އިންޓާނުންގެ ގޮތުގައި މަސައްކަތް ކުރާ ޑޮކްޓަރުންނަށް ވެސް އުޖޫރައެއް ދެނީ

ޑޮކްޓަރުންތަކެއް މަސައްކަތުގައި؛ މިހާރު އިންޓާން ޑޮކްޓަރުންނަށް އުޖޫރައެއް ދެމުން ނުދިޔަ ނަމަވެސް ހެލްތު ސެކްްޓަރު މުވައްޒަފުންގެ މުސާރައަށް އަންނަ ބަދަލާއެކު އެމީހުންނަށް ދުވަހު މުސާރަ ދޭނެ -- ފޮޓޯ: އައިޖީއެމްއެޗް

ޑޮކްޓަރުންތަކެއް މަސައްކަތުގައި؛ މިހާރު އިންޓާން ޑޮކްޓަރުންނަށް އުޖޫރައެއް ދެމުން ނުދިޔަ ނަމަވެސް ހެލްތު ސެކްްޓަރު މުވައްޒަފުންގެ މުސާރައަށް އަންނަ ބަދަލާއެކު އެމީހުންނަށް ދުވަހު މުސާރަ ދޭނެ -- ފޮޓޯ: އައިޖީއެމްއެޗް

ހެލްތު ސެކްޓަރުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ އަންނަ ހޯމަ ދުވަހުން ފަށައިގެން ބޮޑު ކުރަން ނިންމިއިރު، އިންޓާންޝިޕް އަދާކުރަން މަސައްކަތް ކުރާ ޑޮކްޓަރުންނަށް ވެސް އުޖޫރައެއް ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.

"އަަދަދު" އަށް އެނގިފައިވާ ގޮތުގާ އިންޓާން ޑޮކްޓަރުންނަށް ދިނުމަށް ނިންމާފައި ވަނީ މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް 400ރ. އެވެ. ދުވާލަކު 10 ވަރަކަށް ގަޑިއިރު އިންޓާން ޑޮކްޓަރުން މަސައްކަތް ކުރަންޖެހޭއިރު މީގެ ކުރިން އެއްވެސް އުޖޫރައެއް ނުދެ އެވެ.

ޑޮކްޓަރުކަން ކިޔަވަމުން އަންނަ މެޑިކަލް ސްޓޫޑެންޓުން އެމްބީބީއެސް ސެޓްފިކެޓު ހާސިލުކުރުމަށް ފަހު އެއް އަހަރު ދުވަހުގެ މުއްދަތަށް މަސައްކަތުގެ ތަޖުރިބާ ބޭނުންވެ އެވެ. އެފަރާތްތަކަށް ރެސިޑެންސީ ނުވަތަ ވަކި ދާއިރާއަކުން ހާއްސަވުމުގެ ފުރުސަތު ގިނަ ފަހަރު ދެނީ އެ ތަމްރީނަށްފަހެވެ.

މިއަހަރުގެ ފެބްރުއަރީ 6، ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަަދު ސޯލިހް ވިދާޅުވީ ސަރުކާރުގެ ޕޭ ހާމަނައިޒޭޝަން ސިޔާސަތުގެ ދަށުން ސިއްހީ ދާއިރާގެ މަސައްކަތްތެރިންގެ މުސާރަ މިއަހަރުގެ މެއި މަހުން ފެށިގެން ބޮޑުވާނެ ކަމަށެވެ.

މިހާރު ސަރުކާރުން ވަނީ ތައުލީމީ ދާއިރާގެ މުސާރަތައް ބޮޑުކޮށްފަ އެވެ. އަދި ދާދި ފަހުން ޔުނިވާސިޓީ ލެކްޗަރާއިންގެ މުސާރަ ވެސް ބޮޑުކޮށްފަ އެވެ. ރައީސް ވިދާޅުވީ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތުގެ ތެރެއިން ސިވިލް ސާވިސް ހުރިހާ މުވައްޒަފުންގެ މުސާރައަށް ވެސް ބަދަލު އަންނާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox