މި ހަފުތާގައި ބާއްވާ އެފްރިކަން ވިމެން ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަޙުމަދު ދީދީ މިރޭ ފުރާ ވަޑައިގެންފި އެވެ.
މި މަހު 11 އިން 12 އަށް ދެކުނު އެފްރިކާގެ ކޭޕްޓައުންގައި ބާއްވާ މި ސަމިޓުގައި މިނިސްޓަރާއެކު، ރާއްޖެއިން ސްރީ ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރު ކާނަލް ހަސަން އާމިރު އާއި މިނިސްޓަ ބިއުރޯގެ މިލިޓަރީ އެއިޑް އަބްދުﷲ ރަޝީދު ބައިވެރިވެވަޑައިގަންނަވަ އެވެ.
އެފްރިކާ ވިމެން ސަމިޓް އޮގަނައިޒޭޝަންގެ ދައުވަތަށް ކުރައްވާ ދަތުރުގައި ޓިކެޓު ފިޔަވައި އެހެން ހުރިހާ ހަރަދެއް ކުރާނީ އެ ޖަމިއްޔާއިން ނެވެ.
އެފްރިކާގެ ބައްރަށް އަމާޒުކޮށް، އަންހެނުން ބާރުވެރިކުރުވުމަށާއި، އަންހެނުންގެ ހައްގުތައް ކަށަވަރުކޮށް، އިޖްތިމާއީ، ދިފާއީ، ސިޔާސީ، އަދި އެހެނިހެން ދާއިރާތަކުގައި އަންހެނުންގެ ދައުރު ފުޅާކުރުމުގެ މަގުސަދުގައި ބާއްވާ ސިލްސިލާ މިސަމިޓްގައި، އެފްރިކާގެ ބައްރުގެ ބޭރުން، އެހެނިހެން ދާއިރާތަކާއި ރޮނގުތަކުން ފާހަގަ ކުރެވޭ އަންހެނުން ބައިވެރިވެ، ތަގުރީރު ކުރައްވަ އެވެ.
ސަމިޓުގައި ކީނޯޓް ސްޕީކަރެއްގެ ގޮތުގައި ތަގުރީރު ކުރެއްވުމުގެ އިތުރުން ޕެނަލް ޑިސްކަޝަން ތަކުގައި މާރިޔާ ބައިވެރިވެވަޑައިގަންނަވާނެ އެވެ.












