ޗާގޯސްގެ ސިޔާދަތީ ބާރު، އިޓްލޮސްގެ ނިންމުމާ އެކު މޮރިޝަސްއަށް!

ޗާގޯސްގެ ސިޔާދަތީ ބާރު، އިޓްލޮސްގެ ނިންމުމާ އެކު މޮރިޝަސްއަށް!

އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮފް ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އިން މިއަދު ނިންމި ނިންމުމަށް އެކަނި ބެލީމާ އެއީ އިންސާފުވެރި ނިންމުމެކޭ ހީވެދާނެ އެވެ. މޮރިޝަސްއާ ރާއްޖެއާ ދެމެދު ބޯޑަރު ކަނޑައަޅަން ފަށާ ހިސާބެއްގެ ގޮތުގައި އެގައުމުން ހުށަހެޅި ތަނުގެ ބަދަލުގައި ރާއްޖޭން ހުށަހެޅި ތަނަށް ރިއާޔަތްކުރުމަކީ ކާމިޔާބީއެއް ކަމަށް ވެސް ހީވެދާނެ އެވެ.

އެކަމަކު މިއަދުގެ ނިންމުމުން ހަގީގީ ބޮޑު ކާމިޔާބެއް ލިބުނީ މޮރިޝަސް އަށެވެ. އެހެނީ ޗާގޯސްގެ ސިޔާދަތީ ބާރަށް އެގައުމުން ކުރާ ދައުވާއަށް ބާރުދޭ، ގާނޫނީ ގޮތުން އަމަލުކުރަން ޖެހޭ ހަމަ އެކަނި ނިންމުމަކީ އިޓްލޮސް އިން މިއަދު ނިންމި ނިންމުމެވެ. އެ މައްސަލާގައި އޭގެ ކުރިން ހުރި އެއްވެސް ނިންމުމަކީ ގާނޫނީ ގޮތުން އަމަލުކުރަން ޖެހޭ ނިންމުންތަކަކަށް ނުވާތީ އެވެ.

އައިސީޖޭއިން ނެރެފައި އޮތީ އެޑްވައިޒަރީ އޮޕީނިއަން އެއް

އިނގިރޭސީންގެ ދަށުން މިނިވަންވެ، މޮރިޝަސްގެ ދައުލަތް އުފެއްދި އިރު ވެސް އެގައުމުގެ ބަޔަކަށް ނުވެ އޮތް ޗާގޯސް ޖަޒީރާތަކުގެ ސިޔާދަތީ ބާރު ހޯދަން މޮރިޝަސް އިން ބައިނަލް އަގުވާމީ އެކިއެކި ފޯރަމްތަކަށް ހުށަހެޅި އެވެ. އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް އެގައުމުން ހުށަހެޅި ހުށަހެޅުމަކީ އެފަދަ އެއް ހުށަހެޅުމެވެ.

މޮރިޝަސްގެ ޝަކުވާތަކަށް ރިއާޔަތް ކޮށް އައިސީޖޭ އިން 2019 ވަނަ އަހަރު ނެރުނު އެޑްވައިޒަރީ އޮޕީނިއަން ގައި ބުނީ ޗާގޯސް މޮރިޝަސް އިން ވަކިކޮށްފައި އޮންނަހާ ހިނދަކު، އިނގިރޭސީން މޮރިޝަސް ދޫކޮށްލުން (ޑިކޮލޮނައިޒޭޝަން) ގާނޫނީ ގޮތުން ފުރިހަމަ ނުވާ ކަމަށެވެ. އަދި ވީ އެންމެ އަވަހަށް ޗާގޯސް މޮރިޝަސްއާ ހަވާލުކުރަން ޖެހޭނެ ކަމަށެވެ.

އެހެން ނަަމަވެސް އިނގިރޭސި ވިލާތުން ބުނަމުން އައީ އައިސީޖޭގެ އޮޕީނިއަން އެގޮތަށް އޮތަސް ޗާގޯސްގެ ސިޔާދަތީ ބާރު އޮތީ އިނގިރޭސިންނަށް ކަމަށެވެ.

އދ.އިން 2019 ވަނަ އަހަރު ފާސްކުރި ގަރާރު

ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސް އަށް ލިބެން ޖެހޭ ކަމަށް އައިސީޖޭއިން ނެރުނު އެޑްވައިޒަރީ އޮޕީނިއަން އަށް އަމަލުކުރަން ގޮވާލައި އދ.ގެ އާއްމު މަޖިލީހުން 2019 ވަނަ އަހަރު ގަރާރެއް ފާސްކުރި އެވެ. އެގަރާރާ ދެކޮޅަށް އިނގިރޭސީންނާ އެކު ވޯޓު ދިނީ ރާއްޖެއާއި އެމެރިކާ، އޮސްޓްރޭލިއާ ހަންގޭރީ އަދި އިޒްރޭލުންނެވެ. އެ ގަރާރު 116 ގައުމެއްގެ ތާއީދާ އެކު ފާސްކުރި ނަމަވެސް އެއީ ގާނޫނީ ގޮތުން އަމަލުކުރުން ލާޒިމު ގަރާރެއް ނޫނެވެ. އެހެންވީމާ ޗާގޯސްގެ ސިޔާދަތީ ބާރު، އެ ގަރާރަކުން މޮރިޝަސް އަކަށް ކަށަވަރެއް ނުކޮށްދެ އެވެ.

ޗާގޯސް ދޫކޮށްލުމާއި މެދު މޮރިޝަސް އިން މިދިޔަ އަހަރު (2022 ވަނަ އަހަރު) މަޝްވަރާތައް ފެށީ އެހެންވެ އެވެ.

އިޓްލޮސްގެ ނިންމުމާ އެކު ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ކަށަވަރުވޭ

ޗާގޯސް އަކީ މޮރިޝަސްގެ ބައެެއްގެ ގޮތުގައި ބަލައިގެން ރާއްޖެއާ މޮރިޝަސްއާ ދެމެދު ބޯޑަރު ކަނޑައަޅަން އިޓްލޮސް އިން ނިންމުމަކީ ޗާގޯސްއަށް މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ކަމަށް އިޓްލޮސް އިން އެއްބަސްވުމެވެ. މިމައްސަލައިގެ ފުރަތަމަ މަރުހަލާގައި ރާއްޖޭން ދެކޮޅު ހެދީ ވެސް ހަގީގަތުގައި އެކަމާ އެވެ.

ރާއްޖޭގެ އޭރުގެ ސްޓޭންޑަކީ އިޓްލޮސް އަށް އެ މައްސަލަ ނުބެލޭނެކަމަށް ބުނުމެވެ، އެއީ ޗާގޯސްގެ ސިޔާދަތީ ބާރާ މެދު އަރައިރުމެއް އޮތީމަ އެވެ. އެހެން ނަމަވެސް އިޓްލޮސް އިން ރާއްޖޭގެ އެ ނުކުތާ ބަލައި ނުގަނެ މައްސަލަ ކުރިއަށް ގެންދިޔައީ އެވެ.

ބޯޑަރު ބެހުމުގެ މައްސަލާގައި މިއަދު ކުރި ހުކުމާ އެކު އިޓްލޮސްގެ އެ ނިންމުމަށް މިހާރު އެވަނީ ގާނޫނީ ބާރު ލިބިފަ އެވެ. އެހެންވީމާ މިއަދުގެ ހުކުމުން ހަގީގީ ބޮޑު ކާމިޔާބެއް ލިބުނީ މޮރިޝަސް އަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox