ހެލްތު ސެންޓަރުތަކާ ހަވާލުކުރި ލޭ އަޅަން ބޭނުންކުރާ ސާމާނާއެކު ބޮޑު ލުޔެއް

ހެލްތް މިނިސްޓްރީން 112 ހެލްތް ސެންޓަރަކަށް ހަވާލުކުރި ލޭ އަޅާ ތަކެތި; މިއާއެކު ހުރިހާ ސަރަހައްދެއްގައި ލޭ އެޅުމުގެ ހިދުމަތް ދެވޭނެ -- ފޮޓޯ: ޝާބިން/ އަދަދު

ހެލްތް މިނިސްޓްރީން 112 ހެލްތް ސެންޓަރަކަށް ހަވާލުކުރި ލޭ އަޅާ ތަކެތި; މިއާއެކު ހުރިހާ ސަރަހައްދެއްގައި ލޭ އެޅުމުގެ ހިދުމަތް ދެވޭނެ -- ފޮޓޯ: ޝާބިން/ އަދަދު

ހެލްތު މިނިސްޓްރީން އަތޮޅުތެރޭގެ 112 ހެލްތް ސެންޓަރަކަށް ލޭ އަޅަން ބޭނުންވާ ސާމާނު ހަވާލުކޮށްފި އެވެ.

ހެލްތް މިނިސްޓްރީން ހަވާލުކުރި ތަކެތީގެ އަގު 119 މިލިއަން ރުފިޔާއަށް އަރަ އެވެ. ހަވާލު ކުރި ތަކެތީގެ ތެރޭގައި ބްލަޑް ބޭންކް ރެފްރިޖަރޭޓާ, ބްލަޑް ކަލެކްޝަން މޮނިޓާ, ޝޭކާ އަދި ޕްލެސެންޓާ އެކްސްޓްރެކްޓާ ހިމެނެ އެވެ.

"މި ތަކެތި ހަވާލުކުރީ މި ހިދުމަތް ދޭން އެކަށީގެންވާ ތަންތަނަށް. ތަކެތި ބަހާލުމުން, އެ ތަނުގެ [ހެލްތް ސެންޓަރުގެ] ސަބަބުން ކައިރި ރަށްތަކަށް ހިދުމަތް ލިބޭނެ," މިއާއެކު ރާއްޖޭގެ ހުރިހާ ސަރަަހައްދެއްގައި ވެސް ލޭ އެޅުމުގެ ހިދުމަތް ފަސޭހަ ކަމާއެކު ލިބިގެންދާނެކަން ފާހަގަ ކުރައްވާ ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވި އެވެ.

ލޭ އަޅާ ތަކެތި މާފުށީ ހެލްތް ސެންޓަރާ ހަވާލުކުރުން; މާފުށީ ހެލްތް ސެންޓަރުގެ އެޑްމިނިސްޓްރޭޓަރު ސަލްމާން ރަޝީދު (ކ) އަދި ހެލްތް މިނިސްޓަރު އަހުމަދު ނަސީމް (ވ) -- ފޮޓޯ: ޝާބިން/ އަދަދު
ލޭ އަޅާ ތަކެތި މާފުށީ ހެލްތް ސެންޓަރާ ހަވާލުކުރުން; މާފުށީ ހެލްތް ސެންޓަރުގެ އެޑްމިނިސްޓްރޭޓަރު ސަލްމާން ރަޝީދު (ކ) އަދި ހެލްތް މިނިސްޓަރު އަހުމަދު ނަސީމް (ވ) -- ފޮޓޯ: ޝާބިން/ އަދަދު

ލޭ އަޅާ ތަކެތި މާފުށީ ހެލްތް ސެންޓަރާ ހަވާލުކުރުން; މާފުށީ ހެލްތް ސެންޓަރުގެ އެޑްމިނިސްޓްރޭޓަރު ސަލްމާން ރަޝީދު (ކ) އަދި ހެލްތް މިނިސްޓަރު އަހުމަދު ނަސީމް (ވ) -- ފޮޓޯ: ޝާބިން/ އަދަދު

ނަސީމް ވިދާޅުވީ މިތަކެތި ހަވާލުކުރުމުން ހެލްތް ސެންޓަރުތަކުގައި ބްލަޑް ޓްރާންސްފިއުޝަން ހެދުމަށް ހުރި ތަކުލީފުތައް ނިމުމަކަށް އަންނާނެ ކަމަށެވެ.

ހެލްތް ސެންޓަރުތަކަށް ލޭ އަޅަން ބޭނުންވާ ތަކެތި ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މާފުށީ ހެލްތް ސެންޓަރުގެ އެޑްމިނިސްޓްރޭޓަރު ސަލްމާން ރަޝީދު ހާމަކުރި ގޮތުގައި މިހާރު އެތަނުގައި ލޭ އެޅުމުގެ ހިދުމަތް ދެނީ ވަރަށް އުނދަގުލާއެކު އެވެ,

"އަޅުގަނޑުމެންގެ ޓެކްނީޝަނުން މަސައްކަތް ކުރަނީ ވަރަށް ހާލުގައި. ލޭ ނަގާއިރު, ޕެކެޓު ތަޅުވަނީ އަތުން. ލޭ ނަގާނިމޭއިރު އެއް އަތް ހުންނަނީ ވާޅުވެފައި. ކޮމްޕޯނެންޓުތައް ވަކިކުރަން ފޮނުވަން މި ޖެހެނީ އައިޖީއެމްއެޗަށް." ސަލްމާން ވިދާޅުވި އެވެ.

މިއަދު ހަވާލުކުރި ތަކެއްޗާއެކު ސިއްހީ މަރުކަރުތަކުގައި ލޭ އެޅުމުގެ ހިދުމަތް ދިނުމުގައި އައިޖީއެމްއެޗަށް ބަރޯސާވުން ކުޑަކުރެވިގެންދާނެ އެވެ. އަދި, އެ މަސައްކަތް ބޮޑުތަނުން ލުއިވެގެން ދާނެ އެވެ. ހަމައެއާއެކު, ލޭ ނެގުމަށްފަހު އެ ރައްކާ ކުރެވޭނެ އިންތިޒާމުވެސް ފަހިވެގެންދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox