އާ ހިދުމަތްތަކާއެކު ސިއްހީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ: ރައީސް

ދުނިޔޭގެ ސިއްހަތުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

ދުނިޔޭގެ ސިއްހަތުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

އަތޮޅުތެރޭގައި މިހާރު ކުރިއަށް ދާ މަޝްރޫއުތައް ނިމި ހިދުމަތްތައް ފެށުމާ އެކު، ސިއްހީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ރާއްޖެއިން ހާސިލްކޮށްފައިވާ ސިއްހީ ލަނޑުދަނޑިތަކުގެ މައްޗަށް އަލި އަޅުއްވައިލައްވައިފަ އެވެ.

އެގޮތުން، މުޅި ދުނިޔެއިން މެލޭރިއާ ނައްތާލި ފުރަތަމަ ގައުމަށް ރާއްޖެ ވެގެން ދިއުމާއި ދެކުނު އިރުމަތީ އޭޝިޔާއިން ފައިލޭރިއާ ނައްތައިލި ދެ ގައުމުގެ ތެރޭގައި 2016 ގައި ދިވެހިރާއްޖެ ހިމެނިގެން ދިއުން ފާހަގަކުރެއްވި އެވެ.

އަދި, ޑަބްލިޔުއެޗްއޯގެ އެހީތެރިކަމާ އެކު 2020 ގައި ހިމަބިހި ނައްތާލަން ހިފި ލަނޑުދަނޑި 2017 ގެ ތެރޭގައި ހާސިލުވެފައިވާ ކަމަށާއި މައިންގެ ފަރާތުން ތުއްތު ދަރިފުޅަށް އެޗްއައިވީ އާއި ސިފިލިސް ވާސިލުނުވާ ގައުމެއްގެ ގޮތުގައި 2019 ކަނޑައެޅި، ޖެހިގެން އައި އަހަރު ރުބެއްލާ ނައްތާލެވުނު ކަން ވެސް ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެންގެ ލޯމަތިން ނުގެއްލި އޮތް އަނެއް ގޮންޖެހުމަކީ ކޮވިޑް-19ގެ ބަލިމަޑުކަން، މާތް ﷲގެ ވާގިފުޅާއެކު، އެ ވަބާއާ ދެކޮޅަށް އަޅުގަނޑުމެން ކުރި މަސައްކަތުން ވަރަށް ކުރު މުއްދަތެއްގައި ނަތީޖާ ހާސިލުކުރެވުނު،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ކުރަމުން އަންނަ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައި ރައީސް ވިދާޅުވީ ވަކި ވަކި ރަށްތަކެއްގެ މައްޗަށް އޮންނަ ރާއްޖޭގައި ސިއްހީދުމަތް ފަސޭހައިން ލިބޭނީ، ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ހިދުމަތްތައް ގާއިމް ކޮށްގެން ކަމަށެވެ.

"ރާއްޖޭގެ ފަސް ސަރަޙައްދެއްގައި ފަސް ޓާޝަރީ ހޮސްޕިޓަލް ތަރައްގީކުރުމުގެ މަސައްކަތް މިއަންނަނީ ކުރަމުން، އޭގެ ތެރެއިން ބައެއް ހޮސްޕިޓަލުތަކުގައި ކުރިން ނެތް ވަސީލަތްތައް ގާއިމުކޮށް މިހާރު އަންނަނީ އައު ހިދުމަތްތައް ދެމުން، އޭގެ ތެރޭގައި ސީ.ޓީ ސްކޭން، އެމް.އާރް.އައި، މެމޮގްރަފީ އަދި ލެބޯޓެރީގެ ހިދުމަތާއި ދަތުގެ ފަރުވާގެ ހިދުމަތްތައް ވެސް ހިމެނޭ،" ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން ވެސް ގިނަ ރަށްތަކުގައި ހޮސްޕިޓަލުތައް ތަރައްގީ ކުރެވި، އާ ހިދުމަތްތައް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

"މީގެ ކުރިން މާލެއިން ނޫނީ ނުލިބޭ ސިއްހީ އެތައް ހިދުމަތެއް، މިދިޔަ ފަސް އަހަރުގެ ތެރޭގައި އަތޮޅުތަކުގައި ގާއިމުކުރެވިއްޖެ. އަދި މިހާރު ކުރިއަށްދާ ހިދުމަތްތަކާ އެކު، ސިއްހީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް އަންނާނެކަން ޔަގީން،" ރައީސް ވިދާޅުވި އެވެ.

މި މަހުގެ ތެރޭގައި ސިއްހީ ހިދުމަތްތެރިންގެ މުސާރަ ބޮޑުކުރިކަން ފާހަގަކުރައްވައި ރައީސް އިތުރަށް ވަނީ އެ ދާއިރާތަކުން ތައުލީމު ހާސިލްކޮށް ގައުމަށް ހިދުމަތް ކުރުމަށް ގޮވައިލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox