ދިވެހި ކަނޑުން ގެއްލުނު ބައި ރައީސް ޔާމީން ހޯދައިދެއްވާނެ: އަބްދުއްރަހީމް

 އިދިކޮޅުން މިރޭ ބޭއްވި "ޗަ ގޯސް" ޖަލްސާގައި އިދިކޮޅުގެ އެކްޓިން ލީޑަރު އަބްދުއްރަހީމް ވާހަކަ ދައްކަވަނީ-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އިދިކޮޅުން މިރޭ ބޭއްވި "ޗަ ގޯސް" ޖަލްސާގައި އިދިކޮޅުގެ އެކްޓިން ލީޑަރު އަބްދުއްރަހީމް ވާހަކަ ދައްކަވަނީ-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ދިވެހިރާއްޖޭގެ މިލްކުވެރިކަމުގެ ދަށުގައި އޮތް ކަނޑުގެ ސަރަހައްދެއް ބޭރުގެ ބަޔަކަށް ދީ މި ސަރުކާރުން ގައްދާރުވެފައިވާ ކަމަށާއި އެ ސަރަަހައްދު އަނބުރާ ހޯދައިދެވޭނީ އިދިކޮޅު ލީޑަރު ޔާމީން އަބްދުލްގައްޔޫމަށް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެ އެވެ.

ފޯޅަވަހި މައްސަލާގައި ސަރުކާރުގެ އާ ސިޔާސަތާ ދެކޮޅަށް ވަކާލާތު ކުރުމަށް އިދިކޮޅުން މިރޭ ބޭއްވި "ޗަ ގޯސް" ޖަލްސާގައި ވާހަކަ ދައްކަވަމުން އިދިކޮޅުގެ އެކްޓިން ލީޑަރު އަބްދުއްރަހީމް ވިދާޅުވީ ޖީއެމްއާރު އަތުން އެއާޕޯޓު އަތުލި ގޮތަށް، ދިވެހި ފަސްގަނޑުން ގެއްލިގެން ދިޔަ ބައި ރައީސް ޔާމީން އަނބުރާ ހޯދައިދެއްވާނެ ކަމަށެވެ.

"ބޮޑުތަކުރުފާނު ދިވެހިންނަށް އަނބުރާ ހޯދައިދިން ދިވެހިރާއްޖެ، ދޮންބަންޑާރައިންގެ ގުރުބާނީން އަޅުގަނޑުމެންނަށް ވާރުތަ ކޮށްދެއްވި މި ފަހުރުވެރި ދިވެހި ގައުމު، ހުސައިން އާދަމްގެ ލޭ ދިވެހި ބިމަށް އޮހޮރާލައިގެން އަޅުގަނޑުމެންނަށް ގާއިމްކޮށްދިން އަމާންކަން އަލުން އަނބުރާ ގެނެސް، މި ގައުމުގެ މިލްކުވެރިކަން ފުރިހަމަ ގޮތުގައި ހޯދައިދެވޭނެ ހަމައެކަނި ލީޑަރަކީ ރައީސް ޔާމީން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

Advertisement

ރައްޔިތުން މާޔޫސް ނުވުމަށް އެދި، އަބްދުއްރަހީމް ވިދާޅުވީ އިދިކޮޅުން ތައްޔާރުވަނީ ވެރިކަމަށް އައުމަށް ކަމަށާއި އެ ހިތްވަރާއި ކެރުންތެރިކަމާއި ވަފާތެރިކަން ޔާމީންގެ ހުންނާނެ ކަމަށެވެ.

ދިވެހި ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓަން ހުވާކޮށްގެން ބަޔަކު ތިބި ކަމަށާއި އެ މީހުންގެ ޒިންމާ އަދާކުރަމުންދޭތޯ އާއި އެ ހުވަޔަށް ތެދުވެރިވާނީ ކޮން އިރަކުންތޯ އަބްދުއްރަހީމް ވަނީ ސުވާލު އުފައްދަވައިފަ އެވެ.

ގައުމުގެ ސިޔާދަތާއި އިސްތިގުލާލުން ބަޔަކު ގެއްލުވާލައި، ބަޔަކު ގައުމަށް ގައްްދާރުވެފައިވާ ކަމަށާއި ދިވެހި ސިފައިން އެކަމާ ދެކޮޅަށް ނިކުތުމަށް އޭނާ ވަނީ ގޮވައިލައްވައިފަ އެވެ.

"ހަތިޔާރާއެކީގައި މާލެއަށް އެރީމާ އެކަންޏެއް ނޫނޭ ނިކުންނަން ޖެހެނީ، ގައުމުގެ ވެރިން ގައުމަށް ގައްދާރުވީމާ ސިފައިން ނިކުންނަން ޖެހޭނީ ހަތިޔާރާއެކީ މަގުމައްޗަށް، ޖެހޭނީ ވެރިމީހާ ހިފައި ހައްޔަރުކުރަން، ޖެހޭނީ މި ގައުމު ކަލޭމެންގެ ބާރުގެ ދަށަށް ގެންނަން، ރައްޔިތުންގެ ވެރިކަމެއް ގާއިމް ކުރުމަށް ފުރުސަތު ދެއްވަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ހިނގަމުންދާ، ފޯޅަވަހި ހިމެނޭހެން ރާއްޖެ އާއި ޗާގޯސްގެ ކަނޑުގެ ސަރަހައްދު ފުށުއަރާ މައްސަލަ މަޑުޖައްސާލަދޭން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އެ ޓްރައިބިއުނަލްގައި އެދި ސިޓީއެއް ވެސް ފޮނުވި އެވެ.

އެހެންނަމަވެސް އިޓްލޮސްއިން މިއަދު ނިންމި ނިންމުމުގައި ވަނީ ދެ ގައުމުގެ މެދުގައި ފުށުއަރާ 92،563 އަކަކިލޯމީޓަރުގެ ސަރަހައްދުގެ ތެރެއިން ރާއްޖެއަށް 47،232 ކިލޯމީޓަރު އަދި މޮރިޝަސްއަށް 45،331 ކިލޯމީޓަރު ސަރަަހައްދެއް ލިބިގެންވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox