މ. އަތޮޅަށް ދަތުރުކުރާ މުދާ އުފުލާ ބޯޓެއް ދެމީހުންނާއެކު ގެއްލިގެން ހޯދަނީ

ހަބަރެއް ނުވެގެން، އެމްއެންޑީއެފް ކޯސްޓްގާޑުން ހޯދަމުންދާ މ. ސާވާރީ ބޯޓު

ހަބަރެއް ނުވެގެން، އެމްއެންޑީއެފް ކޯސްޓްގާޑުން ހޯދަމުންދާ މ. ސާވާރީ ބޯޓު

މާލެ އާއި ވ. އަތޮޅާއި މ. އަތޮޅާ ދެމެދު ދަތުރުކުރާ މުދާ އުފުލާ ބޯޓެއް ހަބަރެއް ނުވެގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން މިއަދު ފަށައިފި އެވެ.

"މ. ސާވާރީ" ނަމަކަށް ކިޔާ އެ ބޯޓުގެ ހަބަރެއް ނުވެގެން އެ ކަން މިއަދު ހެނދުނު 6:30 ހާއިރު އެމްއެންޑީއެފަށް ރިޕޯޓްކޮށްފައިވާ ކަން އެ އިދާރާއިން ކަށަވަރުކޮށްދެ އެވެ.

އެމްއެންޑީއެފުން ބުނީ އެ އިދާރާއަށް މައުލޫމާތު ލިބިފައިވަނީ އެ ބޯޓު ދަތުރު ކުރަމުން އައީ ދެ ބިދޭސީއާއެކު ކަމަށެވެ.

މ. ދިއްގަރު ކައުންސިލްގެ ރައީސް އަހުމަދު ނިޝާން "އަދަދު" ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ބޯޓުގެ ކައްޕިއަކީ އެ ރަށު މީހެއް ކަމަށެވެ. އަދި ބޯޓުގެ ކައްޕިއަށް ނުގުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކައްޕިގެ ހަބަރެއް ނުވާތީ އަޅުގަނޑުމެން ފޮލޯމީ އެޕްލިކޭޝަނުން ވެސް ބެލިން، އެ އެޕުން ވެސް ފެންނަނީ މީގެ ފަސް ގަޑިިއިރު ކުރިން ބޯޓު އޮތް ސަރަހައްދު،" ނިޝާން ވިދާޅުވި އެވެ.

ނިޝާން ވެސް ވިދާޅުވީ ހެނދުނު ހަތެއް ޖަހާކަށް ހާއިރު އެ ކައުންސިލްގެ ފަރާތުން ވެސް ބޯޓުގެ ހަބަރެއް ނުވާ ކަމަށް އެމްއެންޑީއެފަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

"ވ. އަތޮޅު ރަށްރަށުން ވެސް އަޅުގަނޑުމެން ކައިރި ބުނި، އެ ބޯޓުގެ ހަބަރެއް ނުވާ ކަމަށް، ކައްޕިއަށް ވެސް ނުގުޅޭ ކަމަށް،" ނިޝާން ވިދާޅުވި އެވެ.

އެ އެޕްލިކޭޝަނުން ދައްކާ ގޮތުގައި އެންމެ ފަހުން ބޯޓުގެ ކަނެކްޝަން ލިބިފައި ވަނީ ރޭ މެންދަމު 1:30 ހާއިރެވެ.

ފޮލޯމީ އެޕްލިކޭޝަން އިން މ. ސާވާރީ ބޯޓު އެންމެ ފަހުން ލޮކޭޓްވެފައިވާ ސަރަހައްދު - ގްރެފިކްސް؛ ރައްޔާން މުހައްމަދު / އަދަދު
ފޮލޯމީ އެޕްލިކޭޝަން އިން މ. ސާވާރީ ބޯޓު އެންމެ ފަހުން ލޮކޭޓްވެފައިވާ ސަރަހައްދު - ގްރެފިކްސް؛ ރައްޔާން މުހައްމަދު / އަދަދު

ފޮލޯމީ އެޕްލިކޭޝަން އިން މ. ސާވާރީ ބޯޓު އެންމެ ފަހުން ލޮކޭޓްވެފައިވާ ސަރަހައްދު - ގްރެފިކްސް؛ ރައްޔާން މުހައްމަދު / އަދަދު

އެނގިފައިވާ ގޮތުގައި އެމްއެންޑީއެފުން ދަނީ ހެލިކޮޕްޓަރު ވެސް ބޭނުންކޮށްގެން ބޯޓު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

މުދާ އުފުލާ ބޯޓެއްގެ ހަބަރު ނުވެގެން އެމްއެންޑީއެފަށް ރިޕޯޓްކޮށްފައިވާއިރު، މިއީ މޫސުން ގޯސްވެ ކަނޑު ގަދަ ދުވަސްވަރެކެވެ. ކަނޑުދަތުރު ކުރާ ފަރާތްތަކުން ސަމާލުވުމުގެ އިލްތިމާސްއާއެކު މޫސުމާ ބެހޭ ގައުމީ އިދާރާއިން ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ ސަމާލު ވެސް ނެރެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox