މަދުވެގެން ތިން އޭ ސްޓާ ހޯދުމުން ސްކޮލާޝިޕެއް ދެނީ

ރޭ ބެއްވި ހައި އެޗީވާސް ސްކޮލާޝިޕާގައި ރައީސްގެ ހާއްސަ އެވޯޑުގެ ތެރެއިން; އިތުރު ފުރުސަތު ހޯދައިދިނުމަށް އާ ސްކޮލާޝިޕެއް އިއުލާނު ކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން -- ފޮޓޯ: ރައީސް އޮފީސް

ރޭ ބެއްވި ހައި އެޗީވާސް ސްކޮލާޝިޕާގައި ރައީސްގެ ހާއްސަ އެވޯޑުގެ ތެރެއިން; އިތުރު ފުރުސަތު ހޯދައިދިނުމަށް އާ ސްކޮލާޝިޕެއް އިއުލާނު ކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން -- ފޮޓޯ: ރައީސް އޮފީސް

މަދުވެގެން ތިން މާއްދާއިން އޭ ސްޓާ ހޯދާ ދަރިވަރުންނަށް, "މެރިޓް ސްކޮލާޝިޕް"ގެ ނަމުގައި އާ ސްކޮލާޝިޕެއް ތައާރަފުކުރަން ނިންމައިފި އެވެ.

ރޭ ބޭއްވި ރައީސްގެ ހާއްސަ އެވޯޑައި ހައި އެޗީވާސް ސްކޮލާޝިޕް ދިނުމުގެ ހާއްސަ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ މަތީ ތައުލީމު ހާސިލު ކުރުމަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި, މެރިޓް ސްކޮލާޝިޕުގެ ނަމުގައި މި އަހަރު ތެރޭގައި އާ ސްކޮލާޝިޕް ސްކީމެއް ފަށަން ނިންމާފައިވާ ކަމަށެވެ.

އޭގެ ތަފްސީލު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަރަށް އަވަހަށް އާންމު ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ތަހާރަތު ވަހީދު މިއަދު 'އަދަދު' އަށް ބުނީ ރައީސް ވިދާޅުވީ މެރިޓް ސްކޮލާޝިޕުގެ މަސައްކަތް މިހާރު އެ މިނިސްޓްރީން ކުރަމުންދާ ކަމަށެވެ.

"މެރިޓް ސްކޮލާޝިޕްގެ އުސޫލު ހެދުމުގެ މަސައްކަތް މިހާރު ކުރިއަށް ދަނީ. އެ ސްކޮލާޝިޕްގެ މަސައްކަތް ކުރިއަށް އެބަދޭ" ތަހާރަތު ވިދާޅުވި އެވެ.

ރޭގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މެރިޓް ސްކޮލަރޝިޕް ލިބޭނީ، ރައީސްގެ ހާއްސަ އެވޯޑާއި ހައި އެޗީވާސް ސްކޮލާޝިޕުގައި ނުހިމެނޭ ދަރިވަރުންނަށް ކަމަށެވެ.

"އެއީ އެ ދަރިވަރަކު ޔުނިވާސިޓީގައި ފުރިހަމަކުރަން ބޭނުންވާ ޕްރޮގްރާމްގައި ބައިވެރިވުމަށްޓަކައި ފާސްވާންޖެހޭ މާއްދާތަކުގެ ތެރެއިން މަދުވެގެން ތިން މާއްދާއަކުން، އޭ ސްޓާ ހޯދާ ދަރިވަރުންނަށް ހާއްސަކުރާ ސްކޮލާޝިޕެއް" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިފަދަ ފުރުސަތުތައް ފަހިކޮށްދީގެން ސަރުކާރުން މަސައްކަތް ކުރަނީ ދިވެހި ދަރިވަރުގެ ސިކުނޑިތައް ޒަމާނީ ތައުލީމުން ތަރައްގީކުރަން ކަމަށެވެ. އަދި ސްކޮލާޝިޕްތަކާއި ލޯނު ސްކީމްތަކާއި އެވޯޑްތަކުގެ ހަގީގީ މަގްސަދަކީ އެއީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox