ނަޝީދުގެ "ދަ ޑިމޮކްރެޓްސް" ޕާޓީ ހަދަން އީސީއަށް ފޯމް ހުށަހަޅައިފި

މި ފޯމު ލާފައިވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް. މިއީ ނަޝީދުގެ ލަފާަޔާ އެކު އެމަނިކުފާނުގެ ފިކުރުގެ މައްޗަށް އުފެއްދި ޕާޓީއެއް --- ފޮޓޯ: އަބްދުالله އިޔާން/އަދަދު

މި ފޯމު ލާފައިވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް. މިއީ ނަޝީދުގެ ލަފާަޔާ އެކު އެމަނިކުފާނުގެ ފިކުރުގެ މައްޗަށް އުފެއްދި ޕާޓީއެއް --- ފޮޓޯ: އަބްދުالله އިޔާން/އަދަދު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައްުޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީއާ އެކު އުފެއްދެވި "ފިކުރެއްގެ ދިރުން" ފެކްޝަން، އާ ސިޔާސީ ޕާޓީއަކަށް ހަދަން، އިލެކްޝަންސް ކޮމިޝަނަށް މިއަދު ފޯމް ހުށަހަޅައިފި އެވެ.

ރިޔާސީ ޕްރައިމަރީއަށް ފަހު ފެކްޝަނެއްގެ ގޮތުގައި ހަރަކާތްތެރިވި "ފިކުރެއްގެ ދިރުމުން" އުފައްދާ ޕާޓީއަށް ހުއްދަ ހޯދަން އީސީއަށް ފޯމް ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފުގެ ނަމުގަ އެވެ. އޭނާ އީސީއަށް ހުށަހެޅުއްވީ "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި ޕާޓީއެއް އުފެއްދެވުމަށެވެ.

"ދަ ޑިމޮކްރެޓްސް" ޕާޓީ އުފެއްދުމުގެ މަސައްކަތްކުރުމުގެ ހުއްދައަށް އެދޭ ފޯމް ހުށަހެޅުމަށް ޓަކައި ހަސަން ލަތީފުގެ އަރިހުގައި ފިކުރެއްގެ ދިރުމުގައި އިސްކޮށް އުޅުއްވާ ބޭފުޅުންގެ ތެރެއިން ނަޝީދު ފިޔަވައި އެންމެ ބޭފުޅުން އީސީއަށް ވަޑައިގެންނެވި އެވެ.

Advertisement
ނަޝީދު އުފައްދަވާ ޕާޓީގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅުން. މިއީ އެމްޑީޕީގައި ނަޝީދުގެ ފެކްޝަންގެ ހަރަކާތްތައް ހިންގެވި ބޭފުޅުން --- ފޮޓޯ: އަބްދުالله އިޔާން
ނަޝީދު އުފައްދަވާ ޕާޓީގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅުން. މިއީ އެމްޑީޕީގައި ނަޝީދުގެ ފެކްޝަންގެ ހަރަކާތްތައް ހިންގެވި ބޭފުޅުން --- ފޮޓޯ: އަބްދުالله އިޔާން

ނަޝީދު އުފައްދަވާ ޕާޓީގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅުން. މިއީ އެމްޑީޕީގައި ނަޝީދުގެ ފެކްޝަންގެ ހަރަކާތްތައް ހިންގެވި ބޭފުޅުން --- ފޮޓޯ: އަބްދުالله އިޔާން

ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި އިންތިހާބު ވި ނަމަ ވެސް ރިޔާސީ ޕްރައިމަރީއަށް ފަހު އެމްޑީޕީގެ ސިޔާސަތުތަކާ ދެކޮޅަށް މަޖިލީހުގައި ވެސް ފިކުރެއްގެ ދިރުން ތަމްސީލު ކުރެއްވި މެމްބަރުން އެމްޑީޕީން ވަކިވެވަޑައިގެންނެވީ މިދިޔަ ބުދަދުވަހު އެވެ. އެ މެމްބަރުން އެމްޑީޕީން ވަކިވެވަޑައިގެންނެވީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމު އެމްޑީޕީން ވަކިކުރަން އެޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން ނިންމުމާ އެކުގަ އެވެ.

"ފިކުރެއްގެ ދިރުން" މިއީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދު ބޭނުން ކުރެއްވި ޝިއާރެކެވެ. ޕްރައިމަރީގެ ނަތީޖާއާ މެދު ސުވާލު އުފައްދަވައި އެ ނަމުގައި ފުރަތަމަ އުފެއްދީ އެމްޑީޕީގެ އެތެރޭގެ ގޮތްޕެކެވެ. އެ ހަރަކާތުން އާ ޕާޓީއެއް އުފައްދާނެ ކަން އިިއުލާނު ކުރީ އެ ހަރަކާތުގައި އިސްކޮށް އުޅުއްވި، ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެމްޑީޕީން ވަކިވުމާ އެކު ފިކުރެއްގެ ދިރުމުގެ ދެން ތިއްބެވި ޕާލަމެންޓޭރިއަނުން އެމްޑީޕީ ވަކިވުމަށް ފަހު މިދިޔަ ބުދަ ދުވަހު އެވެ.

ބުދަ ދުވަހު ބޮޑުފެންވަޅުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވީ "ފިކުރެއްގެ ދިރުން" ނަމުގައި އުފައްދާ ޕާޓީން އަންނަ ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓަކު ނެރޭނެ ކަމަށެވެ.

އެމްޑީޕީއަކީ ބިރުދެއްކުމާއި ކޮރަޕްޝަނާ ފަސާދައާއި ނަފުރަތުގެ ނެޓްވޯކަކަށް ބަދަލުވެފައިވާ ކަމަށް ތުހުމަތު ކުރައްވައި އިލްޔާސް ވިދާޅުވީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެށީ އެކަން ބަދަލު ކުރަން އެމްޑީޕީގެ އެތެރޭން މަސައްކަތް ކޮށް ނާކާމިޔާބުވުމުން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox