ރިޔާސީ އިންތިހާބުގައި އަދާލަތު ޕާޓީގެ ކެމްޕޭނު މެނޭޖަރަކަށް އެ ޕާޓީގެ ނައިބު ރައީސް އަދި އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އިޔާދު ހަމީދު ހަމަޖައްސައިފި އެވެ.
ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީން ބުނީ ކެމްޕެއިން މެނޭޖަރަކަށް އިޔާދު އައްޔަނުކުރަން ނިންމީ ރޭ ބޭއްވި އެ ޕާޓީގެ ތިން ވަނަ ދައުރުގެ 23 ވަނަ މަޝްވަރާ ބައްދަލުވުމުގައި ކަމަށެވެ.
އެ ބައްދަލުވުމުގައި ވަނީ ރިޔާސީ ރިޔާސީ ކެމްޕޭނުގައި އިސްވެ މަސައްކަތް ކުރާނެ 13 މެންބަރުންގެ ކޮމިޓީއެއްވެސް އެކުލަވާލާފަ އެވެ.
- ނައިބު ރައީސް މުހައްމަދު އިޔާދު ހަމީދު
- ނައިބު ރައީސް އަހުމަދު ޝަރީފު
- ނައިބު ރައީސް ޑރ. ނައުޝާދު މުހައްމަދު
- އަމީން އާންމު އަހުމަދު ޝިޔާޒު
- އަމީން އާންމުގެ ނައިބު ޝައިޚު އަބްދުﷲ ރަޝީދު
- އިސްތަރުޖަމާނު އަލީ ނަޒީރު
- ރަޖިސްޓްރާ ޝާފިއު އަލީ
- ހަރަކާތު ކޮމިޓީގެ މުގައްރިރު އާދަމް މުހައްމަދު
- އިގުތިސޯދީ ކޮމިޓީގެ މުގައްރިރު މުހައްމަދު އަލީ
- އުމްރާނީ ތަރައްގީގެ ކޮމިޓީގެ މުގައްރިރު އަލީ ޝަރީފު
- ސްޓްރެޓެޖިކް ޕޮލިސީ ކޮމިޓީގެ މުގައްރިރު ޑރ. އަހުމަދު އިނާޒު
- ގާނޫނީ ކޮމިޓީގެ މުގައްރިރު އިބްރާހިމް ފަޔާޒު
- ތައުލީމު ކޮމިޓީގެ މުގައްރިރު ޝައިޚު މުހައްމަދު ޝިފާން
އަދާލަތު ޕާޓީގެ އިތުރުން އިންތިހާބަށް ރައީސް ސޯލިހާއެކު ކޯލިޝަން ހަދާފައިވަނީ އެމްޑީއޭއިންނެވެ.
އަދާލަތު ޕާޓީގެ ރައީސް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 51 އިންސައްތަ ވޯޓު ހޯދައި، އެއްބުރުން އިންތިހާބު ކާމިޔާބު ކާމިޔާބު ކުރާނެ ކަމަށެވެ.














