޔާ ޗަކްރާ ރާއޯ ގޮރަކަޕުޑީ ކިޔާ ބިދޭސީއަކު ކޮންޒިއުމާ އޮމްބަޑްސްމަންގެ އޮފީހަށް ހުށަހެޅީ އާރްޓީއެލްގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ނެގި ޓިކެޓަށް ހިދުމަތް ނުދެވުމުން އޭގެ ރިފަންޑު ހޯދުމަށެވެ.

އާރްޓީއެލްއިން ބަސް ދަތުރުތަކަށް ނަގަނީ މާލެ ތެރޭގެ ދަތުރުތަކަށް ހަތް ރުފިޔާ އެވެ. މާލެއާ ހުޅުމާލޭ ފުރަތަމަ ފޭސްއާ ދެމެދު 10ރ. އަދި ފޭސް 2 އާ ދެމެދު 15ރ. އެވެ.

އެ މައްސަލައިގައި އޮމްބަޑްސްމަންގެ އޮފީހުން މި މަހުގެ 10 ވަނަ ދުވަހު ނިންމި ނިންމުމުގައި ވަނީ، އާރްޓީއެލްއިން އެ މައްސަލައިގައި އެ މީހާއަށް ރިފަންޑު ދީފައިވާ ކަމަށް އަންގާފައިވާ ކަމަށެވެ. އެހެންވެ، އެ މައްސަލަ ނިމުނީ އެވެ.

އާރްޓީއެލް އެޕް މެދުވެރިކޮށް، ބަސް ދަތުރުތަކުގެ ޓިކެޓުގެ އިތުރުން އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާ ފެރީގެ ޓިކެޓު ވެސް ނެގެ އެވެ.

މިއީ ކޮން އިދާރާއެއް؟

އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ ކޮންސިއުމާ އޮމްބަޑްސްމަންގެ އޮފީހަކީ، މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުން އާންމުން ހުށަހަޅާ މައްސަލަތައް ބަލަން ހެދި އޮފީހެކެވެ. ކޮންސިއުމާ އޮމްބަޑްސްމަން އައްޔަން ކުރަނީ ރައީސުލްޖުމްހޫރިއްޔާ އެވެ.

ކޮންޒިއުމަރުންނަށް ލިބިގެންވާ ހައްގުތައް:

ގަންނަ މުދާ ވަކި ޝަރުތުތަކެއްގެ މަތިން އަނބުރާ ރައްދުކުރުމުގެ ޙައްޤު

  • މުދަލެއް ހަލާކުވެފައިވާނަމަ، އެކަމުގެ މައުލޫމާތު ލިބުމުގެ ޙައްޤު
  • މުދާ ބަލައި ޓެސްޓް ކުރުމުގެ ހައްގު
  • ލިބިގަންނަ ހިދުމަތެއްގައިވާ ބޮޑެތި މައްސަލަތައް ހައްލުނުކުރެވޭ ހާލަތްތަކުގައި އެއްބަސްވުން އުވާލާ ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާކުރުމުގެ ހައްގު
  • ލިބިގަންނަ ހިދުމަތް ރަނގަޅުކުރުމަށް އެންގުމުގެ ހައްގު
  • ކޮންސިއުމާ އޮމްބަޑްސްމަންއަށް މައްސަލަ ހުށަހެޅުމުގެ ހައްގު

އޮގަސްޓު 31، 2020ގައި އަމަލު ކުރަން ފެށި މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުން ކޮންޒިއުމާ އޮމްބަޑްސްމަންގެ މަގާމަށް މަރިޔަމް ޝަމްއާ އިސްމާއީލް އައްޔަން ކުރީ އޮގަސްޓް 31، 2021ގަ އެވެ.

އޮމްބަޑްސްމަންގެ އޮފީހަށް މައްސަލަ ހުށަހެޅޭނެ ފަސޭހަ ގޮތެއް ގާއިމްކޮށް އެ އޮފީހުގެ ވެބްސައިޓު ހުޅުވީ، މިދިޔަ އަހަރުގެ ޖޫން 5ގަ އެވެ. އެ ވެބްސައިޓުން އެނގޭ ގޮތުގައި މިހާތަނަށް ނިންމާފައި ވަނީ ހަތަރު މައްސަލަ އެވެ.

އެ އިދާރާގެ ސޯޝަލް މީޑިއާ ހޭންޑަލްތަކެއް ނެތް އިރު، މިފަދަ މައްސަލަތައް ހުށަހެޅޭ ކަމެއް އާންމުކޮށް ނޭނގެ އެވެ.

އޮމްބަޑްސްމަން ޝަމްއާ "އަދަދު"އަށް މިއަދު ވިދާޅުވީ، ފާއިތުވީ އަހަރެއްހާ ދުވަހުގެ ތެރޭގައި އެ އޮފީހަށް ހުށަހަޅާފައި ވަނީ 12 މައްސަލަ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެފަދަ މައްސަލަތައް ހުށަހަޅާ ގިނަ މީހުން އެކަމުގެ ފޯމު ހުށަހެޅުމަށްފަހު މައްސަލަ ކުރިއަށްގެންދިޔުމަށް މަސައްކަތެއް ނުކުރެ އެވެ. އެ އޮފީހުން މިހާތަނަށް ނިންމާފައިވާ ހަތަރު މައްސަލައަކީ އެއްބާރުލުންދީ، އިޖުރާއަތްތައް ފުރިހަމަކޮށްގެން ކުރިއަށްގެންދިޔަ ހަތަރު މައްސަލަ ކަމަށް އޭނާ ވިދާޅުވި އެވެ.

އާންމު ފަރާތްތަކުން އެ އޮފީހަށް މައްސަލަ ހުށަހެޅުމުން، މައްސަލަ ރައްދުވާ ފަރާތްތަކުން އެކަން އަވަހަށް ހައްލު ކުރަން މަސައްކަތް ކުރާކަން އޭނާ ފާހަގަކުރެއްވި އެވެ.

ފިޔަވަޅު އެޅުމަށް ކޮންޒިއުމާ އޮމްބަޑްސްޕާސަނަށް ލިބިގެންވާ ބާރުތައް:

ފުރަތަމަ ފަހަރު 1،000ރ.އާއި 100،000ރ.އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް ކަމެއް ރަނގަޅުކުރަން މުއްދަތެއް ދިނުން

  • ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު 1،500ރ. އާއި 250،000ރ.އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް ވަކި ކަމެއް ރަނގަޅުކުރަން މުއްދަތެއް ދިނުން
  • ކަމެއް ރަނގަޅުކުރަން ދީފައިވާ މުއްދަތުގެ ތެރޭގައި އެކަމެއް ރަނގަޅުނުކޮށްފި ނަމަ 5،000ރ. 250،000ރ.އާ އަދަދަކުން ޖޫރިމަނާކުރުމާއެކު ހަމަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް އެތަނެއް ބަންދުކުރުން

މިހާތަނަށް އޮމްބަޑްސްމަންގެ އޮފީހުން ފިޔަވަޅު އަޅަން ނިންމާފައި ވަނީ އެންމެ މައްސަލައެއްގަ އެވެ. އެއީ ހިޔާ ފްލެޓެއްގެ މަސައްކަތް ކުރަން ހަވާލު ކުރި ކުންފުންޏަކާއި ދެކޮޅަށް އެ މައްސަލަ ފްލެޓުގެ ވެރިފަރާތުން ހުށަހެޅި މައްސަލައެކެވެ. އޮމްބަޑްސްމަންގެ އޮފީހުން ނިންމީ ކުންފުނި 10،000ރ.އިން ޖޫރިމަނާ ކުރުމަށެވެ. އަދި ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާ ކުރުމުގެ ހައްގު ލިބިގެންވާ ކަމަށް ވެސް ނިންމި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox