މާޒީން ފިލާވަޅު ނަގައި، ޖަމީލާއި ޕީޕީއެމް ލީޑާޝިޕާ ގުޅުން ރަނގަޅު

ޕީޕީއެމް ޕީއެންސީ ލީޑާޝިޕްގެ ބޭފުޅުން؛ ލީޑާޝިޕާ ގުޅުން ގޯސް ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވައި ޖަމީލު ވާހަކަ ދައްކަވައިފި

ޕީޕީއެމް ޕީއެންސީ ލީޑާޝިޕްގެ ބޭފުޅުން؛ ލީޑާޝިޕާ ގުޅުން ގޯސް ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވައި ޖަމީލު ވާހަކަ ދައްކަވައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދިފާއުގައި ކޯޓުގައި ވަކާލާތު ކުރައްވަން ނުކުމެ ހުންނެވި އެމަނިކުފާނުގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލަކީ އެމަނިކުފާނުގެ ވެރިކަން ނިންމުމަށް އުފެދުނު އިދިކޮޅު ސިޔާސީ ހަރަކާތުގައި އެންމެ އިސްކޮށް އުޅުއްވި އެކަކެވެ.

ޔާމީންގެ ނައިބު ރައީސް ކަމުގައި ޖަމީލު ހުންނަވަނިކޮށް އެ މަގާމުން ދުރުކުރީ ރައްޔިތުންގެ މަޖިލީހުން އޭނާގެ އިތުބާރު ނެތް ކަމަށް ފާސްކޮށްފަ އެވެ. ޕީޕީއެމާއި ޕީއެންސީގެ އިސް ސަފުގައި މިއަދު ތިއްބެވީ އޭގައި ވޯޓު ދެއްވި ބައެއް މެންބަރުންނެވެ. އިދިކޮޅު ފަރާތްތަކާ ޖަމީލު ގުޅިވަޑައިގަތީ އޭގެ ފަހުންނެވެ.

މާޒީގައި ހިނގައިދިޔަ މި ހުރިހާ ކަމަކާ އެކު ވެސް އިދިކޮޅު ލީޑާޝިޕްގެ ބޭފުޅުން ޖަމީލަށް އިތުބާރު ކުރައްވާނެތޯ އެއީ އަބަދުވެސް އާންމުންގެ ތެރޭގައި އޮތް ސުވާލެކެވެ. އެ ސުވާލު އޮވެފައި، ރިޔާސީ އިންތިހާބު ވެސް ބޯމަތިވަމުން އަންނަ އިރު ޔާމީން އަަދިވެސް މިނިވަން ނުވެ އެވެ.

ޔާމީންގެ ސަޕޯޓަރުންގެ ޕްރެޝަރާ ވެސް ޖަމީލު އެ ދަނީ ކުރިމަތިލުންނެވެ. އެންމެ ފަހުން ބޭއްވި ޕާޓީ ޖަލްސާއެއްގައި ޖަމީލު ދެއްކެވި ވާހަކައިގެ އިހުސާސްތަކުން އެ ކަން ސާފުކޮށް ފެންނާން ހުއްޓެވެ.

ޖަމީލު "އަދަދު" ނޫހަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސައްކަތުގައި އިސްކޮށް އުޅުއްވާ ބޭފުޅުންނަކީ ވަރަށް ވެސް ތަޖުރިބާ މަދު ޒުވާން ޅަ ބޭފުޅުން ކަމަށެވެ. ޒުވާން ހަޔާތުގައި ވަކި ގޮތަކަށް މަސައްކަތް ކުރެވިފައި އޮތުމަކީ އުމުރު ދުވަހަށް އެ ލޭބަލް އޮވެގެން ނުވާނެ ކަމަށް ވިދާޅުވި އެވެ.

"ޕީޕީއެމަށް ވެސް ބޮޑު އެއް ފިލާވަޅެއް ލިބެންޏާ، އެ ފިލާވަޅު އެ ވަނީ ލިބިފައި، އެއީ ޕީޕީއެމަށް ހެޔޮ ނޭދޭ ބަޔަކަށް ބަރޯސާވެގެން ކަން ރައީސް ޔާމީން މިއަދު ތަކުލީފުތަކެއް ތަހައްމަލް ކުރަން މި ޖެހެނީ، [އެމްއެމްޕީއާރުސީ ހިޔާނާތުގައި އިސްކޮށް ހުންނެވި] އަދީބު ޖެހި ސަކަރާތުންކަން،" ޖަމީލު ވިދާޅުވި އެވެ.

މާޒީން ލިބުނު ފިލާވަޅުތަކާއެކު ޖަމީލު އަދި ޕީޕީއެމްގެ ލީޑާޝިޕާއި އާންމު މެންބަރުން ވެސް ތިބީ އެއް އަމާޒަކަށް ދަތުރުކުރަން ކަން އޭނާ ފާހަގަ ކުރެއްވި އެވެ. އެއީ ޔާމީން މިނިވަންކޮށް، މި އަހަރުގެ ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބުކޮށްދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށެވެ.

"ރައީސް ޔާމީނަށް އެ ބޭފުޅުން [ލީޑާޝިޕް] ވެސް މަސައްކަތް ކޮށްދެއްވަނީ، ރައީސް ޔާމީނަށް އަޅުގަނޑު ވެސް މަސައްކަތް ކޮށްދެއްވަނީ، އ ކަމަށް ނެތް ދެބަސްވުމެއް، ސަތޭކަ ޕަސެންޓު ގެރެންޓީ، މުޅި ޕާޓީގެ ފޯކަސްއަކީ އެއީ،" ޖަމީލު ވިދާޅުވި އެވެ.

ޕީޕީއެމްގެ ސްޕެޝަލް އެޑްވައިޒަރެއްގެ މަގާމުގައި ވެސް ހުންނެވި ޖަމީލު ވިދާޅުވީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުކަމަށް ވެސް އޭނާގެ ޝައުގެއް ނެތް ކަމަށެވެ. އެ ކަމުގެ ޔަގީންކަން ޕާޓީގެ ސަޕޯޓަރުންނާއި ލީޑާޝިޕަށް ވެސް އޮންނާނެ ކަމަށް ޖަމީލު ވިދާޅުވި އެވެ.

"އަޅުގަނޑު ނޫޅެން ކެންޑިޑޭޓު ކަމަކާ ވެސް، އެ ކަން އެނގޭނެ މުޅި ޕާޓީއަށް، އެ ކަމާ އުޅޭނަމަތާ އިތުބާރުގެ ސުވާލު އަންނާނީ ވެސް، ދެން އެކި ގޮތަށް އެ ވާހަކަ ދައްކާ ބަޔަކު އެ ދައްކަނީ ނުކިއްސަރު ވިސްނުމެއް ދުއްވާލަން،" ޖަމީލު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox