ސިފައިންނަށް ފިޔަވަޅު އެޅުމާ ބެހޭ ގަވާއިދުތަކެއް ހާމަކުރަން އައިކޮމްއިން އަންގައިފި

ސިފައިންގެ ޕެރޭޑެއްގެ ތެރެއިން. ހާމަކުރަން އެންގީ ސިފައިންގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ތިން ގަވާއިދެއް --- ފޮޓޯ:  މުހައްމަދު ޝާބިން/އަދަދު

ސިފައިންގެ ޕެރޭޑެއްގެ ތެރެއިން. ހާމަކުރަން އެންގީ ސިފައިންގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ތިން ގަވާއިދެއް --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ސިފައިިންގެ އާންމު ގަވާއިދާއި އެ މީހުންގެ މައްސަލަތައް ބެލުމާ ގުޅޭ އިތުރު ދެ ގަވާއިދެއް އާންމު ކުރަން ޑިފެންސް މިނިސްޓްރީގެ މައްޗަށް އިންފޮމޭޝަން ކޮމިޝަނުން މިއަދު އަންގައިފި އެވެ.

މި މައްސަލައަކީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން، ފެބްރުއަރީ 9، 2023ގައި ޑިފެންސް މިނިސްޓްރީއަށް މައުުލޫމާތު ހޯދުމަށް އާންމު މީހަކު ހުށަހެޅި ހުށަހެޅުމަކަށް އެ މިނިސްޓްރީން ޖަވާބެއް ދީފައިނުވާތީ ކޮމިޝަނުން ބެލި މައްސަލައެކެވެ.

އައިކޮމްގެ މަހޯލި ޕޯޓަލް މެދުވެރިކޮށް މައްސަލަ ހުށަހެޅި ފަރާތުން އެދުނީ ސިފައިންގެ ގާނޫނުގެ ދަށުން ޑިފެންސް މިނިސްޓްރީން ހަދަން ޖެހޭ ކަމަށް ބަޔާންކޮށްފައިވާ ތިން ގަވާއިދެއް ދިނުމަށެވެ. އެ ގަވާއިދުތަކަކީ:

Advertisement
  • ސިފައިންގެ އާންމު ގަވާއިދު
  • ސިފައިން ކުރާ ކުށްތަކަށް އިދާރީ އަދަބު ދިނުމުގެ ގަވާއިދު
  • ސިފައިންގެ މީހުންނާ މެދު ކުރެވޭ ޝަކުވާތައް ތަހުގީގުކޮށް އެކަންކަމާ މެދު ފިޔަވަޅު އެޅުމާ ބެހޭ ގަވާއިދު

މައުލޫމާތު ހާމަ ކުރަން އެދޭތާ 21 ދުވަހުގެ ތެރޭގައި ޖަވާބެއް ދޭން ޖެހޭ އިރު، މިނިސްޓްރީން ވަނީ އެ ގަވާއިދުތައް ހިއްސާ ކުރެވެން އޮންނަނީ ގިނަ ލިޔުންތަކެއް ދިރާސާކޮށްގެން ކަމަށް ބުނެ ޖަވާބު ދިނުމަށް އިތުރު 14 ދުވަހަށް ވެސް އެދިފަ އެވެ. އެކަމަކު، އެ މުއްދަތު ހަމަވިއިރު ވެސް މައުލޫމާތު ހާމަ ކުރުމާ ބެހޭގޮތުން ޖަވާބެއް ނުދެ އެވެ.

އެހެންވެ، މައުލޫމާތު ހޯދަން އެދުނު ފަރާތުން އައިކޮމްއަށް މައްސަލަ ހުށަހެޅުމުން އެކަމުިގައި ގޮތެއް ނިންމަން ބޭއްވި އަޑުއެހުމުގައި ކޮމިޝަނަރު އާހިދު ރަޝީދު ފާހަގަކުރެއްވީ، އެ ކޮމިޝަނަށް މައްސަލަ ހުށަހެޅި ފަހުން މިނިސްޓްރީން ޖަވާބެއް ދީފައިވާ ކަމެވެ.

އެ ޖަވާބުގައި ވަނީ ޒަމާނުއްސުރެ ސިފައިންގެ ގަވައިދުތަކަކީ ސިއްރު ގަވާއިދުތަކެއް ކަމަށް ބެލެވޭތީ ގެޒެޓުގައި ޝާއިއުކޮށް ހާމަ ކުރަމުންދާ އެއްޗެއް ނޫން ކަމަށާއި އެ ގަވައިދުތަކަކީ ސިފައިންގެ މައްޗަށް ނެރެވޭ ގަވައިދުތަކަށް ވާތީ ހާމަ ކުރަނީ ހަމައެކަނި ސިފައިންނަށް ކަމަށް ބުނެފައިވެ އެވެ. އެކަމަކު، އެ ގަވައިދުތަކުން ހާމަ ކުރެވޭނެ ބައިތައް ގެޒެޓުގައި ޝާއިއުކުރުމަށް އެޓާނީ ޖެނެރަލްގެ އޮފީހާ މަޝްވަރާ ކުރަމުންދާ ކަމަށް ބުނެފައިވެ އެވެ.

ދައުލަތުގެ އިދާރާގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި، އަމަލުކުރާ ގާނޫނުތަކާއި، ގަވާއިދުތަކާއި، ސިޔާސަތުތަކާއި، އުސޫލުތަކާއި ހަމަތަކަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އަމިއްލަ އިސްނެގުމުގައި އާންމުކުރަން ޖެހޭ ތަކެތިކަން އާހިދު ފާހަގަކުރެއްވި އެވެ.
ދައުލަތުގެ އިދާރާގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި، އަމަލުކުރާ ގާނޫނުތަކާއި، ގަވާއިދުތަކާއި، ސިޔާސަތުތަކާއި، އުސޫލުތަކާއި ހަމަތަކަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އަމިއްލަ އިސްނެގުމުގައި އާންމުކުރަން ޖެހޭ ތަކެތިކަން އާހިދު ފާހަގަކުރެއްވި އެވެ.

ދައުލަތުގެ އިދާރާގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި، އަމަލުކުރާ ގާނޫނުތަކާއި، ގަވާއިދުތަކާއި، ސިޔާސަތުތަކާއި، އުސޫލުތަކާއި ހަމަތަކަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އަމިއްލަ އިސްނެގުމުގައި އާންމުކުރަން ޖެހޭ ތަކެތިކަން އާހިދު ފާހަގަކުރެއްވި އެވެ.

ކޮމިޝަނަރު އާހިދު މިއަދު ނިންމެވީ، މިނިސްޓްރީން އަމަލުކޮށްފައި ވަނީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ނޫން ކަމަށެވެ. އަދި, އެ މައުލޫމާތަކީ އިސްތިސްނާ ހާލަތަކަށް ނުފެތޭ މައުލޫމާތަކަށް ވާތީ 17 ދުވަހުގެ ތެރޭގައި އެ މައުލޫމާތު ހާމަ ކުރުމަށް އެންގެވި އެވެ. އަދި, އެ ގަވާއިދުތައް އާންމުކޮށް ޝާއިއުކުރަން ވެސް އެންގި އެވެ.

އާހިދު ފާހަގަކުރެއްވީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި ބުނާ މުއްދަތުތަކާއި އުސޫލުތަކަށް އަމަލު ނުކުރުމަކީ މައުލޫމާތެއް ފޯރުކޮށްދިނުމަށް އިންކާރުކުރުން ކަމަށް ގާނޫނުގެ މަގުސަދަށްޓަކައި ބެލެވޭނެ ކަމެވެ.

ދައުލަތުގެ އިދާރާގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި، އަމަލުކުރާ ގާނޫނުތަކާއި، ގަވާއިދުތަކާއި، ސިޔާސަތުތަކާއި، އުސޫލުތަކާއި ހަމަތަކަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އަމިއްލަ އިސްނެގުމުގައި އާންމުކުރަން ޖެހޭ ތަކެތިކަން އާހިދު ފާހަގަކުރެއްވި އެވެ.

އޭގެ އިތުރުން، އެއީ ސިއްރު ގަވައިދުތަކެއް ކަމަށް ކުރިން ބަލަމުން ދިޔަ ނަމަވެސް، މިނިސްޓްރީން ފަހުން ދީފައިވާ ޖަވާބުންނާއި އައިކޮމްގެ އަޑުއެހުންތަކުގައި ދެއްކި ވާހަކަތަކަށް ބަލާއިރު، އެ ގަވާއިދުތައް އާންމުނުކޮށް ހިފެހެއްޓުމަކީ މިހާރު މިނިސްޓްރީގެ މަގުސަދު ނޫންކަން އެނގޭ ކަމަށް އާހިދު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox