ސައުދީއިން ދިވެހި ދަރިވަރުންނަށް 350 އަށްވުރެ ގިނަ ސްކޮލާޝިޕްގެ ފުރުސަތު

ރާއްޖޭގެ ކޮލެޖެއްގެ ގްރެޖުއޭޝަނެއްގެ

ރާއްޖޭގެ ކޮލެޖެއްގެ ގްރެޖުއޭޝަނެއްގެ

ސައުދީ އަރަބިއްޔާގެ ސަރުކާރުން ދިވެހި ދަރިވަރުންނަށް 350 އަށްވުރެ ގިނަ ސްކޮލަޝިޕްގެ ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށް ރާއްޖޭގައި ހުންނަ އެ ގައުމުގެ އެމްބަސީން ބުނެފި އެވެ.

ސައުދީ އެމްބަސީން ބުނީ ދިވެހިން ދަރިވަރުންނަށް ހާއްސަކޮށް ދޭ ސްކޮލާޝިޕްތަކަކީ އެ ގައުމުގެ ސަރުކާރުން ފުލްކޮށް ފަންޑުކުރާ ސްކޮލާޝިޕްތަކެއް ކަމަށެވެ. ސްކޮލާޝިޕް ބޭނުންވާ ދަރިވަރުންނަށް އެ ދަރިވަރަކު ބޭނުންވާ ޔުނިވަސިޓީއެއްގައި ކިޔެވުމުގެ ފުރުސަތު ލިބޭނެ އެވެ.

ސްކޮލާޝިޕްތަކަށް އެދުމަށް ސައުދީ ސަރުކާރުން އިފްތިތާހުކޮށްފައިވާ ހާއްސަ ވެބްސައިޓު ބޭނުންކުރެވޭނެ ކަމަށްވެސް ސައުދީ އެމްބަސީން ބުނެ އެވެ.

އޭގެއިތުރުން, ސައުދީ އެމްބަސީން ވަނީ ބައިނަލްއަގުވާމީ މަތީ ތައުލީމު އެނަލައިޒް ކުރާ ކުންފުންޏެއް ކަމަށްވާ 'ކިއު އެސް' އިން ތައްޔާރުކުރި މި އަހަރަށް ލިސްޓުކުރި ދުނިޔޭގެ އެންމެ ރަނގަޅު 100 ޔުނިވަސިޓީގެ އެ ގައުމުގާ ހިންގާ 27 ޔުނިވަސިޓީއެއް ހިމެނިފައިވާކަން ފާހަގަކޮށްފަ އެވެ. މިއީ ދުނިޔޭގެ 93 ސަރަހައްދެއްގައި ހިންގޭ 15،700 ޔުނިވަސިޓީއެއް އެނަލައިޒް ކުރުމަށްފަހު ހެދިފައިވާ ލިސްޓެކެވެ.

އެގޮތުން، އެ ގައުމުގެ ކިންގް އަބްދުލްއަޒީޒް ޔުނިވާސިޓީ، ކިންގް އަބްދުﷲ ޔުނިވާސިޓީ އޮފް ސައިންސް އެން ޓެކްނޮލޮޖީ، އިމާމް އަބްދުލްރަހްމާން ބިން ފައިސަލް ޔުނިވާސިޓީ، އަދި ކިންގް ފަހުދު ޔުނިވާސިޓީ އޮފް ޕެޓްރޯލިއަމް އެންޑް މިނަރެލްސް އިން އެކި ދާއިރާތަކުން ބައިނަލްއަގުވާމީ ތައުލީމީ ދާއިރާގައި ހޯދަމުންދާ ކުރިއެރުންތައް އެ ގައުމުން ވަނީ ފާހަގަކޮށްފަ އެވެ.

ސައުދީ އެމްބަސީން ބުނި ގޮތުގައި މި ޔުނިވާސިޓީތަކުން ދަނީ ފާމަސީ، ފާމަކޮލަޖީ، ޑެންޓިސްޓްރީ، މިނެރަލް އެންޑް މައިނިން އިންޖިނޭރިން، ޕެޓްރޯލިއަމް އިންޖިނޭރިން، މެތަމެޓިކްސް، ކެމިސްޓްރީ އަދި ކޮމްޕިއުޓާ ސައިންސް ފަދަ ދާއިރާތަކުން ދުނިޔޭގެ އެންމެ އުހުގައި ކާމިޔާބު ހޯދަމުން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox