އިގްތިސާދީ ބޭނުމަށް ފަޅުރަށް ދޫކުރުމާބެހޭ ގަވާއިދު ގެޒެޓްކޮށްފި

ބ. އަތޮޅު ފަޅުރަށެއް ކަމަށްވާ ދަކަންދޫ: ފަޅުރަށްތައް އިގްތިސާދީ ބޭނުމަށް ދޫކުރެވިދާނެ ގޮތަށް ގަވައިދު ގެޒެޓުކޮށްފައި ވަނީ އިއްޔެ -- ފޮޓޯ: ޔުނިވާސިޓީ އޮފް އެކްސެޓާ

ބ. އަތޮޅު ފަޅުރަށެއް ކަމަށްވާ ދަކަންދޫ: ފަޅުރަށްތައް އިގްތިސާދީ ބޭނުމަށް ދޫކުރެވިދާނެ ގޮތަށް ގަވައިދު ގެޒެޓުކޮށްފައި ވަނީ އިއްޔެ -- ފޮޓޯ: ޔުނިވާސިޓީ އޮފް އެކްސެޓާ

ބިޑަކާ ނުލައި އިގްތިސާދީ ބޭނުންތަކަށް ފަޅުރަށް ކުއްޔަށް ދޫކުރެވޭނެ އުސޫލެއް ބަޔާންކޮށް ގަވާއިދެއް އެކުލަވާލައި އެއަށް އަމަލު ކުރަން ފަށައިފި އެވެ.

އިއްޔެ އިކޮނޮމިކް މިނިސްޓްރީން ގެޒެޓުކޮށްފައިވާ "އިގްތިސާދީ ބޭނުންތަކަށް ތަރައްގީކުރުމަށް ފަޅުރަށްރަށް ކުއްޔަށް ދިނުމާބެހޭ ގަވާއިދު" ގައިވާ ގޮތުން ފަޅު ރަށެއްގައި އިގްތިސާދީ މަސައްކަތެއް ކުރުމަށް އެ ރަށަކީ އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ކަނޑައަޅާނީ އިކޮނޮމިކް ކައުންސިލުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.

އެފަދަ މަސައްކަތްތަކަށް ކަނޑައަޅާ ފަޅުރަށަކީ މީހުން ދިރިއުޅޭ ރަށެއްގެ ނުވަތަ ސިޓީއެއްގެ އިހްތިސާސްގައި ހިމެނޭ ރަށެއް ނަމަ އެ ފަޅު ރަށް އިހްތިސާސުން ވަކިކުރަންވާނެ ކަމަށް ގަވާއިދުގައިވެ އެވެ.

އިންޑަސްޓްރިއަލް ބޭނުމަށް ރައީސް ކަނޑައަޅާ ރަށްތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައި ވަނީ ދެ ގޮތަކަށެވެ. އެއީ

  1. ބީލަމުގެ އުސޫލުން އާންމުކޮށް އިއުލާނުކުރުމުން އެންމެ ރަނގަޅު ބިޑެއް ހުށަހަޅާ ފަރާތަކަށް ރަށް ދޫކުރުން.
  2. ބިޑަކާ ނުލައި ދެވޭ ސަރުކާރުގެ "އަންސޮލިސިޓަޑް ޕްރޮޕޯސަލް ޕޮލިސީ"ގެ ދަށުން އެ ރަށެއްގައި ކުރަން ބޭނުންވާ ކަމަކާ ބެހޭ ގޮތުން ތަފްސީލީ ޕްރޮޕޯސަލެއް ހުށަހެޅުމުން، އެ ޕޮލިސީގެ ދަށުން ހުއްދަދެވޭ ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށް ރަށް ދޫކުރުން.

ބިޑަކާ ނުލައި ދޫކުރާ ރަށްރަށުގައި، ކުރަން އުޅޭ މަސައްކަތާއި ސިނާއަތަށް ބެލުމަށްފަހު އެކަށީގެންވާ އިކިއުޒިޝަން ފީއެއް ސަރުކާރަށް ނެގިދާނެ އެވެ. އަދި ރަށުގެ ކުލި ކަނޑައަޅަން ޖެހޭނީ އަކަފޫޓަކަށް އަހަރަކަށް 10 ލާރިއަށް ވުރެ ދަށް ނުވާނެ ގޮތަކަށެވެ.

ސަރުކާރުން އެކި މަޝްރޫއު ހިންގާ ރަށްރަށާއި ދައުލަތުގެ ބޭނުންތަކަށް ކަނޑައެޅިފައިވާ ރަށްތަކާއި ސަރުކާރު ކުންފުނިތަކުގެ އެކިއެކި މަސައްކަތް ހިންގާ ރަށްރަށާއި ރާއްޖެއިން ބޭރުގެ ފަރާތްތަކާ ގުޅިގެން ސަރުކާރުން އެކި މަސައްކަތް ހިންގާ ރަށްރަށް އެފަދަ މަސައްކަތްތަކަށް ކުއްޔަށް ދޫކުރުމުން އިސްތިސްނާ ވާނެ އެވެ. އަދި މި ގަވާއިދު، ޓޫރިޒަމްއަށް ދޫކުރާ ރަށްރަށާއި މަސްވެރިކަމާއި ދަނޑުވެރިކަމަށް ދޫކުރާ ރަށްރަށް އަދި ވަރުވާއަށް ލިޔެދޭ ރަށްތަކުގެ މައްޗަށް ނުހިނގާނެ އެވެ.

ގަވާއިދުގައިވާ ގޮތުން 21 އަހަރުގެ މުއްދަތަކަށް އިގްތިސާދީ ބޭނުމަށް ރަށެއް ދެވިދާނެ އެވެ. މުއްދަތު ހަމަވާން ކައިރިވުމުން އިތުރު ކުރަން އެދިއްޖެ ނަމަ 50 އަހަރަށް ވުރެ ދިގުނުވާނެ މުއްދަތަކަށް އިތުރު ކުރުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެ އެވެ.

އެގޮތަށް ދޫކުރާ ރަށެއްގައި ކުރާ އިންވެސްޓްމެންޓް ވިއްކާލާ ނަމަ ނުވަތަ ދެވަނަ ފަރާތަަކަށް ކުއްޔަށް ދޭ ނަމަ ފުރިހަމަ ކުރަން ޖެހޭ ކަންތައްތައް ވެސް ގަވާއިދުގައި ވަނީ ބަޔާންކޮށްފަ އެވެ.

އިގްތިސާދީ ބޭނުމަށް ދޫކުރާ ރަށްރަށުގެ އެއްބަސްވުން މުއްދަތު ހަމަވުމުގެ ކުރިން ބާތިލު ކުރެވޭނީ ދެ އަހަރު ދުވަހުގެ މުއްދަތަކަށް ކުއްޔަށް ދިނުމަށްފަހު އެވެ. އެކަމަކު، ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމާ ހިލާފުވެއްޖެ ނަމަ އެ އެއްބަސްވުމެއްގައި ކަނޑައަޅާ ގޮތަކަށް އެއްބަސްވުން ބާތިލު ކުރެވިދާނެ އެވެ.

އެ ގަވާއިދުގައިވާ ގޮތުން އިގްތިސާދީ ބޭނުމަށް ރަށެއް ދޫކޮށްފައި އޮއްވާ ރާއްޖޭގެ ދިފާއަށް އެ ރަށެއް ބޭނުންވާ ނަމަ ނޯޓިހެއް ދިނުމަކާ ނުލައި ރަށް އަތުލެވިދާނެ އެވެ.

ގަވާއިދަށް އަމަލު ކުރަން ފަށާތާ 90 ދުވަހުގެ ތެރޭގައި އިންޑަސްޓްރިއަލް ރަށްތަކުގެ ދަފުތަރެއް އެކުލަވާލައި ގެޒެޓުކުރަން ވެސް ޖެހެ އެވެ. އަދި އޭގައި ރަށް ދޫކޮށްފައިވާ ފަރާތްތަކުގެ މައުލޫމާތާއި ކުރާ މަސައްކަތް ވެސް ހިމަނަން ޖެހެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox