ޔާމީންގެ ވަކީލުން ދެކެނީ ސުޕްރީމް ކޯޓުގެ ހުކުމަކީ ކާމިޔާބީއެއް ކަމަށް

ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން މީގެ ކުރިން މީޑިއާއަށް މައުލޫމާތު ދެނީ -- އަދަދު ފޮޓޯ: ހުސެއިން ޝަޔާހު

ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން މީގެ ކުރިން މީޑިއާއަށް މައުލޫމާތު ދެނީ -- އަދަދު ފޮޓޯ: ހުސެއިން ޝަޔާހު

ރ. ފުއްގިރީގެ މައްސަލައިގެ ތެރެއިން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން ކުރި އިސްތިއުނާފުގައި ސުޕްރީމް ކޯޓުން ނާކާމިޔާބު ނުވާ ކަމަށާއި ރައީސް ޔާމީނަށް ގޮތް ހުސްވުމާ ގާތަށް ވެސް ނުދާ ކަމަށް އެމަނިކުފާނުގެ ވަކީލުން މިއަދު ވިދާޅުވެއްޖެ އެވެ.

ފުއްގިރި މައްސަލައިގެ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް އިސްތިއުނާފު ކުރުމުން ސުޕްރީމް ކޯޓުން ބެލި މައްސަލައިގައި ރޭ ކުރި ހުކުމާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔާމީންގެ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ އެ މައްސަލަ ނިމިގެން ދިޔައީ ޔާމީންގެ ފަރާތުން އެދުނު ގޮތަށް ވުރެ ރަނގަޅަށް ކަމަށެވެ.

އެގޮތުން، ނުކުތާތައް ބެލުމަށްފަހު ގޮތެއް ނިންމަން މައްސަލަ ހައި ކޯޓަށް ނުވަތަ ދަށު ކޯޓަށް ތަހުވީލު ކުރަން ޔާމީންގެ ފަރާތުން އެދުނަސް، މަސައްކަތް ތަކުރާރުވެދާނެތީ ސުޕްރީމް ކޯޓުން މައްސަލައަށް ހައްލު ހޯދައި އުސޫލުތައް ކަނޑައަޅާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

އެ އުސޫލުގެތަކުގެ ފައިދާ ޝަރީއަތުގެ މަރުހަލާގައި ކުރާނެ ކަމަށް ވެސް ވަކީލުން މިއަދު ވިދާޅުވި އެވެ.

ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީ މައިގަނޑު ތިން ކަމަކަށް ހައްލު ހޯދާށެވެ. އެއީ ގުޅުން ހުރި ހެކި ކަނޑައެޅުމާއި ހެއްކާ ބެހޭ ގާނޫނުގެ ދަށުން އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައިގަތުމާ މެދު ގޮތެއް ނިންމުމާއި ދައުލަތުގެ ބައެއް ހެކިތައް ހާމަ ކުރުމާ ގުޅޭ ގޮތުންނެވެ.

ވަކީލު އަބްދުﷲ ޝިޔާޒު ވިދާޅުވީ، މައްސަލަތައް ބަލައި ސުޕްރީމް ކޯޓުން އެކަންކަމަށް އުސޫލުތަކެއް ކަނޑައެޅުމުން އެއީ ހަގީގަތުގައި ކާމިޔާބީއެއް ކަމަށެވެ.

ވަކީލު އާދަމް ޝަމީމް ވިދާޅުވީ، ސުޕްރީމް ކޯޓުގައި ވާހަކަ ދެއްކި ކަންކަމަށް ވުރެ އިތުރަށް ވެސް ހުކުމުގައި ބައެއް މައްސަލަތަކަށް ހައްލު ހޯދާފައިވާ ކަމަށެވެ. އެގޮތުން، އެ ނިންމުންތަކުގެ ފައިދާ ރައީސް ޔާމީން ނޫނަސް ދައުވާ ލިބޭ ކޮންމެ މީހަކަށް ކުރާނެ ކަމަށް ވިދާޅުވި އެވެ.

ދިފާއީ ހެކި ހާމަ ކުރުމާ ގުޅޭ ގޮތުން ކަނޑައެޅި އުސޫލުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ބޭނުންހާ ގޮތަކަށް ތަހުގީގުތައް ނުކުރެވޭނެ ކަމަށާއި ރެކޯޑުތައް ބަލަހައްޓަން ޖެހޭ ކަމަށް ޝިޔާޒު ވިދާޅުވި އެވެ. އަދި, ދިފާއުވާ މީހާގެ ފަރާތުން ތަހުގީގުގެ ރެކޯޑުތައް ބަލަން އެދޭ ހާލަތުގައި ބެލެން ޖެހޭނެކަން ހުކުމުން އެނގޭ ކަމަށް ޝިޔާޒު ވިދާޅުވި އެވެ.

އޭގެ އިތުރުން، ވަކިވަކި ހެއްކަކީ ގުޅޭ ހެކިތޯ ނުވަތަ ނޫންތޯ ޝަރީއަތް ކުރިއަށްދާއިރު ކަނޑައަޅަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

ހެކި ހާމަ ކުރަން އެދި ހުށަހެޅި ހުށަހެޅުމާ ގުޅިގެން، ތިން ވަނަ ފަރާތެއްގައި ހުރި ލިޔުމާއި އަމިއްލަ ފަރާތެއްގައި ހުރި ލިޔުންތައް ހޯދާނެ ގޮތަށް ވެސް ސުޕްރީމް ކޯޓުން ހައްލެއް ދީފައިވާ ކަމަށް ޝިޔާޒު ވިދާޅުވި އެވެ. އެގޮތުން، އެފަދަ ހާލަތެއްގައި އެ ލިޔުން ބެލޭނެ ގޮތް ހަމަޖައްސަން ޕީޖީގެ މައްޗަށް ކޯޓުން އަމުރު ކުރެވޭނެ ކަަމަށާއި، އަދި އެފަހުން ވެސް ހާމަނުކޮށްފި ނަމަ ސީދާ ލިޔުން އޮތް ފަރާތަކަށް އަމުރު ކުރަން ޖެހޭ ކަމަށް ހުކުމުގައިވާކަން ފާހަގަކުރެއްވި އެވެ.

ހެއްކާ ބެހޭ ގާނޫނުގެ ދަށުން އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައިނުގަތުމަށް އެދުނު ހުށަހެޅުމާ މެދު ސުޕްރީމް ކޯޓުން ނިންމާފައި ވަނީ، އެ ދެ މީހުންގެ ހެކިބަސް ނެގޭނެ ކަމާ މެދު މައްސަލަ ނިންމާއިރު، ގޮތް ނިންމުމުގެ ފުރުސަތު ކްރިމިނަލް ކޯޓުގައި މައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެންވާ ކަމަށެވެ.

ޝަމީމް ވިދާޅުވީ، މިހާރު ވެސް އެ ކަމާ ގުޅޭ ހުށަހެޅުމެއް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާއިރު، ފުރުސަތު ބޮޑީ އެ ދެ މީހުންގެ ހެކި ބަލައިނުގަތުމަށް ކަމަށެވެ. އަދާވާތްތެރިކަމެއް އޮތް ނަމަ ހެކިބަސް ނަގައިގެން ނުވާނެ ކަމަށް ހެއްކާ ބެހޭ ގާނޫނުގައި އޮންނަކަން އޭނާ ފާހަގަކުރެއްވި އެވެ. އެއީ ޔާމީންގެ އަދާވާތްތެރިކަން ސާބިތުކުރަން ހެކި ހުށަހަޅާފައިވާނެ ކަމަށް ވިދާޅުވި އެވެ.

ވަކީލު ޑރ. ޖަމީލް ވިދާޅުވީ، މިއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ތެރޭގައި ހުރި ބައެއް ހަމަނުޖެހޭ ކަންތައްތައް ފޫބެއްދުމަށް ޓަކައި އެ ބާވަތުގެ މައްސަލައެއް އެންމެ މަތީ މަރުހަލާއެއް ދަތުރުކުރި ފުރަތަމަ ފަހަރު ކަމަށެވެ.

"ގޮތް ހުސްވާން ގާތެއް ވެސް ނުވޭ"

ޔާމީންގެ ވަކީލުން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސަޕޯޓަރުންނަށް ސާފުކޮށްދިނީ ޔާމީން މިނިވަންވުމާ ގުޅިފައިވާ މައްސަލައަކީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ވ. އާރަށުގެ މައްސަލަ ކަމެވެ. އަދި އެއްވެސް ހާލަތެއްގައި އެމަނިކުފާނަށް ގޮތް ހުސްނުވާ ކަމަށާއި އެމަނިކުފާނު ހުންނެވީ ގަދަކޮށް ކަމަށް ވެސް ވިދާޅުވި އެވެ.

"އެއްވެސް ހާލެއްގައި ރައީސް ޔާމީނަށް ގޮތް ހުސްވާން އަދި ގާތެއް ވެސް ނުވޭ. ރައީސް ޔާމީން ހުރީ ވަރަށް ގަދަކޮށް. އެއްވެސް ހާލެއްގައި އެމަނިކުފާނު ކަންބޮޑުވެވަޑައިގެން ނޫޅުއްވާ،" ޝަމީމް ވިދާޅުވި އެވެ.

އާރަށު މައްސަލަ ހައި ކޯޓުގައި ތާވަލު ނުކުރެވި ލަސްވެގެން އުޅެނީ، ޔާމީނާއެކު ދައުވާ ލިބުނު ޔޫސުފް ނައީމްގެ އިސްތިއުނާފީ ނުކުތާތަކަށް ދައުލަތުން ޖަވާބު ނުލިބިގެން ކަމަށް ވަކީލު ޝަމީމް މިއަދު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ މައްސަލައިގައި ޔާމީނަށް ދޭ ޖަވާބު މިހާރު ދައުލަތުން ވަނީ ދީފަ އެވެ.

އެ މައްސަލައިގައި ދަށު ކޯޓުން ކުރި ހުކުމް ހައި ކޯޓުން ދަމަހައްޓާ ހާލަތެއްގައި ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން، އެ ދުވަސްވަރެއްގައި ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ކަންކަން ކުރިއަށްދާ ނަމަ އެމަނިކުފާނުގެ ކެންޑިޑެސީއާ ގުޅޭ ހުށަހެޅުންތަކުގެ ވަކި މައްސަލައެއް ހުށަހަޅާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"[ދަށު ކޯޓުގެ ހުކުމަށް] ތާއީދުކޮށްފި ނަމަ އަދިވެސް އެބަ އޮތް ސުޕްރީމް ކޯޓަށް ދިޔުމުގެ ފުރުސަތު. ސުޕްރީމް ކޯޓަށް ދިޔުމާއެކީގައި އަޅުގަނޑުމެން އެދޭނަން އެހިސާބަށް ދާއިރު މިސާލަކަށް ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ކަންކަން ފެށިގެން އުޅޭ ނަމަ އެހިސާބުން އަަޅުގަނޑުމެން ސުޕްރީމް ކޯޓަށް ވަކި މައްސަލައެއްގައި އެދޭނަން ކެންޑިޑެސީއާ ގުޅިގެން އަޅުގަނޑުމެން ހުށަހަޅާ ހުށަހެޅުންތައް،" ޝަމީމް ވިދާޅުވި އެވެ.

ފުއްގިރި މައްސަލައިގެ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކުގެ އިސްތިއުނާފު ރޭ ނިމިފައިވާއިރު، އެ މައްސަލައިގެ ޝަރީއަތުގެ މަރުހަލާ ކްރިމިނަލް ކޯޓުގައި ވަނީ ފަށައިފަ އެވެ.

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ޓިކެޓު ދީފައިވާ ޔާމީން މިވަގުތު ޖަލު ހުކުމެއްގައި ހުންނެވި އިރު، އިންތިހާބުގައި ވާދަ ކުރެވެން އޮތީ އާރަށު މައްސަލައިގެ ހުކުމުން މިނިވަންވެގެންނެވެ. އެ ހުކުމުން މިނިވަންވިޔަސް، އިންތިހާބުގެ ކުރިން ފުއްގިރި މައްސަލަ ސާބިތުވާ ކަމަށް ހުކުމްކޮށްފި ނަމަ އިންތިހާބުގައި ވާދަ ކުރުމަށް އިތުރު ގޮންޖެހުންތައް ކުރިމަތިވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox