ޗާގޯސް މައްސަލާގައި ޖޭޕީ އާއި އެމްއާރްްއެމް އިދިކޮޅާއެކު ކޯލިޝަނަކަށް

ޗާގޯސް މައްސަލާގައި ޖޭޕީ އާއި އެމްއާރްްއެމް އިދިކޮޅާއެކު ކޯލިޝަނަކަށް

ޗާގޯސް އަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގެން އެ ޖަރީޒާތަކާއި ރާއްޖެއާ ދެެމެދު ކަނޑުގެ ސަރަހައްދީ ރޮނގު ބެހުމުގައި ސަރުކާރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބައެއް ދޫކޮށްލި ކަމަށް ކުރާ ތުހުމަތުގައި ޖުމްހޫރީ ޕާޓީ އާއި އެމްއާރްއެމް މިއަދު އިދިކޮޅު ފަރާތްތަކާއެކު އެއް މޭޒަކަށް އަތުވެއްޖެ އެވެ.

ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެ ދެ ޕާޓީން ވެސް އެ މައްސަލާގައި އިދިކޮޅު ފަރާތްތަކާ ގުޅިގެން މިއަދު ގުޅިފައިވާ ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި އިރު ދެ ޕާޓީން ވެސް ބުނީ އެއީ ސިޔާސީ ކަމެއް ނޫން ކަމަށެވެ.

"މިތަނުގައި މިތިބަ ސިޔާސީ މީހުންނަކީ ހުރިހާ ކަމެއްގައި އަޅުގަނޑުމެން އެކައްޗެއް ކިޔައި، އެއް ގޮތަކަށް ވާހަކަ ދައްކާ މީހުންނެއް ނޫން. ތަފާތު ފިކުރުގެ މީހުން. އަޅުގަނޑުމެން މިތަނަށް އެއްވީ ޑރ. މުނައްވަރު ވިދާޅުވި ފަދައިން ބައެއް ކަންތަކަކީ އަޅުގަނޑުމެން ސިޔާސީ ނުކުރާ ކަންތައްތައް އެއީ މި ދިވެހި އުއްމަތުގެ ދިވެހި ގައުމުގެ އިގުތިސާދީ ސަރަހައްދު އެއީ އަޅުގަނޑުމެން ސިޔާސީ ނުކުރާނެ ކަމެއް،" މިއަދުގެ ބައްދަލުވުމުގައި ޖޭޕީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސިޔާސީ ގޮތުން ތަފާތު ހިޔާލުގެ މީހުން އެއް ތަނަކަށް އައިސް އެެއް ވާހަކައެއް ދައްކަން ތިބީ އެހެންވެ ކަމަށެވެ.

އިދިކޮޅު ޕީޕީއެމްޕީއެންސީ އާއި އެމްއެންޕީ އަޑި ކުރީގެ ބަންޑާރަނައިބުން ކަމަށްވާ ޑރ. މުހައްމަދު މުނައްވަރާއި އާޒިމާ ޝުކޫރު ވެސް ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުވުމުގައި އެމްއާރްއެމްގެ ފަރާތުން ވާހަކަ ދައްކަވަމުން، އެމްއާރްއެމްގެ ނައިބު ރައީސާ އާމިނަތު ނާދިރާ ވެސް ވިދާޅުވީ އެމްއާރްއެމް، ސަރުކާރު ކޯލިޝަންގައި އޮވެމެ، ޗާގޯސް މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް ސިޓީއެއް ފޮނުވާފައި ވާނެ ކަމަށެވެ.

އެ މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެ ޕާޓީން ބަޔާނެއް ވެސް ނެރެފައި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ދެންނެވި ސިޓީއަށް އަދި މިހައިތަނަކަށް ސަރުކާރަކުން އަޅުގަނޑުމެންނަށް ޖަވާބެއް ދެއްވައިފައެއް ނުވޭ. ދެން މީގެ އިތުރުން ދަންނަވައިލަން އޮތީ މި ނިންމުމުގެ ސަބަބުން އުނިވެގެން ދިޔައީ ދިވެހި މަސްވެރިން މަހަށް ނިކުމެ އުޅޭ، ކަނޑުގެ ބައެެއް ކަމުން މިއީ އިއާދަނުކުރެވޭ ވަރުގެ ދެރަކަމެއް ކަމަށް،" ނާދިރާ ވިދާޅުވި އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ބޭފުޅުން ވެސް ތުހުމަތުކުރެއްވި ގޮތުގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮފް ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އިން ރާއްޖެއާ ޗާގޯސްއާ ދެމެދު، އިގުތިސާދީ ސަރަހައްދު ބެހި އިރު ރާއްޖޭގެ ބައެއް ވަނީ ގެއްލިފަ އެވެ. އެކަން އެގޮތަށް ވިޔަ ނުދޭން ސަރުކާރުން މަސައްކަތް ކޮށްފައި ނުވާ ކަމަށް ވެސް އެންމެ ބޭފުޅުން ތުހުމަތުކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox